ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
02 ފެބުރުއަރީ 2025 - 10:35
މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ އާއި ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ޖޫތީގެ، ހަސަން ނަޒީހް، 32 އެވެ.
އޭނާ ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ނަޒީހް ހައްޔަރުކޮށް، އޭނާއާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައި ފާސްކުރި އިރު، ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަން ކިލޯއަކަށް ވުރެ ގިނަ އެވެ.
އެކަމަކު، ފައިސާ ފެނުނު އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިތަކުރު
02 February 2025
އަހަރެމެންގެ ހިޔާނާތްތެރިކަން ގޮއްސައޮތްވަރު ފެނިފަ، ތިޔަ ފައިސާގަ ނުޖެހޭނެކަމަކަށް ނުބެލެވޭ.
ޑރ ވާންޗޯ
02 February 2025
ތީނަ ކޮންމެހެން ހައްޔަރުކުރާނެކަމެއްނެތް، ޕީޖީއަށް އިއުތިރާފުގެ އެއްބަސްވުން ހެދެންޏަކާ!!!!!
ތަކުރާޑި
02 February 2025
ފޮޓޯއަށް ބަލާލާފަ ހީވެސް ނުވޭ ދޯ
ނިތްކުރި
03 February 2025
ސިފަ އައް ބަލާފަ ނޭގޭނެ ކަން އަހަންނައްވެސް އެގުނީ ތިޔަ ޕިލިޕީންސް މާވިން އާ އެއްކޮއް އެތައް އަހަރަކު މަސައްކަތްކުރިން، ދިމާވި ފަހުން މީ ⁷ ވަނަ އަހަރު ކަން ނޭގެ.
1ކިލޯ އިސް އޯކޭ
02 February 2025
އޭނާ ސަލާމަތް ވެއްޖެ. 1ކިލޯ އިންމަތީގެ ޑްރަގް ގެންގުޅުމަކީ މިދިވެހިރާއްޖޭގަ ކުށެއްނޫން.
ކުޑަ ޕާޓޭ
02 February 2025
ޕީޕީންގެ ވެރިކަމުގަ އަބަދުވެސް ހިފާ ހައްޔަރު ކުރާނީ ކުދި ސޮރުން. ބޮޑެތިކޮށް ވިއްކާ އަސްލު ބޮޑެތި ފައިދާ ނަގާ މީހުން ހަދަނީ އިއްޒަތްތެރީންނަށް. ބައެއް ފަހަރު މަޖުލީސް ގޮޑިވެސް ނުވަތަ ސަރުކާރު މަތީ މަގާމެއް! އެހެން ނޫނީ ނުއަގުގަ ސަރުކާރުގެ ބޮޑެތި ޕުރޮޖެކްޓްތަށް!
ނުނން
02 February 2025
މާދަމާ ދޫކޮއްލާތި
ނަމްރޫދު.
02 February 2025
މާލެ އިން މީހަކު ހައްޔަރު ކުރީތަ؟ ނުނީ 1 ކިލޯގެ މަސްތުވާތަކެތި ގެންގުޅުނު ކ.މާލޭ މީހަކު ހައްޔަރު ކުރީތަ ؟
އޮނަރަބްލް
02 February 2025
އޮނަރަބްލް އައްޑޫއަކުން ނޫނޭ ކާފު މާލެއިން ހައްޔަރުކުރީ،
ދަލޭކަ ދައިތަ
02 February 2025
ފެނުނު ފައިސާގެ އަދަދު ހާމަނުކޮށް އޮތީ ތަހުގީގަށް ހުރަސްއެޅި ހިރަފުސްބުރާފާނެތީ. އެގިއްޖޭ!!! މިސޮރުގެ ފޮޓޯ ޖަހާލިއަސް ތަހުގީގަކަށް ހިރަފުހެއްނުބުރާނެ ބާރަށްކުރިއަށް ދާނެ.
އަސަރަފަ
02 February 2025
ހާލި ބަހައްޓާފަ ކުދި ސޫފިތަށް ފަހަތުން ދުވަނީ. ހާލި ރޫޅާލީމަ ކުދިސޫފިތަށް މަރުވާނީ.
ހަމްދާ
02 February 2025
ތީހަމަ ޖޯކެއް. ދޫކޮށްލާނެ