އިމިގްރޭޝަނުގެ އޮފިސަރުން ވިޔަފާރި ކުރަން ހުރި ބިދޭސީއަކާ ސުވާލުކުރަނީ: ބިދޭސީންގެ ބަޔޯމެޓްރިކްސް ނުދޭ ނަމަ އަންނަ މަހުން ފެށިގެން އެމީހުން ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓްރީން ބުނޭ.
02 ފެބުރުއަރީ 2025 - 12:12
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއާ ގުޅިގެން ނިންމުމަށް އަންގައިފަ އެވެ.
އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުކޮށްފިނަމަ އެކްސްޕެޓް ސިސްޓަމުން އެ ފަރާތެއް ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރަން މިނިސްޓްރީން ވަނީ "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މިދިޔަ މަހު އޮޕަރޭޝަނެއް ބާއްވައިފަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން އެއް ދުވަސް ތެރޭގައި 1،455 ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ވަނީ ނަގައިފަ އެވެ.
އިއުލާނުގައި ބުނީ މާލެ ސަރަހައްދުގައި ބަޔޯމެޓްރިކްސް ނެގުމާއި އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒު ކުރަން ކަނޑައަޅާފައިވާ ހުރިހާ ކަމެއް ވިލަރެސްކޮށް ކޯޑިނޭޓް ކުރާނީ އެންސީއައިޓީން އެ އޮޕަރޭޝަނަށް ހާއްސަކޮށް ގާއިމް ކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުން ކަމަށެވެ.
އެ ސެންޓަރުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްޖަދް ތައުފީގް
03 February 2025
މިސަރުކާރުން އެއްމެ ރަނގަޅަށް ކުރާ ކަންތައް މިއީ. ކުރިޔަށް ދޭ
އަމީން މުހައްމަދު
03 February 2025
ވެރިކަމަށް ލާން އުޅޭ ފައްޔާޒް ފެނޭތަ؟ މީ މަނިކުފާނަށް ނުވި ކަންތައް މިކުރަނީ. މީ މިކަން ކުރާ ގޮތަކީ. ސާފް؟
ދީމާ ސަވާދު
03 February 2025
ފެނޭތަ އެމްޑީޕީއަށް؟ މީ މީހުން ކަންކަން ނިންމާ ގޮތަކީ. އުދަގޫ މަސައްކަތެއް ނަމަވެސް ހަމަ ބަރާބަރަށް މިދަނީ މިކަން.
އަޖްމަލް
03 February 2025
މިދިޔަ އެއްވެސް ސަރުކާރަކުން ނެތް ބިދޭސީންގެ މައްސަލަ ހައްލުކުރަން އެއްވެސް މަސައްކަތް ކޮށްފަ. މީ އަސްލު މިކަން ކުރަން ޖެހޭ ގޮތަކީ.
ދަރި
03 February 2025
ސަރުކާރަކުން ކުރާ އެންމެ ހެޔޮ އެންމެ ބޯޑު ނިންމުން.
ޑރ ވާންޗޯ
02 February 2025
އެހެންކިހިނެއް ބަޔޯމެޓްރިކްސް ސަރުކާރަށް ބޭނުންވަންޏާ ނުދީއުޅޭނީ، އުފުރާލައިގެންވެސް ބަޔޯމެޓްރިކްސް ނެގެންވާނެ.
ކަޓަމަރާން
02 February 2025
ފުރަތަމަ މިމާމެން ކުންފުނިތަކަށް ދޭންޖެހޭ ޑިޕޮސިޓް ފައިސާ ދީބަލަ. މީހުން ފޮނުވާލިތާ އަހަރެއް ވަނީ އަދި ޑިޕޮސިޓްފައިސާ ނުދޭ . އެތައްފަހަރަކު އީމެލް ކުރެވިއްޖެ. ބުނަނީ އޮޑިޓް ކުރަނީޔޯ . ކޯއްޗެއް އޮޑިޓްނުކުރެވިގެން އަހަރެއް ވެގެން މިދަނީ . އެއްމެ ފީއެއެވެސް ދެން ނުދައްކާނަން ލިބެންޖެހޭ ޑިޕޮސިޓް ނުދައްކަނީސް. . ތިބެންޖެހޭނީ.
ކަޓަ
02 February 2025
މޮޅު އެއްޗެކޭ ހިތުން ދޯ ތި ބުނެލީ، ޑިޕޮޒިޓް ފީއެއްވެސް ބަލާފިއްޔާ އޮންނާނީ ނުދައްކާ
ޑރ ވާންޗޯ
02 February 2025
އެންމެ އަހަރެއް؟. ކަލޯގެޔާ މަގޭމީހުން ފޮނުވާލިތާ 14 އަހަރު އެންމެރުފިޔާއެއްވެސް އަދިނުލިބެ.
އަހުމަދު މުހައްމަދު އަލީ
02 February 2025
މިވެސް ޤަވާއިދުން މިހުން ގެންގުޅޭ މީހުންނަށް ޖައްސާ ދުއްޕާނެއްހެން ހީވަނީ . އެރިއަވަލް ވާ ވަގުތު ބެނުން ކަމެއ ކުރެވެން އޮއްވާ އެމީހުންގެ ޑިޔުޓީ ގަޑި ހިސްކޮށް މި ޖެހުނީ ތިތާ ކިޔު ޖައްސަން. މިހެންވެ މި ބުނަނީ ރިސޯޓް ތަކުގެ 90% ޢަވާއިދާ ޚިލާފަަށް ގެންގުޅޭ އިރު ފިޔަވަޅު ނާޅާ މެދުފައްތިއަށް ޖެއްސުން ކުރާ ވެރިކަމެއް މި ނޫނީ ނުދެކެން.
އެއް ދުވަސް
02 February 2025
އެއް ދުވަސްތެރޭގައި 1455 އެންޓްރީ ހެދިކަމަށް ޖަހާފައި އޮތް އިރު، އޭގެ ފަހުން އެވެރެޖްކޮށް ދުވާލަކު ވަނީ ގާތްގަނޑަކަށް 94 އެންޓްރީ. އެބަވޭތާ.
އޮނަރަބްލް އަފީފު ދީދީ
02 February 2025
ފުރަތަމަ ކަމަކަށް "މާލެ ސަރަޙައްދު" އަކީ ކޮބައިތޯ؟ މާލެ ތޯ؟ މާލެ ވިލިގިލި ތޯ؟ މާލެ ވިލިގިލި ހުޅުމާލެ ތޯ؟ މާލެ ވިލިގިލި، ހުޅުމާލެ، ތިލަފުށި، ގުޅިފަޅު، ގިރާވަރު ފަޅު އަދި ރަސްމާލެ ވެސް ހިމަނައިގެންތޯ؟ ނުވަތަ މާލެ ވަށައިގެން ހުރި ކ.އަތޮޅުގެ ހުރިހާ ރަށްތަކެއްތޯ؟ ދެވަނަ ކަމަކަށް ކިތައް ފަހަރު މުއްދަތު އިތުރު ކުރާގޮތަށްތޯ ނޫން ނަމަ ތިޔަ އިޢުލާން ކެންސަލް ކުރާ ގޮތަށްތޯ ތިޔަ އިޢުލާން ކޮށްފައިވަނީ؟!
ބަހާދަރު
02 February 2025
ޑީޕޯޓް ކޯށްލަންވީ