ހަނިމާދޫ.
02 ފެބުރުއަރީ 2025 - 16:29
ރަށުގައި ދިރިއުޅޭ މީހުންނަށް ގެއްލުމެއް ލިބެން ބޭނުން ނުވާ ކަމަށާއި ފްލެޓު އަޅައިގެން އެހެން ރަށްރަށުގެ މީހުން ބަދަލުކުރަން ވެސް މަރުހަބާ ކިޔާނެ ކަމަށް ހދ. ހަނިމާދޫ ކައުންސިލުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދު އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމިކަން އިއުލާން ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން، ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން "މިހާރު" އަށް ވިދާޅުވީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ނިންމުން އަދި އެ ކައުންސިލަށް ވަކިން ނާންގާ ކަމަށެވެ. އެގޮތަށް އެންގުމުން އާއްމުންނާ ބައްދަލުކޮށް އަދި މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާބާދީގައި 293 މީހުން ދިރިއުޅޭ ހިރިމަރަދޫ މީހުން ބަދަލުވާން ބޭނުންވެގެން އެންމެ ފުރަތަމަ ހުށަހެޅީ ހަނިމާދޫ ކައުންސިލަށެވެ. އެކަމަށް ކައުންސިލުން ވަކި ޖަވާބެއް ނުދިނުމުން ހިރިލަންދޫ މީހުން ބަދަލުވާން ބޭނުންވެގެން ދެން ހުށަހެޅީ ކ. ތުލުސްދޫ ކައުންސިލަށެވެ.
ސައްތާރު ވިދާޅުވީ ހިރިމަރަދޫ ކައުންސިލުން ކުރިން ހުށަހެޅުމުން ވެސް އާއްމުންނާ ބައްދަލުކުރި ކަމަށެވެ. އެކަމަކު، ހަނިމާދޫގައި ގެދޮރު ބޭނުންވާ މީހުންނަށް އެ ފުރުސަތު ގެއްލޭ ގޮތަށް އެހެން ކަމެއް ކުރަން ބޭނުން ނުވާ ކަމަށް ގިނަ ބަޔަކު ބައިވެރިވި އެ ބައްދަލުވުމުގައި އާންމުން ބުނެފައިވާ ކަމަށް ކައުންސިލްގެ ރައީސް "މިހާރު" އަށް ވިދާޅުވި އެވެ.
"އެހެން ނޫނީ ރަށުގައި ދިރިއުޅޭ މީހުންނަށް ވާނީ ނިކަމެތި ގޮތެއް ކަމަށް ރަށު މީހުންގެ ވިސްނުން ހުރީ،" އާބާދީގައި 2،400 ރަޖިސްޓަރީވެ، 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހަނިމާދޫ ކައުންސިލްގެ ރައީސް ސައްތާރު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބިން ބޮޑެތި ރަށްތަކުގެ ތެރޭގައި ހަނިމާދޫން އެންމެ ފަހުން ގޯތިދޫކުރީ 2023 ވަނަ އަހަރު އެވެ. އެ އަހަރު 3،000 އަކަފޫޓުގެ ގޯތިތައް ދޫކުރި އެވެ.
ސައްތާރު ވިދާޅުވިގޮތުގައި، މިސްކިތާއި މަގުތައް ހެދުމާއި ރަށުގެ ތަރައްގީ އަށް ކުރަންޖެހޭ އެހެނިހެން ކަންކަން އަދިވެސް އެބަހުއްޓެވެ. އެ ހުރިހާ ކަމެއް ނިންމުމަށް ފަހު، ހަނިމާދޫގައި މީހުން އާބާދުކުރަން ގޯތި ދޭނެ ވަރަށް ރަށުގައި ޖާގައެއް ނެތަސް ތިން ކޮޓަރީގެ ފްލެޓު އަޅައިގެން އެކަން ކުރާ ނަމަ ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރިމިރަދޫ މީހުން ބަދަލުކުރަން ނިންމިއަސް، އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސާނެ ގޮތުގެ ތަފްސީލެއް އަދި ނުދެ އެވެ.
