ސްވިޑަންގައި ގުރުއާން އެންދި ސަލްވާ މުމީކާ: އޭނާ ގަޔަށް ވަނީ ބަޑިޖަހައި މަރާލާފައި.
30 ޖެނުއަރީ 2025 - 18:16
ސްވިޑަންގައި 2023 ވަނަ އަހަރު ކީރިތި ގުރުއާންގެ މުސްހަފުތައް އެންދި އިރާގު މީހާ ގަޔަށް މިއަދު ބަޑިޖަހައި މަރާލައިފި އެވެ.
އިރާގުން ސްވިޑަންއަށް ރެފިއުޖީއެއްގެ ގޮތުގައި ގޮސް އުޅުނު ކްރިސްޓިއަނެއް ކަމަށްވާ ސަލްވާ މުމީކާ 2023 ވަނަ އަހަރު ވަނީ ގުރުއާން މުސްހަފު ތަކުރާރުކޮށް އަންދައިފަ އެވެ. އެކަމާ ގުޅިގެން މުސްލިމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމަކާއި ރުޅިވެރިކަމެއް އުފެދުނެވެ.
ސްވިޑެންގެ ޕްރޮސިކިއުޓަރު ޕްރޮސެކިއުޓާ ރަސްމުސް އޮމާން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި އުމުރުން 38 އަހަރުގެ މުމީކާ މަރާލި މައްސަލައިގައި މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މިއީ އެހެން ގައުމެއްގެ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށާއި އެކަމަކު އަދި ޔަގީންކަމާ އެކު އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށް ވިދާޅުވި އެވެ.
"އަދި މިތިބީ ތަހުގީގުގެ ވަރަށް ކުރީ ކޮޅުގައި... ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ. މިކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފަސް މީހަކު ވަނީ ހިފަހައްޓާފައި،" އޮމާން ވިދާޅުވި އެވެ.
މުމީކާ މަރާލީ ގުރުއާން އެންދި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ، ފިތުނަ އާއި ހަމަނުޖެހުން އުފެއްދުމުގެ ދައުވާ ސާބިތުވޭތޯ ކަނޑައެޅުމަށް ބުރާސްފަތި ދުވަހު އަޑުއެހުން ތާވަލްކޮށްފައި އޮއްވަ އެވެ. އޭރާ މަރާލުމުން މިހާރު ވަނީ އަޑުއެހުން އަންނަ މަހުގެ ތިން ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
މުމީކާ މަރާލީ ސްވިޑަންއަށް ބުދަ ދުވަހު، އެޕާޓްމަންޓް ބިލްޑިންގެއްގެ ތެރޭގައި ބަޑި ޖަހައިގެންނެވެ. ބަޑިޖެހުމުގެ ހާދިސާއެއް ރިޕޯޓްކުރުމާ ގުޅިގެން ފުލުން ގޮސް ބެލި އިރު މުމީކާ އޮތީ ބަޑިޖަހައި ޒަހަމްކޮށްލައިފަ އެވެ. މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ފުލުހުން ބުންޏެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާ ސޯޝަލް މީޑިއާގައި ލައިވްކޮށް ބްރޯޑްކާސްޓްކުރި އެވެ. ހަމަލާ ދިން މީހާ އިމާރާތަށް ވަނީ ފުރާޅުމަތިން ކަމަށް ވެސް އެއް މީޑިއާއަކުން ރިޕޯޓްކޮށްފައިވެ އެވެ.
އޮގަސްޓް މަހުގެ ތެރޭގައި މޮމިކާ އާއި އޭނާއާ ބައިވެރިވި ސަލްވާން ނަޖީމްގެ މައްޗަށް ވަނީ ވަކި ބަޔަކާ ދެކޮޅަށް، ފިތުނަވެރި އަމަލު ހިންގުމުގެ ދައުވާކޮށްފަ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންވަނީ އެކި ފަހަރުމަތިން ގުރުއާން މުސްހަފު އަންދައި އަދި އެކަން ކުރަމުން ހުތުރު ބަސްތައް ގޮވައިފަ އެވެ.
މުމީކާ މަރާލުމާ އެކު، އޭނާގެ އެކުވެރިޔާ ނަޖީމް ވަނީ އޭނައަށް ވެސް މަރުގެ އިންޒާރު ލިބިފައިވާ ކަމަށާއި "ދެން މަރާލާނީ އަހަރެން" ކަމަށް ބުނެ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.
މި ދެ މީހުން ފަހުން ވަނީ ގުރުއާން އެންދުމަކީ ސްވިޑަން އަށް ގެއްލުމެއް ދޭން ކުރި ކަމެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އެކަމަކު 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސްވިޑެންގެ މައިގްރޭޝަން އެޖެންސީން އޭނާގެ ރެސިޑެންސީ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ. އެއީ އޭނާގެ އަސްލު އެޕްލިކޭޝަންގައި ދޮގު މައުލޫމާތެއް ހުރި ކަމަށް ބުނެ އެވެ. އޭގެ ކުރިން އިރާގުން ވަނީ އޭނާ އަނބުރާ އިރާގަށް ފޮނުވަން އަންގައިފަ އެވެ.
