ހުޅުމާލޭ ހޮސްޕިޓަލް: ހޮސްޕިޓަލަކުން މީހެއްގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައެއް ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނޭ.
05 ފެބުރުއަރީ 2025 - 14:15
ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދި ބިދޭސީއެއްގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ބިދޭސީއެއްގެ އެކްސްރޭ އަކާއި އޮޕަރޭޝަނަށް ފަހު ނަގާފައިވާ ފޮޓޯއެއް ލީކުކޮށްލީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވެ އެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަން ކުރި ފަރާތާ މެދު ފިޔަވަޅު އެޅި ކަމެއް ވިދާޅެއް ނުވެ އެވެ.
މި މައްސަލާގައި ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެފަދަ ކަމެއް އެތަނުގައި ހިނގާފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ބަލި މީހުންގެ ޒާތީ މައުލޫމާތު ލީކުކުރުމަކީ މަނާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭއިންސާފު
08 February 2025
އެއްވެސް ފިޔަވަޅެއް ނުކެރޭނެ އަޅާކަށް ނިކަމެތި މީހެއް ނަރުހަކާ ދިމާލައް އެއްޗެކޭ ބުނިނަމަ މިހާރު އޭނަ އޮންނާނީ ޖަލުގަ
ޏަމްޏަމް22
06 February 2025
ނޫހުގަ އެމީހާއަކީ ބިދޭސީއެއް ކަމަށް ޖެހުމަކީވެސް އިތުރަށް ޒާތީ މަޢުލޫމާތު ހާމަކުރުން! ދިވެއްސެއްތޯ ބިދޭސީއެއްތޯ ޖެހުމުގެ ބޭނުމަކީ ކޮބާ؟؟
އަލްޖިބްރރާ
05 February 2025
ކިތަންމެ މޮޅަށް ކިޔެވިޔަސް ބަލިމީހާއާއި ރަނގަޅަށް މުއާމަލާތުކުރަން ނޭނގޭ ބައެއް ނަރުހުން އަދިވެސް އެބައުޅޭ
ބަނޑުއަކިރި
05 February 2025
މައްސަލަ އެބަބެލޭ. އެކަމަކު ވާކަމެއް، އެޅޭފިޔަވަޅެއް ނުފެނޭ. ރައްޔިތުންގެ ޒާތީމަޢުލޫމާތުގެ މައިގޭތެރޭގައި ހިނގިކަމެއްކަމުގައި ތުހުމަތުކުރާ އެއްޕާޓީއިން އަނެއްޕާޓީއަށް މެންބަރުން ބަަދަލުކުރިމައްސަލައަށް ވީގޮތެއް އަދިއެނގިފަކާއެއްނެތް. އަދިވެސް ގައުފުރޮޅަނީ.
މިލީ
05 February 2025
ޕޭޝަންޓް އިތުރަށް ބޭޒާުރު ވެ ފަޟީހަތްވުން ނޫންކަމެއް ނުވާނެ ތި ވާހަކަ އެހާ ގިނަކުރަންފެށީމަ!
ބޯޅާ
05 February 2025
އެމީހުންދައްކާ މަޖަލަކަށް ހަދާފައި މީހުންގެ ގުނަވަންތަކުގެ ވާހަކަވެސް....
ޢެޑްމުންޑޯ
05 February 2025
ތީނަރުހެއް ކުރިކަމެއްނަމަ ވަގުތުން ވަޒީފާއިން ކަޑަންޖެހޭނެ ، ތިވަރު މީހަކުން ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ ،
މައިކާލޯ
05 February 2025
ދުވާލަކަށް އިރުއަރައިފިއްޔާ ހާދަ މައްސަލައެކޭ... މީހުންގެ ޒާތީމައުލޫމާތު އާންމުކުރަނީ. މީހުންގެ އޮރިޔާން ބަލަނީ. ފޭރެނީ. ވައްކަންކުރަނީ. ޓައި އަޅައިތިބެގެންވެސް ވައްކަންކުރަނީ. ހިތާމައަކީ ހައްގު އަދަބުލިބެނީ ހަމައެކަނި ރިހާކުފުޅި ވަގައްނަގާމީހާއަށް. ޓައިއެޅިމީހަކު ވައްކަންކޮށްފިއްޔާ ކޮންމެވެސް ޕްރޮސިއުޖަރަލް މައްސަލައަކާއި ހެދި އެމައްސަލަ ކޯޓުން ސައްޕެއްޖަހާ ބޭރުކުރޭ. 21 ވަނަ ގައުނައިގަ ދިވެހިރާއްޖޭގެ ހާލަތު.
ސަނަމް
05 February 2025
ހޮސްޕިޓަލުގައި މީހަކު އެޑްމިޓްކޮށްގެން ތިބޭއިރު އެގޭނެ ތިނަރުސްތަކުގެ އަގައިގެ ސްޕީޓް. ހީވަނީ ޗާބީދީފައިހުރި ބުދެއްހެން އަބަދުވެސް ޗުކުޗުކުލައްވާލަވައްވާލަ ތިބޭނީ. ނާސިންސްޓޭޝަން ހީވާނީ މާރުކޭޓެއްހެން އެހާއަޑުގަކޮށް ހީހީފައި ވާހަކަދައްކާނީ. އޭރު ޖެހިގެން ހުރި އެނދުގައި މީހަކު މަރަށް ތެޅެނީ. ތަނުގެ މާހައުލަށާ ބަލިމީހުންގެ އުދާސްތަކަށާ ކެކުޅުންތަކަށް އެއްގޮތަކަށްވެސް ފަރުވާލެއް ބަހައްޓާމީހުންނެނުން. އެކަމަކު ވަރަށް ރަގަޅު މީހުންވެސް މަދެއްނޫން
ސަމޭ1234
05 February 2025
ތިޔަ މީހާ ހޮސްޕިޓަލަށް ދިޔުމުން އޭނަގެ ފުރާނެ ސަލާމަށް ވެގެން ދިޔަ. އެހެނަސް މިފަދައިން ލީކް ކޮއްލީމާ ތިޔަފަދަ ނޫނީ ތިޔަ ޒާތު ގެ ކަމެއް ހިނގައިގެން ފުރާނަ ސަލާމަށް ކުރުމަށް ކަމުގައި ވީ ނަމަވެސް ހޮސްޕިޓަލަށް ދާން މީހުން ފަސްޖޭހޭނެ، ތިޔަ ފަދަ ލާނެއް ކަން ކަން މި ބަލައިގެނެވޭނެ ކަންކަމެއް ނޫން. އަދި އެތިކްސް ތަކާއި ފުށު އަރާ ކަން ކަން.