ރައީސް އެންމެ ފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އުލިގަން ކައުންސިލާއި އެ ރަށު އަންހެނުންގެ ކޮމިޓީ އާއި ބައެއް މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 ފެބުރުއަރީ 2025 - 22:19
މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ބޭއްވި ބައިލެކްޝަނުގައި 12 ގޮނޑީގެ ތެރެއިން 9 ގޮނޑި ލިބުނީ ޕީއެންސީއަށެވެ. އިދިކޮޅު އެމްޑީޕީ އަށް ދެ ގޮނޑި ކާމިޔާބު ކުރެވުނުއިރު އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކު ވެސް އިންތިހާބު ކާމިޔާބުކުރި އެވެ.
ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ، ބައިއިލެކްޝަނުގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިހަބަކާ ނުލައި 24 ގޮނޑި އެ ޕާޓީއަށް ލިބުމާއި އިންތިހާބު ބާއްވައިގެން 9 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"އަތޮޅު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑި، އަންހެނުންގެ ތަަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި މިއަދު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި ކުރެއްވި އެ ޕޯސްޓުގައި ރައީސް މުއިއްޒު ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރި ފަރާތްތަކާއި ވޯޓުގައި ބައިވެރިވި މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ބައި އިލެކްޝަންގައި އިންތިހާބަކާ ނުލައި 24 ގޮނޑި ޕީއެންސީން ހޯދި އެވެ. އެއީ އެ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުންނެވެ.
— Dr Mohamed Muizzu (@MMuizzu) February 8, 2025
މިއަދުގެ ބައި އިލެކްޝަންގައި ޕީއެންސީން ކާމިޔާބުކުރީ ނ. ލަންދޫ ކައުންސިލުގެ އަންހެން މެމްބަރުގެ ގޮނޑި އާއި ހދ. ހިރިމަރަދު އާއި ބ. ގޮއިދު އާއި ބ. ފެހެންދުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެވެ. އަދި ރ. އިންނަމާދުގެ ދެ ގޮނޑި އާއި ލ. ގަމާއި ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެއް ވެސް އެ ޕާޓީން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ލިބުނީ ނ. މިލަދު އާއި އދ. ހަންޏާމީދޫގެ ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މެމްބަރުން ހޮވުނީ ހދ. މަކުނުދު އާއި ދ. ހުޅުދެލި އަންހެނުންގެ ކޮމިޓީއަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އިންތިހާބުގައި 6،275 މީހަކު ވޯޓުލި އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 55.41 ޕަސެންޓް މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީހީ
10 February 2025
"އިއިލެކްޝަނުގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިހަބަކާ ނުލައި 24 ގޮނޑި އެ ޕާޓީއަށް ލިބުމާއި އިންތިހާބު ބާއްވައިގެން 9 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ." ދެން މަ ހީޙީ
ހާސަރު
09 February 2025
33 ގޮޑި ލިބުނީ ބަގުރޫޓްވެފައިވާ ފެނަކައިން 480 މީހަކަށް ވަޒީފާ ދީގެން. އެހެންކަމުން ތިޔައީ ކާމިޔާބެއް ނޫން. ތިޔައީ ނުހަމަ ގޮތުގައި ދިވެހި ދައުލަތުގެ މުދަލާއި ފައިސާބޭނުންކުރުން. ކޮންމެ ބަޔަކުވެސް ސަރުކާރާ ހަވާލުވެ ދައުލަތް ތިމާމެންގެ އަމިއްލަ އެދުމަށްޓަކައި ހުސްކޮށްލަނީ. ޓެކްސްއަށް ދައްކާފައިސާ ވެރިކަމުގައި ތިބުމަށްް އެންމެން ވެސް ތަޅަނީ.
