އާދަމް އިރުޝާން: ނަން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. -- ފޮޓޯ | ޕޮލިސް
03 ފެބުރުއަރީ 2025 - 09:40
އަސްލު ނަން އޮޅުވާލައި، "ކެލާ އަހައްމަދު"ގެ ނަމުގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހއ. ކެލާ، އާދަމް އިރުޝާން އެވެ.
މަކަރާއި ހީލަތުން އޭނާ ފައިސާ އަތުލި މައްސަލައެއް އެ އަތޮޅު ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމުން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ އެކި މީހުންނާ މުއާމަލާތްކުރަނީ "ކެލާ އަހައްމަދު"ގެ ނަމުންނެވެ.
އެމީހާގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށް ފުލުހުން އެދިފައި ވަނީ އެމީހާ އިތުރު ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ނަމަ، އެކަން ހިއްސާކުރުމަށެވެ.
ފުލުހުން ބުނީ އެ މީހާގެ ފަރާތުން އެފަދަ ކަމެއް ހިނގާފައިވާ ނަމަ، ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 4005022 ނުވަތަ 9791462 އަށް ގުޅައި އެކަން ހިއްސާކުރެވޭނެ ކަމަށެވެ.
މީހުން ހޯދުމާއި އެފަދަ ކަންކަމުގައި މައުލޫމާތު ހިއްސާކުރުމުގައި ފުލުހުންނަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
05 February 2025
ތިޔަކަހަލަ ބިސްމަޅީގަ ގިނައިންޖެހެނީ މީހަކު ހަމައައިސް ފައިސާއޭ ބުނާއިރަށް ދެމިޔަކަނުން ސޮނިވެއްޓި ސިކުނޑިންދުއްއަރާ މީހުން.
ހޔހޔ
04 February 2025
މިކަހަލަ ކަންކަން ކުރާ މީހުންނަށް އަދަބެއް ނޫންތަ ދޭންވީ؟؟
އިދްރީސް
03 February 2025
ބަލަ މީނަ މަކަރު ހަދާ އޮޅުވާލި ގޮތެއްވެސް އޮންނާނެދޯ. ކެލާ އަހަންމަދޭ ކިޔައިގެން އަހަރެމެންގެ އަދު މުޅިން ވައްޓައިފިއޭ. އަހަރެމެންވެސް މީ ކެލާ. ފުލުހުންވެސް ބުނެދޭން އެބަޖެހޭ އޮޅުވާލި ގޮތެއް.
ޑރ ވާންޗޯ
05 February 2025
ކެލާއަހަމްމަދޭ މީހެކޭ ބުނާއިރަށް ކޮންމެހެން ކެލާއިދުރީސް ނުޖެހޭ ގޭނިހުސްވާކަށް.
ސޭކުސްތާނު
03 February 2025
މީނާބޭނުންކޮށްގެން ކިތައްފަހަރު ލަނޑުޖެހިތޯވެސް ބަލާލާ.
ކެލާމީ
03 February 2025
ކެލާ އަހުމަދަކީ ވ މަޝްހޫރު ވިޔަފާރިވެރިއެއް އޭނާގެ ދާއިރާގަ
އޮޅިގެން
03 February 2025
ފައިސާގެ ކަންކަމުގައި މީހުން އޮޅޭތަ!؟
ހަބީރު
03 February 2025
މުދަލާ އަރާމާ އުފަލުގެ ދަހިވެތިކަމުގަ ހައްދު ފަހަނަޅައި ދިޔައިމާ މިފަދަ މީސްމީހުންގެ އަވައިގަ ޖެހޭކަށް މާގިނައިރެއް ނުނަގާނެ. އޮންނާނީ ވާނެ 6 އެތި ވެފަ.
މާލު
03 February 2025
ހައްގު ތެދު، މިކަހަލަ ބޮޑެތި ލަނޑު ގިނައިން ލިބެނީ ދާ އޮހޮރުވުމެއްނެތި ފައިސާ ހޯދުމާއި އަވަހަށް ކުއްލިޔަކަށް ބޮޑު ލާރި ގަނޑެއްގެ މަންފާ ހޯދައިގެން ތަނަވަސްކަން ލިބުމުގެ ވިސްނުން ގެންގުޅޭ މީހުންނަށް
ކެލާ
03 February 2025
ތިކަހަލަ އެތެއް ކެލާ އަހުމަދެއް އެބައުޅޭ، އަސްލު ހޯދަންވީ ކެލާ އަހުމަދެއްނޫން، ދިވެހިންގެ ތެރޭ މިއުޅޭ ގަމާރުން ރޯފިލުވަންވީ
މިންމިި
03 February 2025
މީނާ އޮޅުވާލައިގެން ފައިސާހޯދަނީ ކޮންގޮތަކަށް؟