ޕީއެންސީގައި މިހާރު 68،968 މީހުން އެބަތިބި ކަމަށް ހިސާބުތަކުން ދައްކާ. ދެން އެންމެ މެމްބަރުން ގިނަ އެމްޑީޕީގައި ތިބީ 43،755 މީހުން.
ޕީއެންސީގެ އެއްވުމެއްގެ ތެރެއިން
23 ޖެނުއަރީ 2025 - 13:28
މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ، ސަރުކާރު ހިންގާ ޕީއެންސީކަން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ހިމަނާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.
މިދިޔަ އަހަރު ފެށިއިރު 28،201 މެމްބަރުން ތިބި ޕީއެންސީން ވަނީ އެ ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ.
ދެ ވަނައަށް މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 43،755 އެވެ. އެކަމަކު، މިދިޔަ އަހަރު ފެށިއިރު އެ ޕާޓީގައި 52،142 މެމްބަރުންނެވެ.
ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ. އުވައިލުމުގެ މަރުހަލާގައި އޮތް ޕީޕީއެމްގައި މިވަގުތު ވެސް 12،174 މެންބަރުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
- އަދާލަތު ޕާޓީ، 9،049 މެންބަރުން
- އެމްޑީއޭ، 9،210 މެންބަރުން
- އެމްއެންޕީ، 6،050 މެންބަރުން
- ދަ ޑިމޮކްރެޓްސް، 3،667 މެންބަރުން
- އެމްޓީޑީ، 2،359 މެންބަރުން
- ޕީއެންއެފް، 2،822
މީގެ އިތުރުން އުވާލަން ނިންމާފައިވާ އެމްއާރްއެމްގައި 1،867 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ވެފައިވާއިރު، ވަގު ފޯމު ފުރައިގެން މެންބަރުން ވެއްދުމުގެ ތުހުމަތުތަކެއް ވެސް އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ. އެފަދަ ފޯމުތަކެއް ހުށަހެޅުނު ކަމަށް އެ ޕާޓީން ވެސް އެއްބަސްވިއިރު، އެ މައްސަލަ އީސީ އާއި ފުލުހުން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
03 February 2025
އެއީ އެންމެނަށްވެސް ސާފުވެފަ އޮތް ހަގީގަތެއް
އަންދަލޫސިޔާ
25 January 2025
"އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ވެފައިވާއިރު، ވަގު ފޯމު ފުރައިގެން މެންބަރުން ވެއްދުމުގެ ތުހުމަތުތަކެއް ވެސް އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ. އެފަދަ ފޯމުތަކެއް ހުށަހެޅުނު ކަމަށް އެ ޕާޓީން ވެސް އެއްބަސްވިއިރު، އެ މައްސަލަ އީސީ އާއި ފުލުހުން އަންނަނީ ބަލަމުންނެވެ." ވައްކަން ކޮށް އެކަން ކޫލްވެގެން އެ ތިބީ!
ބުހުތާނު
25 January 2025
އެންމެ ހަރާން ފައިސާ ދައުލަތުން ނަގާ ޕާޓީއޭ ހެޑް ލައިގައި ނުޖެހީ ކީއްވެބާ.
އަހުމަދު މުހައްމަދު އަލީ
24 January 2025
ހިނގާ ބަލަ އެއްވުމެއް ބާއްވަން ދޯ ؟ ރޭވެސް ފެނޭ ބޮނޑިބަތް ޕާކުގަ ބަޔަކު . 20 މީހުން ވެސް ނެތް
ސުއްބޫހު
24 January 2025
މިއީ ވަގަކު ވައްކަންކޮށްގެން ނިކުމެ މިފަހަރު އެންމެ ގިނައިން ވައްކަންކުރީ ތިމަންނައޭ ބުނުންފަދަ ކަމެއް. އަދި އެބަހުއްޓެއްނު މިކަންކުރަން ކޮމިސަނެއް ހަދައި ވަރުވަރުންމުސާރަދޭ. ލަދުން ބޯހަލާކު
ފުވާދު ތައުފީޤް
23 January 2025
ލަދުން ބޯހަލާކު
ޖޯކް
23 January 2025
ޕާޓީ ސިސްޓަމް އުވާލާފަ މޮނާކީ ސިސްޓަމް ތާރަފްކުރަންވީ. ކޮން ބައިދަ ޕީޕިލް ފޯދަ ޕީޕަލްއެއް. ވެރިކަމަކީ ގިނަ މެޖޯރިޓީ މޮޔައިންތަކެއް ވޯޓް އަޅައިގެން ހޮވާ އެއްޗަކަށް ވުރެ ވެރިކަން ކުރުމުގެ ގާބިލްކަން ހުރި މީހާ އެކަން ކުރާކަމެއް. ޕާޓީ ސިސްޓަމްއާހެދި ގައުމުތައް ފުނޑެނީ. މިގައުމުގެ ވެރިކަންކޮށްފަ ތިބި އާއުލާތަކުގެ މެދުގަ މަޝްވަރާކޮށްފަ އެންމެ ގާބިލް މީހާ ހޮވީމަ ކަންކަން ހަމަޔަކަށް އެޅެންފަށާނެ.
ޕިއްޒާވަގު
23 January 2025
ވަގަށް ޕާޓީއަށް ވައްދާފަ ތިބި މީހުންވީ ސިވިލް ކޯޓުގަ ޕީއެންސީގެ ވެރިންނާ ދެކޮޅަށް މަދަނީ ދައުވާ ހުށަހަޅާ ބަދަލު ހޯދަން އެދެން!
ނާޑުވާ
23 January 2025
މިނިސްޓަރ އިޙްސާން އަށް އަންނަ ދައުރުގަ ނައިބު ރައީސްކަން ދޭންވާނެ. އަދި ސިފައިންނާ ފުލުހުން ނެރިގެން އިތުރު ކޮށްލެވިދާން.
ދެރަކަންކަން
23 January 2025
ވަގު ފޯމުތަކެއްގެ މައްސަލަ ކުރިއަށްދަނިކޮށް މި ހިސާބުތައް އިލެކްޝަނުން ޝާޢިއުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކުރިކަމެއް!