މޯލްޑިވިއަން އިން ބުނީ ޓިކެޓްގެ އަގުތަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި އަގުތައް ބޮޑުކޮށް ފެންނަނީ ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކަމަށް.
01 ފެބުރުއަރީ 2025 - 11:43
ގައުމީ އެއާލައިން މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެކަން ހައްލުކުރަމުން އަންނަ ކަމަށާއި މި ވަަގުތު ޓިކެޓްގެ އަގުތައް ބޮޑުކޮށް ފެންނަނީ އެ މައްސަލައިގެ ސަބަބުން ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަން އިން ބުނީ ދިމާވެފައިވާ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ އެއާލައިން އިން ދަތުރުކުރާ ބައެއް ރޫޓްތަކަށް އަގުބޮޑުކޮށް ޓިކެޓް ވިއްކާ ކަމަށް ޕޯޓަލް އިން މިވަގުތު ފެންނަ ކަމަށެވެ. މިއީ ޓެކްނިކަލް މައްސަލަ ދިމާވުމުގެ ސަބަބުން ފެންނަ ގޮތް ކަމަށް އޮފިޝަލް ވިދާޅުވީ އެވެ.
"ޓިކެޓްގެ އަގުތަކަށް އެއްވެސް ބަދަލެއް ނުގެންނަން،" އޮފިޝަލް ވިދާޅުވި އެވެ.
"ކުޑައިރުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުވާނެ."
މި މައްސަލަ ހައްލު ވަންދެން އެ އެއާލައިންގެ ހޮޓްލައިން 1671 އަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ޓިކެޓް ބުކިން ހެދުމަށް މޯލްޑިވިއަނުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރާސީނު
01 February 2025
ކުރީ ސަރުކާރުންވެސް ދެން މިހިރަ ހިންގާލާ ބަޣާވާތްތަކެއް ދޯ!؟ މިފަހަރު މިއޮތީ އޭވިއޭޝަން ބަޣާވާތެއް ގެންނަން އުޅެފަ!