ވިޝާލް މުހައްމަދު
09 February 2025
ގައުމުގެ ރައްޔިތުން މި ތިބީ ރައީސް މުއިއްޒުއާއިއެކު ގަދަކޮށްކަން ހާމަވެގެން މިދަނީ. ކޮންމެ އިންތިހާބެއްވެސް ފަސޭހަކަމާއިއެކު ވިން ކުރާތަން މި ފެންނަނީ. މިދާ ރޭޓުގައި ދެވަނަ ދައުރެއްވެސް ރައީސް ހޯދާނެ
އަލީ
09 February 2025
33 ގޮޑި ލިބުނީ ބަގުރޫޓްވެފައިވާ ފެނަކައިން 480 މީހަކަށް ވަޒީފާ ދީގެން. އެހެންކަމުން ތިޔައީ ކާމިޔާބެއް ނޫން. ތިޔައީ ނުހަމަ ގޮތުގައި ދިވެހި ދައުލަތުގެ މުދަލާއި ފައިސާބޭނުންކުރުން. ކޮންމެ ބަޔަކުވެސް ސަރުކާރާ ހަވާލުވެ ދައުލަތް ތިމާމެންގެ އަމިއްލަ އެދުމަށްޓަކައި ހުސްކޮށްލަނީ. ކިތައްމެ ފަޚުރުވެރިވެލާފައި ވިދާޅުވިޔަސް ތިޔަ ކަންކަމުގެ ހިސާބު ބެއްލެވޭނެ ދުވަހެއް އެބަ އާދެ.
ލާއިގް
09 February 2025
ފުރަތަމަ ކަމަކަށް ފެނަކަ ދަވާލީވެސް ކަލޭމެން. އެޔެއް މިޔެއް ނުބަލާ ފެނަކައަށް އެހާގިނަ މުވައްޒަފުން ވެއްދީވެސް ހަމަ ކަލޭމެންގެ ވެރިކަމުގަ. ކާކަތް ކޯއްޗެއް އޮޅުވާލަން ތިއުޅެނީ. އަދި ނުވިތާކަށް އެވަރަށް މީހުން ވައްދައިގެންވެސް ކަލޭމެނަށް ދެވަނަ ދައުރެއް ލިބުނުތަ؟ ކޮސް ވާހަކަ ނުދައްކާ
އަފްރާސިޔާބު
09 February 2025
ސަރުކާރުންނޭ ފެނަކައިގެ މުވައްޒަފުންގެ މުސާރަ އަށް ފައިސާދެނީ. އެހެންވީއިރު ރައްޔިތުން ފައިސާ ސަރުކާރަށް ދޭހާ ހިނދަކު މުސާރަ ދިނުމަކަށް ދައްޗެއްނުވާނެ. ލައްްވަންވީމާ މުވައްޒަފުން ލައްވާފައި ކަނޑަން ޖެހުނީމާ ކަނޑާނީ.
އަނެއްފުށް
09 February 2025
33 ގޮޑީގެ ތެރެއިން 29 ގޮނޑިއަކީ ވާދަވެރިކަމެއް ނެތް ނުވަތަ އިތުރުމީހަކު ކުރިމަތި ނުލާ ގޮނޑިތައް. ކާމިޔާބަކީ އިންސާފުވެރި ކަމާއިއެކު ވާދަކޮށްގެން ކާމިޔާބު ލިބުން. މީގެކުރިން މިރާއްޖޭގައި ރަށްރަށުން %100 ވޯޓުވެސް ރިކޯޑުކޮށްފައި އެބަހުރި. އެކަމަކު އޭގެ ހަގީގަތަކީ ކޮބާ!
4ދސސ
09 February 2025
އެހެން ޕާޓީތަކަށް ފިނޑިކަމުން ކުރިމަތިލާން ނުކެރިގެން ކުރިމަތި ނުލީމަ ޕނސ އަށް ގޮނޑި ލިބުނީ. އެވާނީ ހަމަ ކާމިޔާބީއަކަށް. ހިތި ބޭސް ބޯންވެސް ޖެހޭ ފަހަރު އާދޭ. ހަގީގަތް ގަބޫލު ކޮށްގެން ދެންފަހަރަކުންވެސް ކިރިޔާވެސް ކަންފުޅެއް ވާނީ.
