ބައި އިލެކްޝަނުގައި މީހަކު ވޯޓު ލަނީ.
08 ފެބުރުއަރީ 2025 - 21:26
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައިލެކްޝަނުގައި 12 ގޮނޑީގެ ތެރެއިން 9 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީ އަށް 9 ގޮނޑި ލިބުނުއިރު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކު ވެސް އިންތިހާބު ކާމިޔާބުކުރި އެވެ.
ޕީއެންސީން ކާމިޔާބުކުރީ ނ. ލަންދޫ ކައުންސިލުގެ އަންހެން މެމްބަރުގެ ގޮނޑި އާއި ހދ. ހިރިމަރަދު އާއި ބ. ގޮއިދު އާއި ބ. ފެހެންދު އާއި ރ. އިންނަމާދުގެ ދެ ގޮނޑި އާއި ލ. ގަމާއި ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެވެ.
ނ. މިލަދު އާއި އދ. ހަންޏާމީދޫގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މެމްބަރުން ހޮވުނީ ހދ. މަކުނުދު އާއި ދ. ހުޅުދެލިންނެވެ.
މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ފަސް ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވައިލި އެވެ. ނަމަވެސް، އޭގެ ތެރެއިން 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވަ އެވެ. އެ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެހެންވެ، އިންތިހާބަކާ ނުލައި އެ 21 ގޮނޑި ވެސް ލިބުނީ ޕީއެންސީއަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޭއްވި ގިނަ ބައި އިލެކްޝަންތައް ބުރަވަނީ މިހާތަނަށް ސަރުކާރުގެ ކެންޑިޑޭޓުންނަށެވެ.
ދެ ރަަށެއްގެ ކައުންސިލް، 10 ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި https://t.co/TZ2WHDrHFo
— Mihaaru (@Mihaarunews) February 8, 2025
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދުގެ ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދިޔަ އިންތިހާބުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ 6،275 މީހެކެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 55.41 ޕަސެންޓް މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްޑޫޅް +
09 February 2025
ސަރުކާރަށް ގޮނޑި ނުދީފިނަމަ، އެދާއިރާއެއްގެ ރައްޔިތުން ހަފުސް ކޮށްލާވަރު ކުރާނެތީ ވޯޓުދެނީ. މިހާރުވެސް މިއޮތީ، ކުޑަކާފު-ބޮޑުކާފު މަރުކާ ގެ ސަރުކާރެއް. 30 އަހަރު ވެރިކަން ކުޅަ މީހާގެ ނިތަކު ކުރަގަނޑެއް ނެތް؛ މިހާރު މިއޮތް ސަރުކާރުގަ ހުރީ ސިއްކަ ޖަހާފަ.
ސިންބެ.
09 February 2025
އިންޑިޔާ, ބީޖޭޕީޔާއި, ޕީއެންސީ, ފިކުރު އެއްގޮތް, ލިބުނު ކާމިޔާބީއަށް މަރުހަބާ, މީ ވަރަށް ވާހަކަ.
ހައްޖަ.
09 February 2025
މަސް ދާނީ ފެން އޮތް ތާކަށް.
ލޮލްޒ
09 February 2025
މިއޮއް ފީކަޅާސަރުކާރަށް އާންމުން ހަޅޭފަޅޭޖަހާއިރުވެސް އެމްޑީޕީއަށް ގޮނޑިކޮޅެއް ނުލިބުމުން ފިލާވަޅެއް ނުލިބޭތަ؟ ވޯޓުލާނެ އެހެން އެއްޗެއް ނެތަސް އެމްޑީޕީއަށް ވޯޓުލާން ދާނެ މީހަކު ނުވި. އިބޫ ފެއިލް. ފައްޔާޒު ފެއިލް.
ގަސަމް
09 February 2025
އެމްޑީޕީއިން ގައުމު ހަލަބޮލި ކުރަން އުޅުނަސް ރައްޔިތުން އެކަން ބަލައެއް ނުގަންނަކަން މި ފެނިގެންދަނީ. ކައުންސިލްވެސް ނަގާނީ ބޮޑުތަނުން
މާޒިންް
09 February 2025
ގައިމު ކަމެއްވީމަތާ 37 ގޮޑިން 33 ގޮޑި އަދުގެ ސަރުކާރަށް ލިބޭނީ. ރައްޔިތުން މި ސަރުކާރު ބަލައިގެންފިކަން މިއެގިގެންދަނީ
އަލީމްގ
09 February 2025
ވީކަމަކީ މާ ގަދަޔައް ބެހީ
މިއުޒަމް
09 February 2025
ނިމިދިޔަ ވެރިކަންތަކުގަ ބައި އިލެކްޝަން ވިން ކުރަން ޖެހުނަސް މުޅި ދައުލަތް ދޮވެލާ. ތަފާތުފެނޭތަ އެމްޑީޕީ އާ ޕީއެންސީގެ
މޫސާ ފަތްހީ
09 February 2025
ފެނޭތަ އިދިކޮޅަށް؟ ރައީސް މުއިޒްއަށް ފުރިހަމަ ތާއިދު ރައްޔިތުންގެ އޮތްތަން މިފެންނަނީ
ލިހާޒް މުހުސިން
09 February 2025
އުފާވެރި ހަބަރެއް. އަހަރުމެންގެ ރައީސްއާއެކު ރައްޔިތުން މިތިބީ
އަމްޝާދު އަޒީޒް
09 February 2025
އިންތިހާބަކަށް ފަހު އިންތިހާބެއް ނަގަމުން ޕީއެންސީ މިދަނީ. ބަޔަކަށް ހަޖަމެއް ނުވާނެ