ރާއްޖެއަށް އެތެރެކުރުން މަނާ ބޭހެއް ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
04 ޖުލައި 2025 - 23:34
ރާއްޖެއަށް އެތެރެކުރުން މަނާ ބޭހެއް ގެންގުޅުނު މީހަކު މާލެއިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ށ. ކޮމަންޑޫ، ސާތީ، ހުސައިން ޝާނިމު، 24 އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމަށް ފަހުގައި އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެ ތަންތަން ބަލައި ފާސްކުރި އިރު، 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެއީ ކޮން ބާވަތެއްގެ ބޭހެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫޓޫ
05 July 2025
ބޭސްފިހާރަ ހިންގާބައެއް ސައުދާގަރުން މަނާބޭސް އެތެރެކޮއް އެކަމުން ނަފާހޯދާގެން މާލެއާ ހުޅުމާލެއިން ބިމާ ފުލެޓުގަނެ ގެއައް ރަލްފްލޯރަންގެ ސޯފާސެޓާ ވަސާޗީ ތަށިސެޓާގަނެ އަގުބޮޑެތި ކާރާ ސައިކަލާގަނެ ދަރިންގެ އުފަންދުވަހައް މިލިއަނުން ހަރަދުކުރޭ، ރައީސް މުއީޒްގެ ވެރިކަމުގަ އެކަހަލަ ސައުދާގަރުން މޫނަކައް ކަނދުރާއަކައް ނުބަލާ ހައްޔަރުކުރާތަން އެބަފެނޭ ކެރޭ މޮޅެތި މީހުން މޮޅުވާނެ އޭގެ ހެއްކަކައް ފުދޭ މިނިސްޓަރު އަލީ އިހުސާން
ސާންތި
05 July 2025
މިވެސް އައްޑޫ މީހެއްދޯ؟ ކޮމެންޓް ލައިން ހާދަ ހުސްކޮށްމިއޮތީ، އައްޑޫ މީހަކަށް ނުވީމަކަމަށްވާނީ