ނަންނެތް
09 February 2025
ފޮނިކަމުން ފޮނިކަނޑާ
އަފްރާސިޔާބު
09 February 2025
ކޮބައިތަ ތިބުނާ އިންސާފަކީ. އިންސާފަކީ މީހުން ހިތުން ރުހުމުން އެގޮތް ރަނގަޅުކަމަށް ގަބޫލުކުރާގޮތް.
ލާމިއާ
09 February 2025
ހަގީގަތް ގަބޫލުކުރަން، ހަރުކަށިކަމާ ފިތުނަޔާއި ދޮގު ރައްޔިތުން ގަބޫލެއް ނުކުރާނެ، ޕީއެންސީއިން ކާމިޔާބު ހޯދަނީ ލޯތްބާއި އަޅާލުމާއި އެކު މަޑުމައިތިރި މުއާމަލާތްތަކުން. ހަޖަމު ވިޔަސް ނުވިޔަސް ރައްޔިތުން ހަލަބޮލިކަމަށް ލޯތްބެއް ނުކުރޭ އެމްޕީން ގަދަބަސް ބުނުމުގައި އެތިބީ މެކުހަށް ޖަހާފަ އިންތިޚާބުތަކުން ވަނީ ބަލި.
ހާބޭ
09 February 2025
ކަކުނި އުޅޭނީ ހަރުގައައޭ......ގޮޑު ދޮއް ފަރާތުގާ.
ސަސި
09 February 2025
ތިޔައީ ބަޔަކު ކުރަންޖެހޭ ވަރު ކަމެއްނޫން.
އެކަމަކު 2 ވަނަ ދައުރެއް ނުލިބޭނެ
09 February 2025
މިހާރު ކިތަންމެ ގޮނޑިއެއް ވެސް ލިބިދާނެ އެވެ. 2 ވަނަ ދައުރެއް ނުލިބޭނެ އެވެ.
2ވަނަ ދައުރެއްހޯދުމަށް ގަދައަޅާ މިކުރަނީ މަސައްކަތް
09 February 2025
ކާމިޔާބު ދެއްވާތޯ؟ އެކަންކަނޑައަޅުއްވާ ފަރާތަކީ ތިބޭފުޅާއެއްނޫން. ތިބޭފުޅާގެ ވޯތުވެސް މުހިއްމު އެކަމަކު ރައީސުކަން ލިބޭނެ ބޭފުޅަކު ކަނޑައަޅާ އަދި ނުލިބޭނެ ބޭފުޅަކު ނިއްމަވާނީ ހުރިހާ ރައްޔިތުން. މާތްﷲގެ އިރާދަފުޅުން ކާމިޔާބު ލިބޭނެ.
ނާހިލްް
09 February 2025
ނަތީޖާތަކުން ފެންނަނީ 2 ދައުރު ކީތްކުރަން 3 ދައުރުވެސް ލިބޭތަން
މިއޮތީ
09 February 2025
އަނގަ ތަޅުވައިގެން މި ސަރުކާރަށް ވޯޓެއް ލިބުނިއްޔާ ލިބުނީ. އަމަލީ މަސައްކަތް ކުރުމާ ޖެހުނީމަ ހަމަ ސުމެއް. ވެރިކަމަށް އެއް އަހަރަށްވުރެ ގިނަ ދުވަސް ވީއިރު ނަތީޖާ ނެރުމުގައި މި ސަރުކާރު ހަމަ ސުމެއް. ގިނަ މީހުން ވޯޓުދިނީ ހަމައެކަނި ކުރެވޭ ފަނޑު އުއްމީދަކަށް. ލޮލަށް ފެންނަން ހުރި ކަންކަމަށް ބަލާފައެއް ނޫން. މިއީ ހަމަ ގައިމުވެސް ދެވަނަ ދައުރެއް ދޭވަރުގެ ސަރުކާރެއް ނޫން
ދަރަނި
09 February 2025
އެމްޑީޕީން ކަމެއް ފެއްޓުނީ ވެސް 2 އަހަރާ ބައިވި ފަހުން. އަދި ފެށި އެއްވެސް ކަމެއް ނުނިމި 128 ބިލިއަނުން ދަރަނިވީ