މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައި.
ނުސާފު ވައި ފަށަލަ ފާހަގަވާ ހިސާބު، ހުޅުމާލެ މަތިން ނަގައިފައި.-- ފޮޓޯ: މައުމަން ސައުދު
10 ފެބުރުއަރީ 2025 - 12:00
މިދިޔަ ފަސް ދުވަހު ވެސް މާލެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ ވަރަށް ނުރައްކާތެރި މިންވަރެއްގައި ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، މިދިޔަ ފަސް ދުވަހު ވެސް މި ސަރަހައްދުގައި އެއާ ކޮލިޓީ އިންޑެކްސްގެ އެވްރެޖު ހުރީ 125 އަށް ވުރެ މަތީގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ ވަރަށް މަތީގަ އެވެ. އެ ދުވަހު ވައިގެ ނުސާފުކަން އެންމެ މަތިވި ވަގުތު ހުރީ 149 ގަ އެވެ. މިދިޔަ ހުކުރު ދުވަހު 153 ގައި ހުރި އިރު، ހޮނިހިރު ދުވަހު ހުރީ 125 ގަ އެވެ. އިއްޔެ 161 އަށް މަތިވި އިރު، މިއަދު ވެސް އުޅެނީ 159 އިން މަތީގަ އެވެ.
މިދިޔަ ފަސް ދުވަހު މާލެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރި ވަރު.
އެއާ ކޮލިޓީ މިންކުރުމަށް ހަ ކުލައެއްގެ އެލާޓުތައް ބޭނުންކުރެ އެވެ. އެއީ؛
• 0-50: ފެހި އެލާޓް، ހާލަތު ރަނގަޅު
• 51-100: ރީނދޫ އެލާޓް، މެދުމިނެއް
• 101-150: އޮރެންޖު އެލާޓް، ހައި ރިސްކް މީހުންނަށް ނުރައްކާތެރި
• 151-200: ރަތް އެލާޓް، ނުރައްކާތެރި
• 201-300: ވައިލެޓް އެލާޓް، ވަރަށް ނުރައްކާތެރި
• 301 އަށް ވުރެ މަތި: ދަނބު އެލާޓް، އިންތިހާއަށް ނުރައްކާތެރި
ނުސާފު ވައި ފަށަލަ ފާހަގަވާ ހިސާބު، ރާއްޖެ މަތިން ފެންނަ ގޮތް.-- ފޮޓޯ: މައުމަން ސައުދު
ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ދ. ކުޑަހުވަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މިދިޔަ ފަސް ދުވަހު އެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ 104 އިން މަތީގަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މިދިޔަ ފަސް ދުވަހު އެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ 88 އިން މަތީގަ އެވެ. ލ. ގަމު ކައުންސިލްގައި ހުރި ސިސްޓަމުން ދައްކާ ގޮތުގައި، އެ ސަރަހައްދުގައި ވައި ނުސާފުކަން ވެސް ހުރީ ހަމަ އެހާ ވަރުގަ އެވެ.
ށ. ފުނަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މިދިޔަ ފަސް ދުވަހު އެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ 75 އިން މަތީގަ އެވެ. އަދި ފުވައްމުލަކުގައި ހުރީ 89 އިން މަތީގަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ.
މި ހާލަތުގައި ގެއިން ބޭރުގައި އުޅޭ ވަރު މަދުކޮށް، އަދި ބޭރަށް ނުކުންނަ ނަމަ އެންމެން ވެސް މާސްކް އަޅަން އިރުޝާދު ދީފައިވެ އެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވެ އެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި އަހަރު ރާއްޖެއަށް ހޭޒްގެ އަސަރުކުރާ ވަރު އެހެން އަހަރުތަކަށް ވުރެ މާ މަތި ކަމަށް ލަފާކުރެވެ އެވެ. އަދި އާންމު ދިރިއުޅުމަށް މިކަމުން އަސަރުކޮށް، ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެތައް މައްސަލައެއް ވެސް ކުރިމަތިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޫ
13 February 2025
ވިސްނާލަބަލަ ނިކަން މި ހާރު ރޯގާ ފެތުރޭ ވަރު މާލޭގެ ވައި ނުސާފު ކަމުން ސިއްހީ ގޮތުން ބަލިމަޑު ކަމެއް ވަނީ އުފެދިފަ. ހޮސްޕިތަލް ތަކައް ވެސް މި ހަފްތާގަ އެގޭނެ ދިޔަ މީހަކައް .
