ބީއެމްއެލް އޮފީސް. އެ ބޭންކުން ވަނީ ރެޑްވޭވާ އެކު ޕްރޮމޯޝަނެއް ފަށާފައި -- ފޮޓޯ: މިހާރު
02 ފެބުރުއަރީ 2025 - 10:28
ބީއެމްއެލް އިން ރެޑްވޭވްއާ އެކު، ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ރަން ފުރުސަތު" ގެ ނަމުގައި ފެށި އެ ޕްރޮމޯޝަނުގައި ރެޑްވޭވް ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރި ކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން އިއްޔެ ބުންޏެވެ.
އެ ޕްރޮމޯޝަނުގެ ދަށުން، މި މަހު ބީއެމްއެލް ކާޑުން ރެޑްވޭވް އިން ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ މީހަކަށް 5،000ރ. ގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ.
Ran Furusathu with Redwave! ✨
— Bank of Maldives (@bankofmaldives) February 1, 2025
Shop with your BML cards at any of the Redwave outlets and win exciting prizes. 🎁
View details: https://t.co/qN5aVgSlSM pic.twitter.com/i1VncGByS8
މީގެ އިތުރުން އަންނަ މަހުން ފެށިގެން އޭޕްރީލް 7 ވަނަ ދުވަހުގެ ނިޔަލަށް ރެޑްވޭވުން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000ރ. ގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޭނާ
03 February 2025
ބޭންކަކީ އެޑްވަޓަޒިން ކޮމްޕެނީއެއްނޫން. ދިވެހިންގެ ބޭންކުން ތިޔަފަދަ ކަމެއް ކުރުމީ އެހެން ވިޔަފާރި ކުރާފަރާތް ތަކަށްދޭ ވަރަށްބޮޑު އަނިޔާއެއް.
ދަބަރޭ
02 February 2025
ތި އިނާމްތައް ދެނީ ބޭންކުންތޯ؟
ކަރީނާ
02 February 2025
ދިވެހީންގެ ރާއްޖެ. ދިވެހީންގެ ބޭންކް