މާލެ-ހުޅުމާލެ ހައިވޭގައި ހުންނަ ސޯލާ ޕެނަލްތައް: ފްލޯޓިން ސޯލާ ޕްރޮޖެކްޓް 2027 ވަނަ އަހަރަށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ފެބުރުއަރީ 2025 - 10:11
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓު ކަމަށްވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ ބިޔަ މަޝްރޫއު 2027 ވަނަ އަހަރަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، އިރުގެ އަލިން 100 މެގަވޮޓުގެ ކަރަންޓު އުފައްދާ ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް އެސްއީޒެޑުގެ ޕާމިޓް އިޝޫކުރަން ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު މެދު ތެރޭގައި ފަށައި، 2027 ވަނަ އަހަރުގެ ތެރޭގައި ނިންމައި އޭގެ ނަފާ ލިބެން ފަށާނެ: ރައީސް
"މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު މެދުތެރޭގައި ފަށައި 2027 ވަނަ އަހަރުގެ ތެރޭގައި ނިންމައި އޭގެ ނަފާ ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ސޯލާ ޕެނަލް ހަރުކުރުމުގެ މި ބިޔަ، ބޮޑު މަޝްރޫއު ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަނަށް އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރުގެ އެޕްރީލް މަހު ދީފަ އެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.
އެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް
މި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.
އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް މަސައްކަތްތަކެއް މި ދަނީ ކުރަމުން: ރައީސް
"އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް މަސައްކަތްތަކެއް މި ދަނީ ކުރަމުން،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް މިދިޔަ އަހަރު "މަގޭ ސޯލާ" ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި "މަގޭ ސާފު ރާއްޖެ"ގެ ނަމުގައި ކުނި މެނޭޖުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލާ ތަންފީޒުކުރަން ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މަގޭ ސާފު ރާއްޖެ"ގެ މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ކުނި މެނޭޖުކުރުމުގެ ނިޒާމްތަކެއް މި އަހަރު ގާއިމްކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި އެ މަސައްކަތުގެ ދަށުން މިދިޔަ އަހަރު 17 ރަށެއްގައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ހެދިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
• އެންމެ ބޮޑަށް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދުމަށް 57 ރަށެއްގައި މަޝްރޫއުތައް މި އަހަރު ފެށުން.
• ސަޕްލައި ފެނުގެ ހިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ހިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން.
• ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އަހަރު 450,000 ގަސް އިންދާފައިވޭ.
• 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ވާސިލުވުމަށް ކުރާ މަސައްކަތުގެ ދަށުން އިރުގެ އަލިން ކަރަންޓު އުފެއްދޭ ކެޕޭސިޓީއަށް 15 މެގަވޮޓު އިތުރުކޮށްފައިވޭ.
• މާލޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިން އެހީގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާއި ރަށްޓެހި، އިއާދަކުރަނިވި ހަކަތައިން ޕަވަ ޖެނެރޭޓްކުރާ ޕާކިން ބިލްޑިންތަކެއް އެޅުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިޝަމު
06 February 2025
ތަރައްގީގެ ބާނީ އަކީ މުއީޒް ރައީސް
ބިންގަރާސް
06 February 2025
ފްލޯޓިންގ ސޯލާޕެނަލް އަޅަން ބޭރުގެ ކުންފުންޏަށްދިނީމަ ސިލިބްރޭޓް ކުރޭ... އުމުރުދުވަހަށް ފަޅު ދީފަ އެވެރިން ސޯލާއިން އުފައްދާ ކަރަންޓް ބޮޑުއަގުދީފަ ސްޓެލްކޯއަށް ގަތީމަ ދެން އެއިން ބަޖެޓުން ކަރަންޓަށްކުރާހޭދަ ކުޑަވޭތަ؟ ޔުޓިލިޓީގެ ކޮންޓްރޯލް ތިޔަ ދޫކޮށްލަނީ ބޭރުގެ އިންވެސްޓަރުންނަށް... ތިޔަ އެއްބަސްވުންތަކުގެ ތެރޭގައި ހުންނާނީ ނުފެންނަ ނާޖާއިޒް ފައިދާ... ރައްޔިތުންނަށް މަންފާއެއްވާނެކަމާމެދު ސުވާލު އުފެދޭ....
ނާޑުވާ
06 February 2025
އަންޑަރ ވޯޓަރ ޓަނަލް އަޅާ ނިމުނީތޯ?
ނޭނގޭތަ
06 February 2025
އެޓަނަލުން މިއައީ ބަޔާން އިއްވަންވެސް. މިއުޅެނީ މަހާ މިޔަރަށް ކާންދޭނެ ކުޑަދޮރު ތަކެއްވެސް ހަރުކޮށް ޓަނަލަކުން ތުރާކުނުން ގަމަށް ވެސް ގުޅާލަން
ރައިސް ބަރާބަރު
06 February 2025
ސަރުކާރުން އެއްމެ ލާރިއެއްވެސް ހަރަދު ނުވާގޮތައް 1.6 ބިލިއަން ރުފިޔާ ގެ އިންވެސްޓްމަންޓެއް ރާއްޖެ ގެނައި ފުރުތަމަ ރައިސް މިއީ! މިކަން ދެން ތިދި މީހުނަށް ހަޖަމެއް ނުވާވެ