އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ އަންގާރަ ދުވަހު ވައިޓް ހައުސްގައި. -- ފޮޓޯ: އޭއެފްޕީ
07 ފެބުރުއަރީ 2025 - 11:07
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގައި އިޒްރޭލުގެ ވެރިން ހައްޔަރުކުރުމަށް އަމުރު ނެރުނު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
މިކަމަށް އަމުރުކޮށް ރިޔާސީ ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެ، އައިސީސީން ވަނީ "ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި" ކަމަށެވެ. ޓްރަމްޕުގެ މި ނިންމެވުމުގެ ކުރިން މިދިޔަ އަންގާރަ ދުވަހު ވަނީ ނަތަންޔާހޫއާ ބައްދަލު ވެސް ކުރައްވައިފަ އެވެ.
ޓްރަމްޕު ވަނީ އައިސީސީގެ އޮފިޝަލުންނާއި މުވައްޒަފުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުންގެ އިތުރުން އެ ކޯޓުގެ ތަހުގީގަށް އެހީތެރިވި ކަމަށް ބެލެވޭ މީހުންގެ މުދާ ހިފަހައްޓައި ދަތުރުކުރުން މަނާކުރަން އަމުރުކޮށްފަ އެވެ.
އެ މީހުންގެ ނަންތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް ޓްރަމްޕްގެ ކުރީގެ ދައުރުގައި އެމެރިކާއިން މީގެ ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ވަނީ އެ ކޯޓުގެ ޕްރޮސެކިއުޓަރަށް އަމާޒުކޮށްފަ އެވެ.
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން އަދި ޣައްޒާގައި އިޒްރޭލު ސިފައިން ހިންގި ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ އައިސީސީގެ ތަހުގީގަށް އިޝާރާތްކޮށް ޓްރަމްޕްގެ އަމުރުގައި ބުނެފައި ވަނީ ޓްރައިބިއުނަލުން އެމެރިކާއަށާއި އެމެރިކާގެ ގާތް އެކުވެރިޔާ އިޒްރޭލަށް އަމާޒުކޮށް ޣައިރު ގާނޫނީ އަދި އަސްލެއް ނެތް ކަންތައްތަކެއްގެ މައްޗަށް ތަހުގީގު ހިންގާފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލާއި އެމެރިކާ އަކީ ވެސް އައިސީސީގެ މެންބަރުންނެއް ނޫނެވެ.
އައިސީސީން އެމެރިކާގެ މި ނިންމުމާ މެދު އެއްޗެއް ބުނުމުގެ ކުރިން، އެ ކޯޓު ހުންނަ ނެދަލެންޑްސް އިން ވަނީ އެ ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
"އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމާއި ހަނގުރާމައިގެ ކުށްތައް 8 އޮކްޓޫބަރު 2023 އިން، މި މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދި ޕްރޮސިކިއުޓަރުން މައްސަލަ ހުށަހެޅި ތާރީހު ކަމަށްވާ 20 މެއި 2024 އަށް ހިންގާފައި ވާތީ ބެންޖަމިން ނަތަންޔާހޫ އާއި ޔޯވް ގަލަންޓާއި ދެ މީހުން ހައްޔަރުކުރުމަށް އަމުރު ނެރެން،" ދަ ހޭގްގައި ހުންނަ އައިސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުުކުރުމުގެ އަމުރަކަށް މިދިޔަ އަހަރުގެ މެއި މަހު އެދުނީ އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން އެވެ. އެއީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑައްޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.
އައިސީސީގެ މެންބަރު ގައުމުތަކުގެ އަދަދު 124 އަށް އަރާއިރު އެއިން ގައުމަކަށް މި އަމުރު ރައްދުވާ މީހަކު ހިނގައްޖެ ނަމަ ހައްޔަރުކުރަން ލާޒިމުވާނެ އެވެ. އެކަމަކު އެފަދަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަކަށް ނޯވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާހޫއަކީ ނަތަން
08 February 2025
ބަޅެއްގެ ނިގޫ ސަންފާއޮނަކަށްލިޔަސް ސީދާނުވާނޭ ބުނާފަދައިން އެމެރިކާވާނީ ކޮންމެ އެއްޗެއް ވެރިކަމުގަ ހުއްޓަސް އެމެރިކާއަށް.
އިހްސާސް
08 February 2025
ދިވެހި ދައުލަތުން އދ އާއި މިބާވަތުގެ ތަންތަނުގައު ޝާމިލުވުން ނިމުމަކަށް ގެންނަންޖެހޭ. އެހެނީ ދައުލަތުގެ ބަޖެޓުން ފައިސާ އިސްރާފު ކުރުން ނޫންކަމެއް ނުވާނެ. އެމެރިކާމެން ބޭނުން އެއްޗެއްވިއްޔަ އެހަދަނީ.
ހާސަރު
08 February 2025
މިއޮތީވާކަމެއް! މިވަރު އަރުވާލާއިރުވެސް ހަމަ އެންމެ އަރަބިގައުމަކަށްވެސް އެމެރިކާއާ ގުޅުންކަނޑާލާކަށް ނުކެރުނު! ވަރަށް ސަލާމް.
ފަރުނ
08 February 2025
މިކަމުގަ މަ ޓުރަމްޕަށް ތާއީދު. ތިމާވެށި އެކްސްޓުރީމިސްޓުންގެ ނޮހޮރޮއްޕާން މިހާރު މާ ބޮޑުވަނީ. ކަރުދާސް ހޮޅި ގިރިގެން ބޯން ޖެހޭ އެތި ނޮބޮވޭ.
އައިމިނާ
07 February 2025
މީނަ ފުރަތަމަ ވައިޓް ހައުސް އާއި އެމެރިކާ ސާފުކުރޭ. އޭގެފަހުން އަހަރުމެންގޮސް
އައިމިނާ
07 February 2025
މިއީ ހަމަ ޙަގީގަތުގައިވެސް އިންސާނެއްތަ؟
ބަހުލް
07 February 2025
ޑިމޮކްރަސީ ފައްކާ ވީމަ ތި ހުރިހާ މައްސަލައެއްވެސް ހައްލުވާނެ
ވަހީދު.
07 February 2025
ޑިމޮކްރަސީގެ ބައްޕަ މިޔޮއް ބަރަހަނާވަނީ. ޑިމޮކްރަސީ މިހާރު ފެނޭތަ.
ހަމްދާ?
07 February 2025
ހަމަމީހެއްނޒުން ހާއްސަ އެހީ ބޭނުންވާމީހެއް?
ދުޢާ
07 February 2025
އަވަސް ގޮތަކުން މި ނުލަފާ މީހާއަށް އޭނާގެ ނުބައިކަމުގެ ހިތިކަން ދައްކަވާ، އޭނާގެ ބޮޑާކަން މައިތިރި ކުރައްވާފާނދޭވެ. ނޫންނަމަ އޭނާއަށް ހިދާޔަތުގެ ތެދުމަގު ދައްކަވާ، މުސްލިމުންގެ ދިފާއުގައި ކުރީސަފުގައި ކެރިގެން ވަރުގަދައަށް މަސައްކަތްކުރާ މީހެއްކަމުގައި ލައްވާނދޭވެ. އާމީން
ޅަިލަ
07 February 2025
ޢާމީން
ހުސެންް
07 February 2025
އާމީން