މާޗް މަހު މުމީކާ ސްވިޑެން ދޫކޮށް ނޯވޭއަށް ގޮސް ހިމާޔަތް ހޯދަން އުޅުނެވެ. އެކަމަކު އެ ގައުމުން އޭނާ ސްވިޑެން އަށް ޑީޕޯޓްކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
01 February 2025
ދުރުދުރުން ނުސީދާކޮށް ހާދަ ބަޔަކު ކޮމެންޓު އެބަކުރެއޭ ދޯ!؟ އެކަމަކު އިރާގު މީހަކަސް އީރާނު މީހަކަސް ޔޫރަޕް ގައުމަކަށް ހިޖުރަކުރެވުނީތީ ތިމާގެ ގަދަކަން ޔޫރަޕް މީހުނަށް ދައްކަން އަވަގުރާނަގޮވަމުން ކީރިތި ގުރުއާން އަންދާލަން ނުޖެހޭނެކަމަށް ނުބުނާތީ ހައިރާން އެބަވޭ! އިސްލާމް ދީނަށާއި މުސްލިމުންނަށް ހަޑިހުތުރު އެއްޗެހިގޮވަމުން ކީރިތި ގުރުއާން އަންދާ ނުލިއަސް އޭނާއަށް ސްވިޑަންގައި އުޅެވުދާނެނުންތަ!؟
އަލީ ބުހާރީ
31 January 2025
ޔޫރޮޕް އައް ސަޕޯޓް ކޮއްފަ ކޮމެންޓު ކުރާ މީހުންނައް ރައްދު މިދެނީ، “ކިތަންމެ ޔޫރޮޕްވާހިތުން އުޅުނަސް ނުވާނެޔޭ، އަހަރުމެންނަކީ މާ ދައްފަންތީ”ގެ ބައެކޭ ކިޔާފަ އަމިއްލަ އައް ދައްކޮއްލެވޭތޯ!! ނުވިސްނޭތީވެ ބުނަން ޖެހެނީ.. ކިތަންމެ އަރަބިވާހިތުން އުޅުނަސް އަހަރުމެން ދިވެހިންނަނީ އަރަބިން ދެކޭގޮތުގަ މުޅި އިންސާނީ ނަސްލުގަ އެންމެ ދައްފަންތީގެ އަޅުން ކަމުގަ! އެ ގައުމުތަކުގަ ގޮސް އުޅޭއިރު ނަސްލު ތަރުތީބުން ސަފު އަތުރާއިރު ބަލާލީމުތަ؟
ބޯހަލާކު
31 January 2025
ހަޤީޤަތަކީ ހުރިހާ އިންސާނުންނަކީވެސް މާތްﷲ އަޅުން. އަރަބިވެގެނެއް ޔޫރަޕުވެގެންނެއް ލިބޭނެ އެއްވެސް މޮޅެއް ނެތް. ހުރިހާ މޮޅެއް ލިބެން އޮތީ އެންމެ ތަޤުވާވެރިކަން ބޮޑު މީހާއަށް. އެފުރުސަތު އަހަރެމެން އެންމެންނަށްވެސް އެބައޮތް..ވީމާ ބަލަންވީ އަރަބިން ނަސްލު ތަރުތީބު ކުރާ ގޮތަށްހޭ؟؟ ނުވަތަ އަޅުތަކުންގެ ވެރި ފަރާތް އަޅުތަކުންގެ ހެޔޮ އަމަލުތަކުން އަޅާ އިއްޒަތްތެރި ކުރުވާ ގޮތަށްހޭ؟؟
ދަނގަޑޭ.
30 January 2025
ރޭސިޒަމް. ތިމާމެން އެހެންމީހުނާމެދު ކަންކުރިގޮތަށް ތިމާމެނަށް އެހެންބަޔަކު ކަންކުރީމަ އެކަން ގޯސްވީ. މީހާ ގަބޫލުކުރާ ޢަޤީދާއެއްގެ ސަބަބުން ނުވަތަ ނިސްބަތްވާ ގައުމެއްގެ ސަބަބުން މެރޭނަމަ ސަލާމްލެއްވި ސުލައިމާނު ޢަލައިހިއްސަލާމަށް ޔަހޫދީންގެ ބަޔަކު ސިހުރުވެރިއެކޭ ޝިރުކުކުރާ މީހެކޭ ގޮވީމަ އެމީހުން މެރިސް. އެކަލޭގެފާނުގެ އަތްޕުޅުގާ ވެރިކަމާ ބާރާ އޮވެ ބަދަލެއް ނުހިއްޕަވާ.
ސަރުކާނު
31 January 2025
ޤުރުއާން އަންދާކަށް ނުޖެހޭ ގަސްތުގަ. ސަޅިވެއްޖެނު
ސުހާނާ
01 February 2025
"ދަނގަޑޭ" މި ލަފުޒުގައި ހުސްނޫނު އެއޮތީ ނުބައި ތަނެއްގައި. ހުސްނޫނު އޮންނަންވާނީ "ގ" އާއި "ޑ" އާ ދޭތެރޭގައި. "ދަގަނޑޭ" މިގޮތަށް.
