ލިއޯ ޓްރޭޑިންގެ ދޯނި ފަރަށް އަރާފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
27 ޖެނުއަރީ 2025 - 12:10
ގއ. ނިލަންދު އާއި އެ އަތޮޅު ދާންދުއަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރި ދޯންޏެއް މިއަދު ފަރަށް އަރައި، އޭގައި ހުރި ކާޑު ބަސްތާތައް މޫދަށް ވެއްޓިއްޖެ އެވެ.
މި ދެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަކަށް ކާޑު ހަދިޔާކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ.
އެ އަތޮޅު ކައުންސިލުން ބުނީ ލިއޯ ވިންގު ދޯނީގައި ހުރީ އެ ދެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ސަވާދުގެ ރޯދަ ހަދިޔާ ކަމަށެވެ. ނިލަންދުއަކީ ސަވާދުގެ އުފަން ރަށެވެ.
އެ ދޯނީގައި، ހަކުރާއި ހަނޑުލާއި ފުށުގެ 1،070 އަށްވުރެ ގިނަ ބަސްތާ ހުންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ދޯނި އެކެފަރު ފަރަށް އެރުމުން އެ ހުރިހާ ކާޑެއް ވަނީ މޫދަށް ވެއްޓިފަ އެވެ.
އެ ކުންފުނިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުނަފާ
28 January 2025
ވަރަށް ދެރަ.. މިވެސް އިމްތިހާން އެއް.. މާތް ނިޔަތެއްގަ އެހީތެރިވި ފަރާތަށް ހެޔޮބަހެއް ބުނެވެން ނެތިއްޔާ ހަނުތިބެބަލަ..
ކިނާރީ
27 January 2025
ކައްޕިންގެ ފަރުވާ ކުޑަކަން . އެއޮތް ބޮޑު ކަނޑުގަ ދުއްވަން ނޭގުނީމަ ވީގޮތް . ހޮޔޮނިޔަތެެއްގަ ރޯދަ ހަދިޔާ ދޭނަމަ ވާނީ ހޮޔޮކަމަކަށް . 2.5 މިލިޔަނުން ލޯނު ނަގާ ހޯދާ މުދާވެސް ކަނޑު އަޑިއަށް ދާއިރު ހޯދިގޮތަކަށް ގެންދެވީ އޭ ލިޔާނެ އެކަމުން އަރައިނުގަނެވި ތިބޭއިރު . ލޯނަކުން ދޯނި ބަނުން ހުއްދަނުވާނީތަ ؟. ހަލާލު ނުވަނީތަ .؟
ޝުކުރު
27 January 2025
އެކެފަރު ދޯ...! އާ ކައްޕިޔަކަށް ނޭނގިދާނެ. ލިއޯ މީހުންނަށް ނޭނގޭނެ އޭ ބުނުމުން އެ ވާނީ ދޮގަކަށް...
ބަހުގެ ގަވާއިދު
27 January 2025
މޫދަށް ވެރުނީއޭ ލިޔަން ނުކެރުނީ ދެއްތޮ؟ އެއީ ހަޑި ބަހެެއް ނޫނޭ
ގެދަބުޅި
27 January 2025
ވެރޭނީ ދިޔާ އެއްޗެތި.
ދިވެހިމީހާ2
28 January 2025
ގެދަބުޅިއަކަށް ދިވެހި ބަހެއް ނޭގުނުނުތާދޯ؟ ބަލަ ދިވެހި ބަހުގަ ގިނަ އަދަދެއްގެ އެއްޗެހިތަމެއް ހުރި ތަނަކުން ފައިބައިގަތުމަށް ކިޔާނޭ ވެރުން. ބަސްދާތައް ވެރުން، ގަހުން ފަތް ވެރުން.
މާލު
28 January 2025
ބަހަށް ވެސް ގެނަދަބުޅީ ބުރުވަން މިއުޅެނީ ދޯ، ގިނަ ކޮންމެ އެއްޗެއް ވެރޭނީ، އެކަތި ވިއްޔާ ވެއްޓޭނީ، "ގަދަ ވިއްސާރާގައި ރުއްތަށްވެރޭ" އިހުގެ ލިޔުންަކުގައިވެސް ވަރަށް ގިނައިން ހުރޭ
ކުޑަބެއްޔާ
27 January 2025
މާތް ﷲ އާވަކީލު. ވަރަށް ދެރަ.
އެޑައިތަ
27 January 2025
ހޯދިގޮތަަކަށްދާނެ
ޢައްބާސްބެ
28 January 2025
ހޯދިގޮތް އިނގެނީ ތިފަރާތަށްތަ؟؟ ތިމަންނާއަކަށް ނޭނގެއޭ ބުނެފަ އަނގަ ހިމޭން ކުރުން މާރަގަޅުވާނެ.
މަހާ
27 January 2025
އެހާ ބައިވަރު އެއްޗެހި މޫދަށް ނުވެއްޓޭނެ. ވެރޭނީ. އެއް ބަސްތާ ނަމަ ވެއްޓުމޭ ބުނެވޭނެ.
އާނދޯ
27 January 2025
މިހާރު ދެމާނަ ނަގާވަރުން ލިޔުނު މީހަކަށް ނުކެރުނީ ކަންނޭނގެ
ޗަރުކޭސް
27 January 2025
އެކީއްވެ؟ އެއްބަސްތާ ވެއްޓިއްޖެ. 5ބަސްތާ ވެއްޓިއްޖެ.
ކިރިޔާ
27 January 2025
އެ ދެ ރަށު ރައްޔިތުނަށް ޙަލާލު ރިޒުޤު ތަނަވަސްކޮށްދެއްވުން އެދި ދުޢާކުރަން.
ތަމީމު
27 January 2025
"މުދާ ހޯދާ" ގޮތަކަށް، އެ ތަކެތި ގެންދަވާނީ....!
ހަމީމު
27 January 2025
ކަނޑުން ހޯދީމާ ކަނޑަށް ދިޔައީ؟
ޝޭމް
27 January 2025
ތިއީ އެހާ ލޮޖިކަލް ވާހަކައެއް ނޫން. ހޯދިގޮތަށް ނޫންގޮތަށްވެސް އެބަދޭ.
ބޭޗާރާ
27 January 2025
އެމްއެމްޕީއާރުސީން ވަގަށްނެގި ބިލިޔަންރުފިޔާ އަށް ތިބުނާ ހުކުމް ހިގާނެބާ؟