ޓޫރިސްޓުންތަކެއް ގޮނޑުދޮށް ސަރަހައްދުގައި -- ފޮޓޯ: މިހާރު
04 ފެބުރުއަރީ 2025 - 13:52
މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް 214،000 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 12 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ މަހު އެވްރެޖުކޮށް ރާއްޖެ އަށް 6،900 ޓޫރިސްޓުން އައިސްފައި ވެ އެވެ.
މި އަހަރުގެ މިހާތަނަށް 233،000 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާއިރު، އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 14 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 205،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 40،000 ޓޫރިސްޓުންނެވެ. ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 23،000 ޓޫރިސްޓުން އައިސްފަ އެވެ. ލިސްޓުގެ ތިންވަނައިގައި އުޅޭ އިޓަލީ އިން މި އަހަރުގެ މިހާތަނަށް ވަނީ 22،000 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.
ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނަ އިން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި ޖަރުމަނާއި އިންޑިއާގެ އިތުރުން ފްރާންސް ހިމެނެ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު މި އަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާއިފާ ނާޝިދު
05 February 2025
ކޮބާ ހީވޭ ކަމެއްހެން ފައްޔާޒޫ. އިދިކޮޅުން ބުނާނެ ނާންނާނެއޭ އަގައަށް ވަރަށް ވަރުލާފަ. މިއީ މުއިއްުޒުގެ ދުރުވިސްނުމުގެ މޮޅު ނަތީޖާ
އަލްޖިބްރރާ
04 February 2025
ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ނިސްބަތަށް ބަލާއިރު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ބައެއް ފަރާތްތަކުން މަކަރު ހަދާފައިވާކަން ހާމަވޭ
ފައުސަލް
04 February 2025
ޓޫ ބޭޑް ފައިސަލް އިސް އައުޓް
ބޮލިން
04 February 2025
ރޫމްތަކަށް ޕޭކުރީ ބޮލިންތަ
ލަފާކުރުން
04 February 2025
ބޮޑައްލަފާކުރެވެނީ ތިގޮތައް
އަހްމަދް
04 February 2025
މީ ޝައްކެއްވެސް ނެތް ފައިސަލް ގެ މަސައްކަތުގެ ނަތީޖާ.
ތަމީމު
04 February 2025
މިއަހަރު ގާތްގަނޑަކަށް 2.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ…!