29 ޖެނުއަރީ 2025 - 06:06
ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައި ވާއިރު އެ ގަތުމަށް މައިކްރޮސޮފްޓުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން ވަނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަން ޗައިނާ ނޫން ކުންފުންޏަކަށް ވިއްކާލައިގެން ނޫނީ އެ ގައުމުގައި ޓިކްޓޮކް ނުހިންގޭ ގޮތަށް ގާނޫނެއް ހަދައިފަ އެވެ. މިކަން ކުރުމަށް މި މަހުގެ 19 އާ ހަމަޔަށް ދިން މުހުލަތު ހަމަވުމުން ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވަނީ އިތުރު 75 ދުވަސް ދެއްވައިފަ އެވެ.
ސީއެފްއާރްއޭ ރިސާޗްގެ އެންޖެލޯ ޒިނޯ ވިދާޅުވީ ޓިކްޓޮކްގައި އިންވެސްޓް ކުރަން ޖެހޭ ސަބަބެއް އޮންނާނެ ކަމަށް ބެލެވޭ އަދި އެ ގަންނާނެ ކަމަށް ބެލެވޭ ކުންފުނިތަކުގެ ތެރޭގައި މައިކްރޮސޮފްޓް ހިމެނޭ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މައިކްރޮސޮފްޓްގެ "ޑިޖިޓަލް އިޝްތިހާރުގެ ތެރެއަށް އިތުރަށް ވަނުމުގެ ޝައުގުވެރިކަން" އެބަހުއްޓެވެ.
ގާނޫނުގައި ދިން މުއްދަތު ހަމަވުމާ އެކު ޓިކްޓޮކް ވަނީ 24 ގަޑިއިރަށް ވުރެ ކުޑަ ވަގުތުކޮޅަކަށް ބްލޮކް ވެސް ކޮށްފަ އެވެ. އެކަމަކު ޓްރަމްޕް ދެއްވި ޔަގީންކަމާ އެކު އަލުން ހިދުމަތް ފެށީ އެވެ. އެކަމަކު ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވަނީ އެމެރިކާގައި ޓިކްޓޮކް މަނާކުރަން މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުޏޒބސ
29 January 2025
މީ ޑެމޮކުރަސީގެ އައްޕަމެންގެ ހާލު. އެމީހުން ނޫންބަޔަކު އެޕް ހެދީމައި ވިއްކާލަން މަޖުބޫރުކުރުވަނީ. ބޭނުންކުރަންވެސް ހުރަސް އަޅަނީ. އެހެން މީހުްނނަށް ކިޔަވައިދެނީ ޑެމޯކުރަފި. ޖެން އަތްޖަހާ
ޑީޕު ފޭކު
29 January 2025
އަސްތާ.. ކޯ ޕައިލެޓަށް ލިބޭނެ ބޮޑު ޑޭޓާ ގަނޑަކަށްވާނެ ތިޔަ ވިކިއްޖިއްޔާ