ލިލީ އެފްއެންބީ ސަޕްލައިބާޒާރު 1 ގައި ރޯވި އަލިފާން ނިއްވަން ސިފައިން މަސައްކަތްކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް
28 ސެޕްޓެމްބަރ 2025 - 08:45
މަސްމާރުކޭޓް ކައިރީ ހުންނަ "ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1" ގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީގެ މި ފިހާރާގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ، 1:00 ހާއިރު އެވެ.
އޭރުން ފެށިގެން ކުރި މަސައްކަތުން، އަލިފާންގަނޑު ނިއްވައިލެވުނީ 2:30 ވި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ލިލީ ފިހާރާގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް
އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަފައިޓަރަކު ހާލު ދެރަވެގެން ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށާއި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނީ އަލިފާން ރޯވި ތަނުގައި ހުރި ގިނަ އަދަދެއްގެ މުދާ އަނދާފައިވާ ކަމަށެވެ. އަދި އެތަނުގެ ފުރާޅުން ވެސް ބައެއް ވެއްޓި ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް އަދި ވެފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަނަނަ
28 September 2025
ގެއްލުމުގެ އަގު ނުޖެހީ ކީއްވެ.. އަދި އަންނާނެ ދޯ އަގު..
ޝަޖޫ
28 September 2025
ބޮޑު ގެއްލުމެއް ލިބެނީ އިންޝުރަަންސްއަށްތޯ ނޫނީ ލިލީއަށްތޯ.
އިބުރ
28 September 2025
މީގެ 10 ވަރަކަށް އަހަރު ކުރިން މާފަންނު ކުށްޅަވަށް ގޯޅި ތެރޭގައި ހުރި ލިލީގެ ގުދަނެއްގައި ވެސް ރޯވެ ހުރިހާ މުދަލެއް އަނދައި ހުލިވެގެން ދިޔަ ބަލި ހަނދާނެއް އެބަވޭ. ލިލީ ޓީމުން އެބަޖެހޭ މިހާރަށް ވުރެ ބޮޑަށް އެމީހުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން.