މަގުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭގެ އެތެރެ: އެ ތަނުގެ އަތް ދޮންނަ ސިންކާއި ފާހަނާގެ ޖަންކްޝަން ހުރީ ކާ ތަނުގެ ތެރޭގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ފެބުރުއަރީ 2025 - 14:56
މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ނަޖިހާއި ތެލާއި އެކި އެއްޗެހި އެޅޭ ގޮތަށް ހަދާފައި ހުރި ގެ ހޯދައި އެ ތަނުން މީހުން ހުސްކުރަން ގޭގެ ވެރިފަރާތަށް މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.
މަގުމައްޗަށް ނަޖިސް ބޭރުވާތީ، އެ ސަރަހައްދުގައި އުޅޭ މީހުންނަށް އެކަމުގެ އުނދަގޫ ބޮޑުވެ ކައުންސިލަށް ޝަކުވާ ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ކައުންސިލުން މިއަދު ވަނީ މަގުމައްޗަށް ނަޖިސް ބޭރުވާ ގެ ހޯދައި ނޫސްވެރިންނަށް ވެސް ދައްކާލައިފަ އެވެ. އެ ގޭގައި އިންޑިއާ ބަޔަކު "ރިފާޒް ކެފޭ" ނަމުގައި ކެފޭއަކާ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއް ވެސް ހިންގަ އެވެ.
އެ ތަން ފެނުނު އިރު ހުރީ އެ ގެ އާއި ހޮޓަލާއި އެ ތަނާއި ޖެހިގެން ހުރި އެކޮމޮޑޭޝަން ބްލޮކްގެ ފާހާނާ އާއި ސިންކު ހޮޅި މަގުމަތީގައި ހުރި ޖަންކްޝަނާ ގުޅައިފަ އެވެ.
މަގުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭ ކައިރީ ހުރެ މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ މަހު ވެސް ކައުންސިލުން ވަނީ ނަޖިސް ވަސް އަރާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނާ ތަންތަން ބަލާފައި ކަަމަށެވެ.
ނަމަވެސް އެ ދުވަހު ނުފެނުނު ކަމަށާއި މިއަދު ކާނުތައް ނަގައިގެން ބެލީ ވަސްދުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަގުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އެ ފަޅި އެއްކޮށް ކުރިން އޮންނާނީ ސާފުކޮށްފައި، މިއީ ވަރަށް ބުރަ ވަރަށް ބުރަ މަސައްކަތެއް. ނަޖިސް މަސައްކަތެއް ކުރަން މި ޖެހުނީ. އެ މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ނަޖިސް މަސައްކަތެއް ކުރަންވާތީ ވަރަށް އުނދަގޫކޮށް ކުރަނީ،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އެތާ ހުރި ކެފޭއަކުން ނަޖިސް އަޅަނީއޭ، ކާނުގަނޑު ތެރެއަށް. އެ ދުވަހު އެއްވެސް ކަހަލަ ސިގްނަލެއް ނުލިބޭ ވަކި ދިމާއަކުން ދައުރުވަނީ ކަމަކަށް. ފުރިގެން މި އުޅެނީ ކޭބަލް ކާނުތަކެއް. ކޭބަލް ކާނުތަކުގެ ތެރެއަށް ނަޖިސް އެޅޭގޮތަށް ހަދާފައި މި ހުރީ."
މަގުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭގެ އެތެރޭގައި ހުރި ޖަންކްޝަން-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާޒިމް ވިދާޅުވި ގޮތައި އެ ގެއިން މީހުން ހުސްކޮށް، ބިދޭސީން ދިރިއުޅޭ ތަން ވެސް ބަންދު ކުރަން ވަނީ އަންގައިފަ އެވެ.
އޭނާ ވިދާޅުވީ އެ ކެފޭ ހިންގުމާއި އެ ގޭގައި ދިރިއުޅެން ހުއްދަ ދެވޭނީ އެތަން ރަނގަޅުކޮށް އޮންނަ ނިޒާމުގެ ތެރޭގައި ނަޖިސް ބޭރުވާ ގޮތް ހަދާފައި ކަމަށެވެ.