ޑރ. ދޮންކެޔޮ
10 February 2025
މިހާ ވައިނުސާފު ދަނޑިވަޅެއްގާ ފޮޑިޖަހާއިރު ކުޑަކޮށް ބަލައިގެން ޖެއްސެވުންއެދެން.
ކަރާސީނު
10 February 2025
މަޖިލިސް ރައީސް އިންޑިއާއަށް އެ ވަޑައިގަންނަވަނީ، ވައި ނުސާފުވާ ކަންކަން ހައްލުކޮށްލަން. ހާސް ކަނޑާލާ!
އިރުވައިގެ ފުސް
10 February 2025
މަބުނީ ތީ އިތުވައިގައި މިދުވަސްވަރު މާ ކުރިންވެސް އޮންނަ ގޮތާ ފުސް އަރާފަ. މިހާރު ދެން ވައި ނުސާފޭ ކިޔަސް
ބެންޑޭ ހަސަން
10 February 2025
ޢެހެންތޭ
ގަމަޗަރޯ
10 February 2025
ހޭޒީ ސައިޑް އޮފް ލައިޕް.
ބޮގު
10 February 2025
މީ ފޮގެއް ނޫން. މީ އިންޑިއާއިން އަންނަ ނުރައްކާ
ލުބްލާ2025
10 February 2025
ވައި ނުސާފުވުމުގެ މައްސަލަ ކުރިއަސް އޮތްތަނުގައި ހައްތަހާ ވާނީ ގޯސް. މިކަހަލަ ކަންކަމުގަ ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުމަށް އިންޑިއާއިން ބަދަލުދޭން ޖެހޭނެ. ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އިގްތިސާދު ފުނޑި، ޓޫރިސްޓުން އައުން ހުއްޓާލުމުގެ ކުރިން މިކަމަށް ހައްލެއް ހޯދަންޖެހޭ.
ވިންޓާ
10 February 2025
މީ ވިންޓާގެ ފޮގެއް ނޫންތަ. އައި ތިންކް ސޯ
ފަރުދުންގެ
10 February 2025
މިޔަކީ އާދައިގެ ކަމެއް ނޫން އިނޑިޔާ އަޑީގަ އޮވެގެން ރާއްޖޭގެ އިގްތިސޯދު ފުނޑާލާ އިންޑީޔާ އަޅުވެތި ކުރަން އެމީހުން ޖައްވަ ފޮނުވާ ވިހަ ކެމިކަލް ތައް. އެމީހުން އިހައްދުވަހުވެސް ފަޅިއެއްގަ އަޅުކަން ކުރާށޭ ކިޔައިގެން ބޮޑު އަލިފާންގަޑެއް ޖަހައިގެން އުޅުން...
ސަލީމު އިދުރީސް
10 February 2025
ތިކަން އިންޑިޔާގެ ސަމާލުކަމައް ގެނެސްދީފި! މިހާރު އިންޑީއާއައް އެގޭނެ ރާއްޖެއާ ކުޅެން ވަރައް ފަސޭހަކަން! ބައެއްކަހަލަ ވާކަހަތަކީ ދުނީއޭގެ ކަންފަތް ބުޑުގަ ގޮވަންޖެހޭ ވާހަކަ ތަކެއްނޫން! އިންޑިޔާއަކީ ހަތުރުން ކަމައް ބުނެވާހަކަ ދެމީހުންނައް ހީޥޭވެދާނެ އެމިހުންނައް މިސަރުކާރުން މަތުރާފަ ފެންތައްޓެއް ބޯންނީމަ މިތުރުނައް ވެގެން ތިބީއްޔޭ! އެއްގޮތަކައްވެސް އެހެންނޫން މިއަދުގެ ސަރުކާރު ވަނީ ދުވަހަކު އިންޑިޔާ ދަނޫވާރައް ދަށުވެފަ
ބޯގަމާރު ބީތާނުވާށެވެ
10 February 2025
ލޮލް. ހާދަ ކޮންސްޕިރެސީއޭ. ބޯ ހަލާކު ހުވާ