ހަނިމާދޫ ކައުންސިލުން ބުނީ އެ ރަށުގައި ހައުސިން ޔުނިޓު އަޅައިގެން ހިރިމަރަދޫ އަދި އެހެން ރަށްރަށުން ވެސް މީހުން ބަދަލުކޮށް، އާބާދީ އެއްފަސްކުރަން ތަރުހީބުދޭ ކަމަށެވެ.
ރަށްރަށުގައި އިމާރާތްކުރާ 12،000 ފްލެޓުގެ ތެރެއިން ސަރުކާރުން ވަނީ ހަނިމާދޫގައި 500 ހައުސިން ޔުނިޓު އަޅަން ނިންމައިފަ އެވެ. އެކަމަކު، ސައްތާރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހަނިމާދޫގައި އުޅޭ މީހުންނަށް ވެސް 786 ހައުސިން ޔުނިޓު ބޭނުންވާ ކަމަށެވެ. ނަމަވެސް، އެހެން ރަށްރަށުން ހަނިމާދު އަށް މީހުން ބަދަލުކުރާ ނަމަ 3،000 ހައުސިން ޔުނިޓު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރަށަކުން އެހެން ތަނަކަށް ބަޔަކު ބަދަލުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އިޖުތިމާއީ ގޮތުން ވެސް ބައިވަރު ކަންތައްތައް ހުންނާނެ ކަމަށާއި އެ ވިސްނުންތަކާ އެކު ރޯޑް މެޕް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނިމާދުއަކީ މީގެ ކުރިން ވެސް އެހެން ރަށްރަށުން މީހުން ބަދަލުކުރި ތަނެވެ. އޭގެ ތެރެއިން، 2000 ވަނަ އަހަރު އެންމެ ފުރަތަމަ ބަދަލުވީ އެ އަތޮޅު ހޮނޑައިދޫ މީހުންނެވެ. ސުނާމީގެ ފަހުން ހަތިފުށި މީހުން ވެސް ހަނިމާދު އަށް ބަދަލުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކްސޭނާ
03 February 2025
2023 ވަނަ އަހަރު 3000 އަކަފޫޓޫގެ ގޯތި ބެހެންޏާ ޖާގަ އޮތީތާ ތިޔަ ރަށުގަ މާ ބޮޑަށްވެސް
އާދަނ3124
04 February 2025
އެއީ ޖާގަ ނެތިގެނެއްނޫން، ރާއްޖޭގަ އޮތް ބިންބޮޑު ރަށްރަށުން އެއްރަށް އެއީ، މިހާރުވެސް ބިން އޮތް ރަށެއް ވ އަމިއްލަ އެދުން ބޮޑު މީހުން އުޅޭ ރަށެއް އެއީ އެހެން ބަޔަކަށް ފަސޭހައެއް ވެދާނެތީ، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ދިވެހިންނަށް އުޅެވެން ޖެހޭނެ ނާގާބިލް ކައުސިލަކަށް ނުނިމޭނެ
ޏަނާ
03 February 2025
މި ނޫނީ މި ދުނިޔޭގައި އެބައޮތްތޯ އެމީހަކު ބޭނުންވާ އަވަށެއްގައި ނުވަތަ ރަށެއްގައި ވަޒަންވެރިވާން ބޭނުންވާ މީހާއަށް އެ ރަށެއް ނުވަތަ އަވަށެއްގައި ރަޖިސްޓްރީވެފައިވާ ވަޒަންވެރިންނާ ބިމާއި ގޯއްޗާއި ފްލެޓާއި ބޯހިޔާވަހިކަން ލިބުމުގައި ނުވަތަ ފޯރުކޮށްދިނުމުގައި އެ ޤައުމެއްގެ ރައްޔިތުންނާމެދު މިވަރުގެ ނަސްލީ އިމްތިޔާޒެއް އުފަންކުރުވައިގެން އުޅޭ އެއްވެސް ޤައުމެއް؟
ހަސަނު.
03 February 2025
ތިކަން ގެންގުލެނީ ކ.މާލޭގެ ޤަބީލާ ތަކުން. އެކަމަކު އެމީހުންގެ ގޯތި ނެތް އެހެން ރަށެއް ރާއްޖެއަކުނެތް. މިވެސް އަޖާއިބެއްނު.
