އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު އާއި އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލު އެއްބަސްވުމުގައި ސޮއިކުރައްވަނީ.
30 ޖެނުއަރީ 2025 - 19:59
ހއ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިހަވަންދޫ ކައުންސިލާ އެކު އެމްއައިބީއިން އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލެވެ. އަދި އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު ސޮބާހެވެ.
އެމްއައިބީއިން ވަނީ މިދިޔަ ނޮވެމްބަރު މަހު މީހުން ދިރިއުޅޭ 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ އެ އެއްބަސްވުމުގެ ދަށުން ބަހައްޓަން ހަމަޖެހިފައިވާ އޭޓީއެމްއެކެވެ.
އިކޮނޮމިކް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 19 ރަށެއްގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓީއެމްއެއް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން މާލެ އާއި ރ. އުނގުފާރާއި ށ. ފުނަދޫ އަދި ގއ. ވިލިނގިލީގައި ސޭލްސް ސެންޓަރެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮޗްމޭން
30 January 2025
އައްޑޫ ރައްޔަތުންނަށް ހާއްސަކޮށްގެން ޕައުންޑް ނެގޭ އޭޓީއެމްއެއް ބަހައްޓަނީ ކޮން އިރަކުތޯ؟ މަނިކުފާނު އައްޑޫއަށް ދެން ދާންޖެހޭނީ ޕައުންޑް އޭޓީއެމް ހިފައިގެން. އޮނަރަބަލް އަފީފްމެން އެތިބީ ޕައުންޑް ނުނެގިފައި 1972 ވަނަ އަހަރުސުރެ. އައްޑޫގައި ޕައުންޑް އޭޓީއެމްއެއް ބަހައްޓައިފިއްޔާ މަނިކުފާނަށް މުޅި އައްޑޫ ޝުކުރުވެރިވާނެ. މަދުވެގެން 500 ޕައުންޑް ނެގެންވާނެ. ކިންގް ޗާލްސްގެ ފުރަމާނަ ދަތުރާ ދިމާކޮށް ޕައުންޑް ލިމިޓެއް ނެތި ދޫކޮށްލަންވާނެ.
ޝުކުރޭ
30 January 2025
ޝުކުރިއްޔާ ދަކުތަރު މުޢީޒް!