ބިންމާ އިބްރާހީމް ވަހީދު (ވ) އަށް "ހަވީރު" ގެ ޗެއާމަން ޑރ. ޒާހިރު ހުސެއިން މިއަދު އަގުވަޒަންކުރުމުގެ ލިޔުން ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ފެބުރުއަރީ 2025 - 14:53
ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު މެދުކެނޑުމެއް ނެތި 31 އަހަރު "ހަވީރު" ނޫހަށާއި "މިހާރު" ނޫހަށް ވާހަކަ ލިޔެދީފައިވާތީ އެ ދެ ނޫހުން އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށްފި އެވެ.
މިއަދު ހެނދުނު "މިހާރު" ގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި "ހަވީރު" ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ވަނީ ބިންމާގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުމެއް ދެއްވައިފަ އެވެ. އަދި ޖެނުއަރީ 31، 1994 ގައި އޭނާ "ހަވީރު" ނޫހަށް ލިޔުނު ފުރަތަމަ ވާހަކަ ކަމަށްވާ "އެހެނަސް" ގެ ކޮޕީއެއް ވެސް ފްރޭމްކޮށް ބިންމާ އަށް ޒާހިރު ހަދިޔާ ކުރެއްވި އެވެ.
Vaahaka bageechaa in Dhiveheen bin maa
The most trusted news source in the Maldives
Mihaaru
ބިންމާ އިބްރާހީމް ވަހީދު އާ ބެހޭ ގޮތުން "މިހާރު" ނޫހުގައި ހުކުރު ދުވަހު ޝާއިއުކުރި ފީޗާ ރިޕޯޓް.
މި ބައްދަލުވުމުގައި "މިހާރު" ގެ އެގްޒެކެޓިވް ޑައިރެކްޓަރު ވާއިލް ޒާހިރު ހުސެއިން އާއި، އެ ނޫހުގެ އެޑިޓަރު އަހުމަދު ހަމްދޫން ބައިވެރިވެވަޑައިގަތެވެ.
ބިންމާ ވަނީ 1994 އިން ފެށިގެން 2016 ވަނަ އަހަރު "ހަވީރު" ނޫސް ހުއްޓާލަން ޖެހުމާ ހަމަޔަށް އެ ނޫހަށް ކޮންމެ ހަފުތާއަކު ވާހަކަ ލިޔެދީފަ އެވެ. އަދި "ހަވީރު" ގެ މެނޭޖްމަންޓުން 2016 ވަނަ އަހަރު "މިހާރު" އުފެއްދީއްސުރެ އެ ނޫހަށް އަންނަނީ ލިޔަމުންނެވެ.
ބިންމާ ބުނީ އަބަދުވެސް އެންމެ އިސްކަންދެނީ ކޮންމެ ހަފުތާއަކު ނޫހަށް ލިޔަން ޖެހޭ ވާހަކަ އަށް ކަމަށާއި، އެ ވާހަކަ ނިންމާފައި ނޫނީ އިތުރު މަސައްކަތެއް ނުކުރާ ކަމަށެވެ. "ހަވީރު" އަދި "މިހާރު" ގެ ކިޔުންތެރިންގެ ތެރޭގައި ބިންމާގެ ބޮޑު އޯޑިއެންސެއް އަބަދުވެސް އޮވެ އެވެ.
ބިންމާ އިބްރާހީމް ވަހީދު (ވ) "ހަވީރު" ނޫހަށް ލިޔުނު ފުރަތަމަ ވާހަކައިގެ ކޮޕީއެއް އެ ނޫހުގެ ޗެއާމަން ޑރ. ޒާހިރު މިއަދު ބިންމާ އަށް ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާގެ ވާހަކަތަކުގެ ތެރެއިން މިހާތަނަށް އެންމެ މަޝްހޫރުވީ ވެސް "ހަވީރު" ނޫހުގައި 1995 ގައި ޝާއިއުކުރަން ފެށި "ފަތިސްހަނދުވަރު" އެވެ. އެ ވާހަކައަށް 1997 ގައި ސްލޭމް ސްޓޫޑިއޯ އިން ހެދި ފިލްމަކީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމެވެ.