އެތަން ސާފު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އާއި މާލެ ސިޓީ ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މަސައްސަލަ ބަލައި އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭގެ އެތެރެ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ސަރަހައްދުގައި ހުރެ އެ ގޭގެ ވެރިފަރާތުން ވެސް ވަނީ އާޒިމްއާ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެއީ ކެފޭ ހިންގާ މީހުން ކުރި ކަމެއް ކަމަށާއި އެކަން ކުރިކަން ގޭގެ ވެރިފަރާތަށް ނާންގާ ކަމަށެވެ.
ރޯޝަނީ މަގަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކޮށްގެން މާލެ ސިޓީ ކައުންސިލުން ޖެނުއަރީ 26، 2020 ގައި ފަށައި ޑިސެމްބަރު 27، 2021 ގައި އަލުން ހަދާފައިވާ މަގެކެވެ. މަގު ހަދަން 462 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުސައި
05 February 2025
މިޔަރުގެ ވިޔަފާރި ކުރި ކުންފުނި ހާމަކުރި، މިގޭގެ ވެރި ބޭފުޅާގެ ނަންވެސް ހާމަކުރަން ޖެހޭ.
ހާމިދު ޝާހިދު
05 February 2025
ތިތަން އެކަންޏެއްނޫން، ބިދޭސީންނަށް ކާންދޭ ހުރިހާ ތަނެއް ރެގިއުލޭޓް ކުރަންޖެހޭ. އަދި އެތަނުގެ ބޭފުގައި މިއީ ބިދޭސީ މަސައްކަަތު މީހުންނަށް ކާންދޭ ތަނެއްކަމަށްވެސް ބަޔާންކުރަންޖެހޭ. އެހެންނޫނީ ވާގޮތަކީ، ރާއްޖެއަށް މިހާރު މާގިނައިން އަންނަ ބެކްޕެކާސް އިން ހަދާ ވުލޮގް ތަކުގައި ދިވެހިން ގެ ކާނާއޭ ކިޔާފައި މިވަދެ ދައްކަނީ، ބަންގާޅީ ސައިހޮޓާތައް، އެހާ މުޑުދާރުކޮށް ތިއްބާ! ސަރުކާރުން މިކަންކަން ބަލާ ފިޔަވަޅުއަޅާ ކަންކަން ހަމައަކަށް އަޅުވަންޖެހޭނީ
މޮޅު ސަލީމް
04 February 2025
ސާފުތާހިރު ހެދިކާ ދޯ
މި މޭޔަރު ބޭރުކުރަންޖެހޭ
04 February 2025
އައްޑޫ ސިޓީކައުންސިލުން އުޅެނީ ރައްޔިތުންގެ ބިންތައް އަތުލަން. ރައްޔިތުމީހާ އެމީހުނާ އެއްބަސްވުމެއްގައި ސޮއިނުކުރަނިސް ގޯތީގެރަޖިސްޓްރީ ހަދާނުދޭނެޔޯ. މިއީި ބޮޑު ޖަރީމާއެއް.
ތުނިޔަ
05 February 2025
ތިޔައީ ދެން ކޮން ވާހަކައެއް މިތާގައި ކޮމެންޓްކުރަން.
ކުޑަހީ
04 February 2025
ޖެޓް ފިއުލް ކަމަށް އަހަރެން ހީކުރީ ތި ތަނުން މަގަށް ބޭރު ވާގޮތަށް ތިހުރީ،
ޤާޒީ ތުއްތު މަނިކު.
04 February 2025
މައްސަލަ ތަޙްޤީގު ކޮށްފައި ޝަރީއަތަށް ފޮނުވާ. ތިއީ ދައުވާ ކުރަންޖެހޭ ބޮޑު ޖަރީމާއެއް.
