ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ތައާރަފްކުރި ހެލްޕްލައިން، ސްޕޯޓްސް މިނިސްޓަރު ރާފިއު މިދިޔަ އަހަރު ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
23 ޖެނުއަރީ 2025 - 21:45
ނަފުސާނީ ފުރަތަމަ އެހީ، އަހަރެއްގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުންނަށް ދީފި އެވެ.
ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ 24 ގަޑިއިރު އެހީތެރިކަން ލިބޭ 1677 ހެލްޕްލައިން ތައާރަފްކުރި ފަހުން 3،004 މީހުންނަށް ފުރަތަމަ އެހީ ދީފައިވާ ކަމަށެވެ.
އެ ހެލްޕްލައިން ލޯންޗުކުރީ ފެބްރުއަރީ 21، 2024 ގަ އެވެ. އެ ހިދުމަތަށް އަންނަ މަހު އެއް އަހަރު ފުރޭނެ އެވެ.
މިނިސްޓްރީން އޭރު ބުނީ އެ ހެލްޕްލައިންގެ ބޭނުމަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމާއި ނަފުސާނީ އެކި އުނދަގޫތައް ކުރިމަތިވާ މީހުންނަށް ފޯނު މެދުވެރިކޮށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުން ކަމަށެވެ.
Since its launch, the Mental Health Helpline has attended 3,004 calls, offering vital support and guidance to those in need. #MentalHealth #SupportForAll pic.twitter.com/Iy6hYBZFTF
— Ministry of Health (@MoHmv) January 23, 2025
އޭގެ އިތުރުން، ނަފުސާނީ އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެފަދަ އުނދަގޫ އިހުސާސްތައް ކުރިމަތިވާ ދަނޑިވަޅެއްގައި އެ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓުގެ އެހީތެރިކަން ފޯރުކޮށްދީ، ވާހަކަތައް ހިއްސާކުރެވޭނެ ފަދަ މާހައުލެއް ގާއިމްކުރުމަކީ ވެސް ބޭނުމެއް ކަމަށް ބުންޏެވެ.
އެ ހެލްޕްލައިނުން އަންނަނީ ހުރިހާ އުމުރަކަށް ވެސް ނަފުސާނީ ފުރަތަމަ އެހީ ދެމުންނެވެ. އިތުރު ފަރުވާ ބޭނުންވާ ނަމަ ހަދާފައިވާ އުސޫލުތަކުގެ ތެރެއިން ރެފަރަލް ވެސް ހަދައިދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިމީހާ
24 January 2025
ނަފްސާނީ ނުވާ އެކަކުވެސް މިޤައުމުގައި ނެތް. ސަރުކާރުތަކުން އެކަން ކުރަމުން އަންނަނީ ނިކަން ރޭވުންތެރިކަމާއެކު
ލައިޓް
24 January 2025
5 ލައްކައިގެ އާބާދީއަކުން ދުވާލަކު 8 މީހުނަށް ވުރެގިނަމީހުން އެހީއަށް މިއެދެނީ! އާއިލީ ގުޅުންތައް އެބަޖެހޭ ބަދަހިކުރުވަން!
ނަފްސާނީ
24 January 2025
5 ލައްކަ ތި ކިޔަނީ ބޭރު މީހުން ލައިގެން. ކޮންމެ ގޮތެއް ވިޔަސް ނަފްސާނީ ބައްޔަކީ ހަމަ ވަރަށް ވޭން ހުރި ބައްޔެއް. އެކަމާ ކުރިމަތި ލީ މީހަކަށް އެނގޭނީ. މީ އާއިލީ ގުޅުން ނެތިގެން ދީންވެރި ނުވެވިގެން ވާ ކަމެއް ނޫން.
ރުކުމާ
24 January 2025
ނަފްސާނީ ބައްޔަކީވެސް ހަމަ ޖެހޭ އެއްޗެއް. އެކަމަކު އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް ކުޅިވަރާއި ހުނަރުވެރި މަސައްކަތް ކުރިއަރުވައިގެން މިފަދަ ކަންކަން މަދުކުރެވިދާނެހެން ހީވޭ.