ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ރޯވެ، އަނދައި ހުލިވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
23 ޖެނުއަރީ 2025 - 11:56
މާލޭ މަޖީދީމަގުގައި ހުންނަ "ފުރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނުގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ.
އެ ފިހާރައިގެ މެނޭޖަރު "މިހާރު" އަށް ބުނީ އެތަނުން ވިއްކަނީ ޑްރައި ފުރުޓްސް އާއި އިލެކްޓްރޯނިކް ބައެއް ސާމާނާއި ގޭގޭގައި އާންމުކޮށް ހިފައިގެންގުޅޭ ބައެއް ތަކެތި ކަމަށެވެ. އެ ފިހާރައިގެ މަތީގައި ދެ ފުލޯ ހަދައި، ފިހާރައިން ވިއްކާ އެއްޗެހި ގުދަންކޮށްފައި ހުރީ އެތަނުގައި ކަމަށް އޭނާ ބުންޏެވެ.
އަލިފާން ފުރަތަމަ ރޯވީ އެ ގުދަނުގަ އެވެ.
"ގާތްގަނޑަކަށް 8 މިލިއަނެއްހާ ރުފިޔާގެ މުދާ ސްޓޮކް ކޮށްފައި ހުންނާނެ. އެ އާއި ފިހާރަ އަށް ލިބުނު ގެއްލުމާ އެކު ބެލެވެނީ 8-10 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް،" އޭނާ ބުންޏެވެ.
މަޖީދީމަގުގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރަ: އެތަނުގެ ގުދަން ވަނީ އެއްކޮށް އަނދައި ހުލިވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ހާދިސާ ހިނގި ގޮތެއް އަދި ނޭނގެ އެވެ. އެކަމަކު އަލިފާނުގައި ވަނީ ގުދަން އެއްކޮށް އަނދައި ހުލިވެފަ އެވެ. އެއީ ވަށައިގެން ޓިނު ޖަހައި، ޑެގު އަޅައިގެން ހަދައިފައި ހުރި ދެ ފުލޯގެ ގުދަނެކެވެ.
ގްރައުންޑް ފުލޯގައި ހުރި ފިހާރަ އަށް އަލިފާނުގެ އަސަރު ނުކުރި ނަމަވެސް، އަލިފާންގަނޑު ނިއްވާލަން ފެން ޖެހުމުން އެތަނުގައި ހުރި މުދަލަށް ވެސް ފެން އެޅި ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ.
ފިހާރާގައި ރަނގަޅަށް ހުރި މުދާ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފުރުޓް ޓްރީގެ އިތުރު ތިން ފިހާރަ މާލޭގައި ހިންގަ އެވެ.
އެމްއެންޑީއެފުން ބުނީ ގުދަނުގައި ރޯވި ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 4:30 ހާއިރު ކަމަށެވެ. އަދި ސިފައިންގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 6:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ގުދަނުގައި ރޯވި އަލިފާނުގެ އަސަރު، އެތަނާ ޖެހިގެން ހުރި 10 ގެއަކަށް ކުރި އެވެ.
މަޖީދީމަގުގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރައިން ސަލާމަތްކުރެވުނު މުދާ އެތަނުން ނެރެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެންޑީއެމްއޭއިން ބުނި ގޮތުގައި، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 33 މީހެއް ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީންނެވެ. އެތަނުން 22 މީހަކަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީ ހަމަޖައްސައި ދީފަ އެވެ.
ހާލުގައި ޖެހުނު ބިދޭސީ އާއިލާއެއް އަމިއްލައަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށާއި ބާކީ ތިބި 11 ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނީ އެ މީހުން މަސައްކަތްކުރާ ކުންފުނިތަކުން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިން ޙުސައިން
23 January 2025
ތިޔަ ފިހާރައިގެ ވެރިޔާގެ ނަންވެސް ނޫހުގައި ޖަހާލިނަމަ. ބިދޭސީއަކު އަޑީގައި ހުރެގެން ކެލާގޭގައި ހިންގާ ފިހާރައެއްތީ. ފުރަތަމަ ކަމަކަށް ތިޔަ ތަނަކީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ޢިމާރާތްކޮށްފައިވާ ތަނެއް. ސިޓީ ކައުންސިލްއިން އިމާރާތް ވަކިކަމަކަށް ބޭނުން ކުރުމުގެ ހުއްދަ ދޭއިރު ކަޓު ނުނަގާ އެކަންތައް ކުރަންޖެހޭ. އެހެންނޫނީ މިއަށްވުރެން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެ.
ސަހަރޯއި
23 January 2025
ގުދަނުގައި ހުރީ އެއްކަލަކަލަތަ؟
ްައަސް
23 January 2025
ާމުޅި މާލެ ވިޔަފާރި ސެންޓަރެއް ވީމާ ކަންކަން ހިގާނެ، މަށަށް ދެރައީ ހުޅުމާލޭގެ ކޮންމެ ގެއެއްގެ ތިރިވެސް ފިހާރައަކަށް ވީމަ. އެންމެ ކުޑަމިނުން ހުޅުމާލެ ސަލާމަތް ކުރިނަމަ ވެސް ރަގަޅެއްނު
ޞާލިހާ
23 January 2025
މާލެއިން ގުދަންތައް މަދުކުރާވާހަކަ ދައްކާތާ ކިތަންމެ ދުވަހެއް މިހާރު
ކޮރަލް
23 January 2025
މާލޭ 90 ޕަސެންޓް ފިހާރަ ، ކެފޭ ، ރެސްޓޯރަންޓް ، ހޮޓާ ތަކުގަ 100 ޕަސެންޓް ބިދޭސީން ނެވެ. އެއްވެސް ސަރުކާރަކަށް މިގާނޫނާ ހިލާފައް ކުރާކަން ތައް ނުބެލެ އެވެ. ގިނަ ތަން ތަނަކީ ދިވެއްސަކަށް މަހަކަށް 5 ހާސް ދީގެން ހިންގާ ތަން ތަނެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރި މީހުން ހަލާކު ވެއްޖެ އެވެ. ދިވެއްސަކުގެ ނަން ހުއްޓަސް 100 ޕަސެންޓް ބިދޭސީންނަށް ވިޔަފާރި ތަކުގަ ނުހުރެވޭނެ އެވެ. ފުލުހުން، ކައުންސިލުން ، އިމގްރޭޝަން އިން ނުބަލަ އެވެ.
ސުހާނާ
23 January 2025
ތިޔަ ބޭފުޅާ ވެރިކަމަށް ކުރިމަތިލައްވައިގެން ތިޔަގޮތަށް ހުރި ކަންކަން ރަނގަޅުކުރުމުގެ މެނިފެސްޓޯއަކާއެކު ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތުން އެދެން. އޭރުން އިރާދަކުރެއްވިއްޔާ ވެރިކަމަށް ހޮވި، ތިޔަ ކަންތައްތައް ރަނގަޅުކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފާނެ. އަޅުގަނޑުގެ ވޯޓު ދޭނީ ތިޔަފަދަ ބޭފުޅަކަށް. މިހާރު ޕާޓީތަކުން ވެރިކަމަށް އައިސް މިކުރާ ކަމަކީ، ދައުލަތުގެ ބައިތުލްމާލު ޕާޓީ މީހުންނަށާއި ގާތްމީހުނަށް ބަހާލުން. ރަނގަޅު އެއްވެސްބަޔަކު ނެތް.