ބިންމާ އިބްރާހީމް ވަހީދުގެ ހިދުމަތުގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި "ހަވީރު" ގެ ޗެއާމަން ޑރ. ޒާހިރު ހުސެއިނާއި "މިހާރު" ގެ އެޑިޓަރު އަހުމަދު ހަމްދޫން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބިންމާ ވަނީ ކުރުވާހަކަ، ދިގުވާހަކަ، އަދި ސިލްސިލާ ހިމަނައިގެން މިހާތަނަށް 1،073 ވާހަކަ ލިޔެފަ އެވެ. އޭނާ ވަނީ 100 އަށް ވުރެ ގިނަ ވާހަކަ ފޮތް ޝާއިއުކޮށްފަ އެވެ. މީގެ އިތުރުން ބިންމާ ވަނީ ވަނީ ވަރަށް ގިނަ ފިލްމުތަކަށް ސްކްރީންޕްލޭ އާއި ޑައިލޮގް ލިޔެދީފަ އެވެ. އޭގެ ތެރޭގައި ބުޚާރީ ފިލްމްސް އިން 1995 ގައި ނެރުނު "ހައްގު" ހިމެނެ އެވެ. އަދި ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ކާމިޔާބު ޓެލެޑްރާމާ ސިލްސިލާ "ކައްތިރި" ބިނާކޮށްފައި އޮތީ ވެސް ބިންމާގެ ހިއްސާ އޮވެގެން ލިޔުނު ސްކްރީންޕްލޭ އަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެސްޓް
03 February 2025
މައި އޯލް ޓައިމް ފޭވް. ހަވީރު ނޫހުގެ ވާހަކަ ޕޭޖް ކަފާލައިގެން އެއްކޮށްގެން އުޅުނު އިރު ވަރަށް ހަދާންވޭ. މިހާރު ބިންމާގެ ކުދި ވާހަކަ ދަރިފުޅުވެސް ކިޔާ ވަރަށް ގަޔާވެގެން. އަސްލު ހަމަ ތި ކުރައްވަނީ އަގު ނުކުރެވޭ ބޮޑު މަސައްކަތެއް.
އެދުރުބޭބެ
03 February 2025
ބިންމާ މީ ހަމަ ބެސްޓް.
އެޑިސަން
03 February 2025
ބިންމާ ، "ހަންޑިގަނޑުވަރު ދޮންކަމަނަ" ދިވެހި ތާރީހީ ގޮތަށް ސީރީޒް އެއްހަދަން ވާހަކައެއް ލިޔެލަދީބަލަ ..އަހަރެން ފިލްމެއް ހަދާހިތްވެއްޖެ. ސީރިއަސްވާހަކައެއްމީ. އަދި މިހާރު ނޫހުގަ ޖަހާލަދީ،
ދިވެހިން ބިން މަލަށް
02 February 2025
މަރްހަބާ
ލަތީފާ
02 February 2025
ބިންމާ އިބްރާހީމް ވަހީދުގެ ޖިންނި ޝައިތާނުން އަދި ފަނޑިތަ ވާހަކަ ތަށް ގިނަ ކަމުން އެހޭ އެހާ ގަޔާ ނުވޭ! އާންމު ދިރިއުޅުމަށް އިބްރަތް އަދި ގުޅޭ ވާހަކަ މާ ކިޔާ ހިތްވޭ!
އަށްޝަމް
02 February 2025
ބިންމާ އާއި ބިންމާ ސުޓޯރު އާއި އެއްވެސް ގުޅުމެއް އޮވޭތޯ. ރައްޓެސަކު ބުނެގެން މި އަހަލީ.
ދިއްދޫމީހާ
02 February 2025
އަހުން ރަށުގައި އުޅޭ ޕޯޗްގީޖް ހަސަންބެ ޔަގީނުންވެސް ހަސަންބެއާ ޕޯޗްގީޖްއާ ގުޅުން އޮވޭ އެއީ ހަސަންބެގެ ދޮށީ ދަރި އާދަނު ރޮނާލްޑޯއާ ވަރަށް ވައްތަރު އަނެއްކޮޅުން ހަސަންބެ ދަތަރުކުރަން އުޅުނު އިރު ވަރަށް ގިނައިން ޕޯޗްގަލްއަ ގޮސްއުޅުނު ކަމަށް ވަނީ ދެން ނޭގެ ރޮނާލްޑޯ މަންމައާ ދިމާ ނުވާކަމެއް..
ސުހާނާ
02 February 2025
ބިންމާ ސްޓޯރަކީ ބިންމާ އިބްރާހީމް ވަޙީދުގެ ބައްޕަ ޢަލީ ޢީސާގެ ވިޔަފާރި ހިންގި ފިހާރަ. އެމީހުންނަށް "ބިންމާ" ގެ ނަމުން މުޚާޠަބުކުރަން ފެށުނީ އެ ފިހާރައިގެ ނަމާ ގުޅުވައިގެން.
މާލު
02 February 2025
ގެނެސްދޭ ރީތި ވާހަކަތަށް ކިޔަން ޝައުގުން ފިނީގަ "ހަވީރު" ގެނެސްދޭގޮތް ތުރެން ރީއްޗޭ، މަށަށް ބުނެވޭ ކުރީގަ "މިހާރު"
ޔުމްނީ
02 February 2025
ބިންމާއަށް ކާމިޔާބީއަށް އެދެން.