އޭލެވެލްގައި އައްޑޫ ހިތަދޫ ސްކޫލުން އިނގިރޭސިން، ދުނިޔެއިން ވަނަ ހޯދި ދެ ދަރިވަރުން--
02 ފެބުރުއަރީ 2025 - 16:42
މިދިޔަ އަހަރުގެ މެއި/ޖޫން ގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާގައި ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ގިނަ ވަނަތަކެއް ލިބިއްޖެ އެވެ.
އޯލެވެލްގެ ނަތީޖާ މިދިޔަ މަހުގެ 16 ވަނަ ދުވަހު ދޫކޮށްފައިވާއިރު، މާލޭގެ އިތުރުން އެހެން ރަށްރަށުގެ ކުދިން ވެސް ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައި ވެ އެވެ.
އެ ދުވަހު ސްކޫލުތަކުން ވަނީ ވަނަތައް ލިބުނު ކުދިންގެ ނަތީޖާ އާންމުކޮށްފަ އެވެ. އަދި ސްކޫލުތަކުން މިއަދު އަންނަނީ ދުނިޔޭގެ ވަނަތައް ލިބުނު ކުދިންގެ ނަންތައް އާންމު ކުރަމުންނެވެ.
އޭލެވެލްގައި ޖަލާލުއްދީން ސްކޫލުން އިނގިރޭސިން، ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރު--
މިއީ މިހާތަނަށް ސްކޫލުތަކުން އާންމު ކޮށްފައި ހުރި ދަރިވަރުންގެ ނަންތަކެވެ.
- ޒީޝާން މުހައްމަދު ރިޒާ- ބ. އަތޮޅު މަދަރުސާ (ދަރަވަންދޫ)
- މަލާކް މުހައްމަދު ރަޝީދު- ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)
- ފާތިމަތު ނޫރައިން ފައިސަލް އާއި އަޝްވިން މުހައްމަދު ޝަހީމް- ސ. ހިތަދޫ ސްކޫލް
- މުހައްމަދު ނައުފާން އަލީ ނިފާޒް- ޖަލާލުއްދީން ސްކޫލް (ކުޅުދުއްފުށި)
- ފާތިމަތު ނީމް ނިޔާޒް- ހުރާ ސްކޫލް
- އަހްމަދު ޒައިން އަލީ- ކުރިނބީ ސްކޫލް
- ފާތިމަތު ޝައިހާ އަލީ- ހއ. އަތޮޅު ތައުލީމީ މަރުކަޒު (ހޯރަފުށި)
އޯލެވެލްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން އިނގިރޭސިން، ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރު--
އޭގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ އިބްރާހިމް އަރްސަމް މުހައްމަދު ވަނީ މެރިން ސައިންސުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފަ އެވެ. އަދި އެ ސްކޫލުގެ ނަހްމަދުﷲ ހުސައިން ވަނީ ކެމިސްޓްރީ، ކޮމްޕިއުޓާ ސައިންސް އަދި ފިޒިކްސް އިން ރާއްޖެ އިން އެއް ވަނަ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަުވާދީ ބޯއި
03 February 2025
ބްރިލިޔަންސް ހޯދުމަކީ ބޭކާރުކަމެއް. ބެސްޓް އޯލްރައުންޑް ހޯދުމުގައިވެސް ރައީސްގެ ސްކޮލަރޝިޕް ދިނުމުގައި ވެސް ބްރިލިއަންސް ހޯދާ ކުދިންނަކަށް އެންމެ ޕޮއިންޓެއް ވެސް އިތުރަކަށް ނުލިބޭ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮއިންޓް ސްކީމް ދަންނަ އެއްޗެއް ނޫން ބްރިލިއަންސް އަކީ.
އަބްޑޫޅް +
03 February 2025
ދުނިޔޭގެ ވަނަތައް ލިބޭ ކުދިން އިށީންނަނި، ރާއްޖެ އަަށް އެކަނި ހާއްސޮ އިމްތިހާނެއްގަ އިށީނދެގެން. އެ އިމްތިހާނު ހިންގަނީ ރާއްޖޭގަ އުޅެ، ދިވެއްސަކާ އިނދެގެން އުޅޭ އިގިރޭސިއެއް. އެ އިމްތިހާނުން ވަނަލިބެނީ ދިވެހި ދަރިވަރުންނަށް އެކަނި.
މުއްލާބެ
03 February 2025
އަބްޑޫޅް + ތޯ ހޮޅި ނިހޮއްލަ.