މެން
04 February 2025
ދިވެހި ރާއްޖޭގެ ޤާނުނުތަކާއި ޤވާއިދުތަކަށް ހިލާފްވާ ފަރާތްތަށް ބޮޑުތަނުން ޖޫރިމަނާކޮށް ޑީޕޯޓްކުރޭ.........
އިސްމާލި
04 February 2025
މިއީ ކޮން ގައުމެއްގެ މީހުންކަން އެނގުނީމަ މިއީ މާ ޝޮކިން ހަބަރަކަށް ނުވޭ. އެ ގައުމުގެ މީހުން މިތަނަށް އައިސް އެ ގައުމުގެ ނަޖިސް ގޮތްގަނޑު ގެނެސް މިތަން ހަލާކުކުރާނެ އަދި. މޑޕ ސަރުކާރުން ބޭނުންވީ އެ ގައުމުގެ މީހުން މިތާ ގިނަކުރަން. އަހަރެން މި ބުނަނީ ކުރިއައް އޮތް ތާނގައި އެ އާބާދީ އިތުރުވެ، ރާއްޖޭ ދާހިލީ ނުރައްކަލަކަށް ދާނެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަން ހިނގާފައި ހުރީ މިހެން. އެމީހުންގެ ދީނީ ސަރަހައްދުގައި ރާއްޖެ ހިމެނޭ.
ލަސް
05 February 2025
ކަލޭމެން ދިވެއްސެއްދޯ އެތަން އިންޑިޔާ ބަޔަކަށް ދީފަ ހުރީ.
8888888
04 February 2025
ލޭންޑް ލޯޑެއްވީމަ ނަމެއް ހާމައެއް ނުކުރެވުނު ދޯ. ގަރާޖް މަތިމއްޗަށް ވިއްކިއަސް އެފަދަ. މިގަުމުގައި ޓޫރިމް މީހުންނާ ލޭންޑް ލޯޑުންނަށް ގާނޫނެއް މީޑިއާެެއް ނުހިނގާ އެމީހުން ޕްރޮޓެކްޓް ކޮށްދޭ! ދެން ވާނެހައެތި ވަނީ
ފޫހި
04 February 2025
ތިޔަތަން ސާފުކުރުވަން ޖެހޭނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ތިޔަ ކެފޭ ހިންގާފަރާތުން ނުވަތަ ހުރިހާ ޚަރަދެއް ދޭންޖެނޭނީ ވެސް ހަމަ ތިޔަބުނާ ކެފޭ ހިންގާ އިންޑިޔާމީހުން. މުޅި ގައުމުގައި މިވެރިންގެ ވިޔަފާރި. ދެން ނައިޓްމާކެޓް ތައް ހަދައިގެން ވެސް ހަމަ މިވެރިން ވިޔަފާރީގައި. ދެރަކަމެއް
އިސްމާލި
04 February 2025
ކެފޭ ހިންގަން ސިޓީ ކައުންސިލުން ހުއްދަ ނަގަން ޖެހޭ. ނެގެނީ ސަރވޭ ކޮއް އޮޓޯކޭޑް ކުރެހުން ލައިގެން. ކުރެހުމުގައި އޮއިލް ޓްރެޕާ އެއްޗެހި ދައްކަން ޖެހޭ. އެ ހުއްދައާ އެކީ އެމް.ޑަބްލިއު.އެސް.ސީން ސަރވޭ ކޮއް އެޕްރޫވް ކުރާނެ. އެއަށްފަހު އެމް.އެފް.ޑީ.އޭ އިިން ބަލާނެ. މިއީ އަދި އިކޮނޮމިކް މިނިސްޓްރީއާއި، މީރާ އަދި އެހެން ވިޔަފާރި ހުއްދަތައް ނުލާ. މި ކަންކަން ކުރަން ޖެހެނީ ދިވެއްސެއް ނަމަ. ބޭރު މީހުން އޯކޭ. އެހެންވީމަ ބޮއްސުން ލާފަ އޮތް ވަރު ފެނޭނު.