ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިއްދުއަށް ވަޑައިގަތުމުން އެ ރަށުކުން މަރުހަބާ ކިޔުމަށް ނިކުތް ކުދިންތަކަކާ ސަލާމް ކުރައްވަނީ .-- ފޮޓޯ: ރައީސް އޮފީސް
28 ޖެނުއަރީ 2025 - 21:40
ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދިއްދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ހއ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތިން ވަނަ އަށް މި ރަށަށް ވަޑައިގަތުމާ އެކު ސަގާފީ ނެށުމެއް ހުށަޙައިދިނެވެ. އޭރު ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ މީހުން ސަފު ހަދާފައި އޮތެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިއްދުއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިޔުމަށް ނިކުތް ކުދިންތަކަކާ ސަލާމް ކުރައްވަނީ .-- ފޮޓޯ: ރައީސް އޮފީސް
ދިއްދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިރޭ ރައީސް އިފްތިތާހުކޮށްދެއްވައި ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ހއ.ގެ 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ.
މިއަދު ވަނީ ދިއްދޫގެ އިތުރުން މުރައިދޫ އާއި ފިއްލަދޫ އަދި އުތީމަށް ވެސް ވަޑައިގެންފަ އެވެ. މާދަމާ އަދި އަނެއް ދުވަހު ރައީސް ވަޑައިގަންނަވާނީ ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ އަދި އުލިގަމަށެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިއްދުއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިޔުމަށް ސަގާފީ ނެށުމެއް ހުށަހަޅައިދެނީ. -- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ. އަދި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ދިއްދުއަށް ފައިބައިވަޑައިގަތް ވަގުތު އެ މަނިކުފާނާ ދެކޮޅަށް ވެސް ބަޔަކު އަޑު އުފުލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
29 January 2025
ކަމަކު ނުދޭ އެއްގޮތަކަށްވެސް ފިރިހެންކުދިން މާޖެހިގަމީސް ލައްވައިފަ ނަށަންނެރުން. ކޮބާ ނަގަން ޖެހޭހުއްދަތައް
އަބްޑޫޅް +
29 January 2025
ކޮބާ ފުޓެޖު؟
ޖާންވީ
29 January 2025
ސްކޫލުކުދިން މިހާރު މިގޮތަށް ނެރުން ހުއްދަތަ؟ ކޮބާ ތައުލީމާބެހޭ ވަޒީރު؟