ގޮހޮޑާ
03 February 2025
ކާމިޔާބު ހޯދި ދަރިވަރުންނަށް ތަހުނިޔާ ކިޔަމެވެ. އެހެންނަމަވެސް ކުރިމަގަށް ބަލާއިރު މިކަމާ އުފާކުރަންވީ ކަމެއް ނުވަތަ ހިތާމަ ކުރަންވީ ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ މިއަދު ޒުވާން އަދި ޅަ ޖީލު ދިވެހިބަހަށް ކޮށިވެއްޖެ ކަމެވެ. އިސްކޫލުތަކުގެ ކުދިން އެކުދިންގެ ރައްޓެހީންނާ ދިމާވުމުން ވާހަކަ ދައްކާ ޢާއްމު ބަހަކީ މިއަދު އިނގިރޭސިއެވެ. މިވަރުން ދާނަމަ ދިވެހިބަސް ނެތިދިއުމުގެ ބިރު އެބައޮތެވެ. މިއީ މާއްދާތަކުގެ ނަތީޖާއިން މިއަދު ފެންނަން އޮތް ހަގީގަތެވެ.
ނީސާ
03 February 2025
މަރުހަބާ ވަނަތައް ހޯދި ކުދިންނަށް. އެކަމަކު ވަަނަތައް ހޯދި ކުދިން ގެ މައުލޫމާތު ލިޔުނު އިރު ކިއްވެބާ ވަނަ ލިބުނު ހުރިހާ ކުދިންގެ ނަންތައް ނެތީ. ޝަރަފުއްދީން ސްކޫލުގެ 4 ކުދިންގެ ނަމެއް ނެތް.
މަގޭދަރި
02 February 2025
ތީ އާލަކަށް ނޫން 2022 ގަ މަގޭ ދަރިވެސް ތި ވަނަ ހޯދި
މަބަލްދީބް
03 February 2025
ހަސަދަވެރިވިޔަސް ތީދެން ބޮޑުވަރު.
މަޒީ
02 February 2025
ހެޔޮނުވާނެ، ރެހެންދި ސްކޫލް ކުއްޖަކައް ވަނައެއް ލިބުންތަ މިނިމުން ތިންހަތަރު އަހަރުގަ.އެސުކޫލު ޕޭޖުން ނުފެނޭ އޯލެވެލް އާ ގުޅުންހުރި އެއްވެސް އެއްޗެއް. ޓޮޕް ޓެން ކީއްކުރަން ކުދިންގެ ނަތީޖާ އައްވާނުވާ ނޭގުނަސް، ޕީޓީއޭ ގެ ބައެއް ބޮޑުންނާ ސުކޫލު ބޮޑުން ގުޅިގެން ކޮންމެ ބަންދެއްގަ ބިޒިނެސް އާ ސޭލް އާ ކަންކަން އޮންނަ ކަމަށް ޕޭޖް އަށްލާފަ އޮވޭ.
ސަމްސިއްޔާ
02 February 2025
ދުނިޔޭން އެއްވަނަ ޖަހާފަ އަދި ރާއްޖެއިން އެއްވަނައޭވެސް ޖަހަން ޖެހޭތަ؟؟ ރާއްޖެ އޮނަނީ އެހެން ދުނިޔެއެއްގަތަ؟؟
ވިލް
02 February 2025
ކީއްކުރާ ވަނައެއް…ލައްޓިއެއް ރާނގޮޑިއެއް ނޭގެ…ދިރިއުޅުމުގެ އެއްކަމެއްވެސް ނޭގެ
ލަންޑަންޖީސީ
03 February 2025
އެ ވިޔަފާރިއަށް ކުރާކަމެއް މިހާރު.. އިނގެރޭސި އިކޮނޮމީ ހިފަހަށްޓަނި ބޭރަށް އެގްޒާމް ވިއްކައިގެން.. އެހެންވީމަ ފާސްވާ ވަރާ ވަނަ ލިބޭ ވަރު އިތުރުވާނެ އަހަަރުން އަހަރަށް.. ހާއްސަކޮށް މި ކޭމްބްރިޖޭ މިކިޔާ އެތި.. ލަންޑަންޖީސީ އަލުން ގެނެވެނިކޮށް ކޮންމެވެސް ވަރެއް ވާނެ.
ޚަރީސް
02 February 2025
މިހާރު ނޫހުގަ ވެސް މިކަހަލަ ތާކުންތާކު ނުޖެހޭ ހަބަރު ލިޠޭތަ؟ ތިނޫން ބައިވަރު ކުދިންނަށް ވަނަ ލިބުނު.
މަގޭބުނޫ
02 February 2025
ގްރޭޓް މާލޭ ކުއްޖަކު ނެތް ދޮ؟ ހާދަ ހިތާމަ ހުއްޓެވެ. ސަރުކާރުގެ ބޮޑު ބަޖެޓް އޮންނަނީ މާލޭ ސްކޫލް ތަކަށް، މީ ވެސް ފިލާވަޅެއް ކުދިންނޭ، ކޮންމެހެން މޮޅަށް ކިޔަވާށޭ ކިޔާފަ މާލެ ދާނެ ކަމެއްނެތް، މައިން ބަފައިންނާއި ރައްޓެހިން ކައިރީގަ ރަށުގަ ހުރެގެން ކިޔެވީމަ ލިބޭ ނަތީޖާ މާރަނގަޅުވެފަ. ޖީބަށްވެސް ލުއި....