20000
03 February 2025
ތި ހަނިމާދޫ މީހުންނަކީ ވިސްނުމެއް ނެތް ބައެއް. ރަށު ވަލުން ރަށު މީހުންނަށް ގޯތި ނުލިބިދާނެތީ ތިމާ މެންގެ އެއަރޕޯޓެއް އޮތީމާ ފޮނިވެގެން އުޅޭ ބައެއް. ތިޔަކަމަށް އަރާ ހުރި ކައުންސިލްގެ ރައީސް އަދި އެސްޖީ
އޮނަރަބްލް އަފީފު ދީދީ
02 February 2025
ފަންސާސް އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާ ރާއްޖޭގައި މީހުންދިރިއުޅޭނެ ރަށްތަކަކީ ހޯރަފުށި، ވަށަފަރު، ކެލާ، ފިއްލަދޫ، ހަނިމާދޫ، ކއަތޮޅު ކާށިދޫ، މާލެ، ތުލުސްދޫ، ދ.ކުޑަހުވަދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ރަށްތައް، ހުވަދޫ އަތޮޅު ކޮލަމާފުށި، ތިނަދޫ، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ވިލިގިލި، ފަރެސްމާތޮޑާ، ފުވައްމުލައް އަދި އައްޑޫސިޓީކަމުގައި ކަޑައެޅުމަށްފަހު މިރަށްތައް ހިއްކެންއޮތް އެންމެބޮޑަށް ހިއްކާފައި އެންމެނަށް ބިންދޭންވީ.
ކޮބާ ރ އަތޮޅު؟
02 February 2025
އަފީފު ދީދީ އަށް ނޭނގޭތަ ރ އަތޮޅުގެ އާބާދީ އެ އަތޮޅު އެއްވެސް ރަށެއް ނުލާ ތި ޙިޔާލު ހުށަހަޅަނީ އެ އަތޮޅު ފައިނު ، ކިނޮޅަސް ، ދުވާފަރު ، ހުޅުދުއްފާރު އަދި އަލިފުއްޓަކީ ބިމުގެ ގޮތުން ބޮޑު ރަށްތައް އަދި ޖާގަ ތަނަވަސް ފަޅެއް އޮތް ރަށްތަކެއް އަދި ދުވާފަރަކީ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް މީހުންތައް މާލެއާ ދުރަށް ލާން ހއ އަތޮޅާއި ޏ އަތޮޅަށް ގެންދާކަށް ނުޖެހޭނެ!
ކެލާ ބޮޑުބެ.
03 February 2025
އަފިފުގެ ލިސްޓްގައި ވަކިއަތޮޅަކަށް ބެލުމުގެ ބަދަލުގައި ބަލާފައި ހުރީ ބިން ހިއްކެން ހުރި ރަށްތަކަށް ހެން ހީވޭ. އެގޮތަށް ތަރައްޤީ ކޮށްފިނަމަ ކޮންމެ ހެން މާލެއާއި ކައިރީގައި ތިބޭކަށް މީހުން ބޭނުމެއްނުވާނެ.
އޮނަރަބްލް އަފީފު ދީދީ
02 February 2025
މިދެންނެވި ޕްލޭން އެކުލަވާލުމުގެ ކުރިން މާލޭމީހުންގެ ކަށީގައި ހިފާފައިވާ ފުލެޓާއި ގޯތީގައި ބަގުނޑި ބެއްދުން ހުއްޓުވުމަށް ގޯތި ގެދޮރާއި ބިމާއިބެހޭ ޤާނޫނު އިސްލާޙްކޮށް ފުރަތަމަ ފުލެޓާއި ބިމުން ޓެކްސް ފްރީކޮށް އޭނާ މިލްކުކުރާ ދެވަނަ ފުލެޓާއި ބިމުން %50 އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާ ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމްތަކަށް ދޮގު މައުލޫމާތުދީ އެފަދަކަމަކަށް އެހީތެރިވުމަކީވެސް ޖިނާޢީ ކުށެއްކަމަށް ޤާނޫނުގައި ކަޑައަޅަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
02 February 2025
މަތީގައިދެންނެވިރަށްތައް ހިއްކުމުގެކުރިންވެސް އެހެންރަށެއްގައި އަމިއްލަ ގެދޮރު (ބިމެއް) ހުރިމީހަކު މިއިން ރަށަކަށް ބަދަލުވާންބޭނުންނަމަ، އޭނާގެއަތުގައިއޮތް ބިން އޭނާ ބަދަލުވުމަށް ފުރުސަތުލިބުނު ރަށުގެކައުންސިލަށް ދޫކޮށްލުމުން، މިދެންނެވި ރަށްތަކުގެތެރެއިން އެސައިޒުގެ ބިން ދެވެންއޮތް ރަށަކަށް (އެރަށެއްގެ ރަށްވެއްސަކަށްވުމަށް ޝަރުތުކޮށް) އޭނާއަށް ބަދަލުވުމުގެ ފުރުސަތު ދޭންޖެހޭގޮތަށް ބިމާއިބެހޭ ޤާނޫނަށް އަވަސް އިސްލާޙްތަކެއްގެނައުން ވަރަށްމުހިންމު.