މަހާރަދުން
23 January 2025
10 މިލިޔަނަށް ވުރެ ބޮޑަށް ބުނަން ނޭންގުނީ އުތަ!!!އެހެންޏަ ޓިނު ކައްޑަވާޅި ގަނަޑަކުން ދިހަ މިލަޔަނެއް ނޫން ދިހަ ހާސް މިލިޔަން ގެއްލުން ާނީ!!!
raajje
23 January 2025
ގިނަތަންތަނުގައި ކަރަންޓުވައިރިންގގެ ސަލާމަތީކަންކަން ގާއިމުކޮށްފައިނުހުރޭ، މިސާލަކަށް އީއެލްސީބީ ފަދަ އެއްޗެހިވެސް ގަރުނެއްވިޔަސް ކޮންޑިޝަންބަލާނުލާނެ، އަދި ބައެއްފަހަރު ލާފައިނުވެސްހުރޭ ލާފާހުއްޓަސް ތަނުގައި ބޭނުންކުރާ އެއްޗެއްސައްވުރެން މާބޮޑަށް އެންޕިއަރުމަތީ އީއެލްސީބީ އާރުސީސީބީ އަދި ސާކިޓުބުރޭކާ ލާފަހުންނާތީ މިތަކެތިން ލިބެންޖެހޭރައްކާތެރިކަން ނުލިބޭ،، އަދި މިތަކެއްޗަށް ފެނުގެ އަސަރުކުރާގޮތަށްވެސްހުރެދާނެ ދެންރޯވާނީއަލިފާންދޯ
އިލި
23 January 2025
ތިތާނުހުންނާނެ 10މިލިޔަން ރުފިޔާގެ އެއަޗެއްސެއް ޔަގީން
ކަތްދައްތަ
23 January 2025
އިންސޫރެސް ކޮށްފަަ ހުރިތަނެއްބާ؟ ދަށުގަ ފިހާރަ ދެވަބުރީގަ ގުދަން ތިންވަަނަބުރީގަ ބަދިގެ ހަތަރުވަނަ ބުރީގަ ބިދޭންސީން ފުނިޖަހާފަ. ތަންހަދާފަ ހުރީ ބައުޓިނާއި ބައު ދަގަޑުން. މިކަހަލަ ތަންތަން ނައްތާލާ ތަންސާފުކޮށް ޢިމާރާތް ކުރަންވީމާ މިބާވަތުގެ ހާދިޘާ ހިނގުންވެސް އެކަށީގެންވޭ. ދެން ސިފައިން ނާ ފުލުހުންގޮސް ދައުލަތުގެ ޚަރަދުގަ ތިޔަތަން ސާފުކުރީމާ އަނެއްދުވަހުން ޢިމާރާތް ކުރަންފަށާނެ. މީ ޙާލަތު އޮއްގޮށް.
ހަބީބު.
23 January 2025
ވިޔަފާރިވެރިން މިކަމުން އިބުރަތް ހާސިލުކޮއް ބޭނުންޖެހިފަވާ މީހުންނައް ސޮދަގާތްކުރަންވީ މާދަމާވެސް ތިޔައެއްކުރިހާ މުދަލާ ފައިސާ އަނދައިގެން ދިޔުމުގެކުރިން އޭގެ ބޭނުން އާހިރަތައްޓަކާ ހޭދަކުރަންވީ މުދާ އަގުބޮޑުނުކޮއް ދެލާރި ތިންލާރީގެ ފައިދާއެއްލާފަ ދޫކޮއްލާ ޖޫސްޕެކެޓާ ކުދިންގެ އިންޓޯލު ފަދަ ތަކެތި ގަންނަ އަގުގަ ދޫކޮއްލާ ފައިވާނާ ބޫޓު ފަދަ އާންމުން ބޭނުންކުރާ ބޭސްފަދަ އެއްޗެހި ފަސްލާރި ވަރު ފައިދާ ލާފަ ދޫކޮއްލާ އެއީ އަލިފާނުން ސަލާމަތްވުމައް ދުވާލިބ
ޕެކެޓު
23 January 2025
ހަބީބު ޖައްސަންވީނު ތީގެ އެއްޗެއް..ފަސްލާރި ދެލާރިވަރު ލައިގެން.
ބުލްބާ25
23 January 2025
ބުއްދިހަމަ ނުޖެހޭމީހުންވެސް އުޅެދޯ ހަމަ! ފަސްލާރި…
ހަބީބުގެ އަމާ
23 January 2025
ދަރިފުޅަށް ހަމަ ސާބަސް