އަލީ ހަމީދު
30 January 2025
ޓެރަރިސްޓުންނޭ ބުނީމާ ބުނިމީހާ ގޯސް މިވަނީ
ޖައްލޭ
30 January 2025
ކަލެޔަށް ކިހިނެތް އެނގުނީ އޭނަ މެރީ މުސްލިމެއް ކަމެއް. ސްވިޑުން ޕޮލިހުން އޭނަ ބޭރު ނުކުރެވިގެން މަރާލީ ނޫން ކަމެއް. ކަލޭމެން ކިތައްމެ ޔޫރަޕު ވާން އުޅުނަސް އެމީހުނަށް ކަލޭމެން އެންމެން ތީ އެމީހުނަށް ވުރެ ދަށް ބައެއް. ކިތައްމެ ވަރަކަށް އެމީހުން ރުއްސަން ގޮސް އެމީހުން ފައިގަ ދޫ ލިޔަސް ކަލޭމެންތީ އެމީހުނާ ހަމަ ހަމަ ބައެއް ކަމަކަށް ނުދެކޭނެ. ކަލޭމެންނަށް ވަރިހަމަ ވާނެ ޔޫރަޕު މީހުން އައިސް ކަލޭމެން މޫނަށް ކުޅުޖެހިޔަސް އެވަރެއް ނޯންނާނެ.
ބަދީލު
30 January 2025
އޭނަ މަރާލީ ކޮންބައެއް ކަމެއްވެސް ނޭންގެ. ބަޑި ޖެހުމުގެ ހާދިސާއެއްގައި މަރުވީ ކަމަށް ބުނަނީ. ކަލޭ ތިނިންމީ ދޯ އެނާގެ މަރާ ގުރުއާން އެންދުމާ ގުޅުމެއް އެބައޮތްކަމަށް. ޔޫރަޕްތީ މީހުން ބަޑިޖަހާ ނުމަރާ ގައުމެއްތަ؟
ރިޔާޞް
30 January 2025
ތީގެ ޔޫރަޕުގެ ގައުމެއްގައި ބައިބްލް އަންދަބަލަ، ކިތައް ޓެރަރިސްޓުން ނުކުމޭތޯ ބަލަން
އަހުމަދު އަތީގު
30 January 2025
އަހަރެމެން އިމިގްރޭޝަން ތަކުން ހިފަހައްޓަނީ ސަބަބެއް ނެތިއެއް ނޫން. ޔޫރަޕް މީހުން މުސްލިމު ގައުމު ތަކު މީހުންނާ ދެކޮޅުވަނީ ސަބަބެއް އޮވެގެން
ދޮންދުނބުރި
30 January 2025
ހަސަދަ އާއި ރުޅިވެރިކަން ތިމާގެ ހިތުގަ އަނދަ އަދާ އޮތީމަ ގަބޫލު ކުރަނީ ޤުރުއާން އެންދުމަކީ އެމީހުންގެ މިނިވަން ކަމުގެ ހައްގެކޭ. ކަލޭ ގޮސް އެމީހުންގެ ދިދަ އަންދަބަލަ އެމީހުން ކުރިމަތީ ކަރަށް ފައިން އަރާ ގިއްގަޅުވާލާއޮރުވެސް އެމީހުންނަށް ލިބިގެން ވާ ހައްގެކޭ ކިޔަކިޔާ އޮންނާތި. ދެން މާ ހައްގު ނަގާ ބޮލަށް ލައިން އުޅޭ ބައެއް.
ބަތީގު
30 January 2025
ކެކެ. އޭނާ މެރީ ކޮންބައެއް ކަމެއް އަދިނޭންގެ. ސްވިޑްން ތީ ހޮމޮސައިޑް އެންމެ ގިނަ ޔޫރަޕް ގައުމު. ގޭންގް ކުއްތައް އިންތިހާއަށް އޮތް ތަނެއް. ތިތަނުގެ މީހުން އެހެން ގައުމުތަކުގެ އިމިގްރޭޝަންއިން އިން ހިފަހައްޓަން ޖެހޭ ހާލަތްތައް މާގިނައިން ދިމާވޭ. ޔޫރަޕްވީމަ ދޯ. ކެކެކެކެ
ލާމަސީލު
30 January 2025
ލިޔުން ކިޔާބަލަ އެލިޔުމުގަ އެއޮތީ އިރާގުގެ ކްރިސްޓިއަނެއްގެ ވާހަކަ. އޭތީސްޓުން އަބަދުވެސް މިކަހަލަ ފިތުނަ އުފައްދާނެ. އައިސިސް އަކީވެސް އޭތީސްޓުންނާ ޔަހޫދީން އުފެއްދި ބައެއް. މުސްލިމުން ބަދުނާމުކުރަން އައިސިސް އާއި އަލްގައިދާގެ ފިތުނަ އުފެއްދީވެސް ހަމަ ޔަހޫދިންނާ އޭތީސްޓުން.
ހަނާން ސިޔާނީ
02 February 2025
ކަލޭތީ މޮޔައެއް، ޓެސްޓެއް ހަދާލާ