ކައުންސިލް ރައީސް.
03 February 2025
ބަރާބަރު ޙިޔާލެއް. ބިމަށް ބިން ބަދަލު ކުރުމަކީ ހަމަ ރަނގަޅުގޮތެއް. ހަނިމާދުއަށް ބަދަލުވާން އެދޭމީހުންގެ ބިންތައް ހަނިމާދޫ ކައުންސިލަށް ދޭންޖެހޭނެ. ބަދަލުގައި އެވަރުގެ ބިމެއް ހަނިމާދޫ އިން ދޫކުރާނެ.
އޮނަރަބްލް އަފީފު ދީދީ
02 February 2025
އާބާދީ އެއްފަސްކުރުމުގެ ޕްލޭނަށް ޤާނޫނީބާރުދިނުމާއި ގޯތިގެދޮރާއިބެހޭ ޤާނޫނު ޒަމާނަށްފެތޭގޮތަށް އިސްލާޙްކުރުމުގެ ކުރިން ހިރިމަރަދޫ، މަރޮށި، ފެހެންދޫ، މޮޅަދޫ، ރަކީދޫ ފަދަ އާބާދީގައި 1000 މީހުންހަމަނުވާ ރަށްތަކުގެ ރައްޔިތުންގެތެރެއިން ބިމެއް އޮތް ކޮންމެމީހަކަށް މަތީގައިދެންނެވި 22 ރަށުގެތެރެއިން އެވަރުގެބިމެއް ދެވެންއޮތްރަށަކަށް ބަދަލުވުމަށް ފުރުސަތުދީ އަދި މިރަށްތަކުގައި އަޅާ ސޯޝަލް ފުލެޓް ތަކަށް ކުރިމަތިލުމަށް ފުރުސަތުދީ އެރަށުގައި ވަޒަންވެރިކުރޭ.
ކައުންސިލް މެންބަރު.
03 February 2025
ބިން ދީފައި ފުލެޓް ދީގެން ނުވާނެ. އެހެނެއްނޫން ބިންދޭމީހާގެ ތިބި 18 އަހަރުން މަތީގެ ކުދިންނަށް ނުވަތަ އެގޭގެ ރަޖިސްތްރީގައި ތިބެފައި އަލަށް ބިންދޫކުރި ރަށުގެ ރަށްވެހިންނަށް ބަދަލުވާ ބިމުގެ ވެރިމީހާ ނޫން މީސްމީހުނަށް ފުލެތް ދިނުން އޯކޭ.
ޢައްޔޔ
02 February 2025
ބަދަލް ކުރަންޖެހޭ ވަރަށް ގިނަ ރައްތައް އެބަހުރި. މިކަންކަން އަވަސް ކޮށްދެއްވާ ރައިސް މުއިއްޒު
ޖާޑި
03 February 2025
އޭނާ ބުނަނީ އެންމެނަށް ހަމަހަމަ ފުރުސަތޯ.
އައިފާން
02 February 2025
ފްލެޓް ދެންޏާ މާލޭ އޭރިޔާ އިން ދީ.
އައިފާން
02 February 2025
އުހުން. ދޫކޮއްލާ ކޮންމެ ބިމަކައް ބިމެއް ލިބުން ހަމަހަމަ ގޮތަކީ