ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ފޮތް އިލްޔާސް އިބްރާހިމް ނެރެދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ފެބުރުއަރީ 2025 - 23:15
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މިރޭ ނެރެފި އެވެ.
ވިލާ ކޮލެޖުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ.
ގާސިމް ވަރަށް ކުޑައިރު މާލެ ވަޑައިގެން ދިރިއުޅުއްވީ އިލްޔާސްގެ ގެކޮޅު މ. އެންދެރިމާގޭގަ އެވެ. އެހެންވެ، ގާސިމްގެ ބައްޕަ ނެތް ދުނިޔޭގައި އޭނާގެ ބައްޕައެއްގެ ގޮތުގައި ބައްލަވާ ބޭފުޅަކީ އިލްޔާސް އެވެ. ގާސިމްގެ ހަޔާތުގެ މުހިންމު ފޮތް ނެރުމުގެ ޝަރަފު އިލްޔާސަށް ދެއްވި ސަބަބަކީ އެއީ އެވެ. އިލްޔާސްގެ ބައްޕަ އާއި ގާސިމްގެ ބައްޕައާ ދެމެދު އެ ޒަމާނުގައި ވަރަށް ގާތް ގުޅުމެއް އޮތުމުގެ ނަތީޖާއަކީ ގާސިމް އާއި އިލްޔާސްގެ ގުޅުން ވެސް ވަރަށް ކައިރިވުން ކަމަށް މިރޭ ދެއްކެވި ވާހަކައިގައި ގާސިމް ވެސް ފާހަގަކުރެއްވި އެވެ.
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ފޮތް އިލްޔާސް އިބްރާހިމް ނެރެދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިވެހި ދައުލަތަށް އެތައް ހިދުމަތެއްކޮށްދެއްވާފައިވާ ބައެއް ބޭފުޅުންނާއި ގާސިމްގެ ސިޔާސީ ހަޔާތުގައި އޭނާއާ އެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި ގާސިމްގެ އާއިލީ ބޭފުޅުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި މިހާރުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އެ ރަސްމިއްޔާތަށް ވަޑައިގަތެވެ.
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ނެރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގާސިމްގެ ބަޔޯގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން، އޯޑިއޯ ބުކް އަދި ހާއްސަ ވެބްސައިޓެއް ވެސް މިރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.
މި ފޮތް ލިޔުއްވާފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. މިއީ ޖަމީލުގެ ތިންވަނަ ފޮތެވެ. އޭނާގެ އަނެއް ދެ ފޮތަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާގެ މައްޗަށް ލިޔުއްވާފައިވާ 'އޯކިޑް' އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ 'އިންސާފު' އެވެ.
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް މިރޭ ވަނީ ހުޅުވައިފަ އެވެ. އެ މައުރަޒަށް މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާއްމުންނަށް ވަދެވޭނެ އެވެ. މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ފޮތުގެ ކޮޕީއެއް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަތްސަތޭކަ އަށް ވުރެ ގިނަ ސަފުހާގެ މައްޗަށް ޖަމީލް ލިޔުއްވާފައިވާ ފޮތުގައި ގާސިމްގެ ޒާތީ، ވިޔަފާރި، އަދި ސިޔާސީ ހަޔާތުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައިގަނޑު ހުރިހާ ކަމަކަށް އަލިއަޅުވާލާފައިވެ އެވެ. އާއްމުކޮށް ފެނިފައިނުވާ ގާސިމްގެ ކުލަ ފޮޓޯތައް ވެސް ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެލޯ
11 February 2025
ފޮތް ބޭނުންވެގެން ދާންވިތަނެއް ނޭނގިގެން މިއުޅެނީ
ޢަލީ ބަލީ
11 February 2025
ވިލާ ކޮލެޖް
އަނބިމީހާގެ ފިރިމީހާ
11 February 2025
ފޮތް ހިލޭބަހަނީ އަނެއްކާ އޭގާ ގާސިމް ނުރުހާފަދަ އެއްޗެއް އޭގާ ނެތީމާތަ؟ ހަމަ ބޯކިރުފޮދެއް ދެއްތޯ.
ކުރުމުއަދަތު
11 February 2025
ތިއަ ބަޔޯގްރަފީ ނެރެދެއްވީ ގާސިމްގެ އަސްލު ބަޔޯގްރަފީ، ދިވެހިބަހުން ބުނާނަމަ އެއީ އިލްޔާސް އިބްރާހީމް، ގާސިމްގެ ފެށުމަކީ މ.އެންދެރިމާގެ ބަދިގެ ފަރާތް، ތިއަ ބަޮޔޯގްރަފީގައި އެވާހަކަ ނެތްނަމަ ތިއައީ ސައްހައެއްޗަކަށް ނުވާނެ.
ގުދުގުދާބެއްޔާ
11 February 2025
ދައުލަތުގެ ކުންފުނި އެސްޓީއޯއިން އިލިޔާސް ހުރިއިރު ގާސިމަށް ދިން ޕެޓްރޯލް އަދި ޑީޝަލްގެ ވާހަކަވެސް ތިޔަ ފޮތުގަ ހިމަނާލިނަމަދޯ؟ މިގޮތައް ދައުލަތުން އެހީވާނަމަ ކޮންމެ މީހަކުވެސް މުއްސަނދިވާނެ!
ހަސަންރަހާ
11 February 2025
ނުވި ކަމަށް ބަލަންޖެހެނީ. މނޒ ނައީމަކަށްވެސް މާ ބޮޑުވަރެއް ނުވި. އަމްޖަދު އަށްވެސް ކުޑަ ވަރެއްވެފާ އޮތީ. އަދި އެވެސް މީހަކު ޖަހައިގަތީ. މަރްހޫމު އަހްމަދު އަލީ (ހިމިތީ) އަށްވެސް ހަމަ އެއްވަރެއްވެސް ނުވި، އަދި އޭނާ އަހަރުތަކެއް ވަންދެން ބަންދުގަ އުޅެންޖެހުނީ. އެންދެރިމާގެ ތެރެއިން އުފެދުނު ނުވަތަ އުފައްދަން މަސައްކަތް ކުރި މަހުޖަނުންގެ ފޮތެއްވެސް ލިޔަން ޖެހޭ!
ކަލްސުމް
11 February 2025
އިންސާނާ އެންމެ ބޮޑަށް އަޅުވެތި ކޮށް ހަލާކު ކުރަނީ އޭނާގެ މޮޅުކަމާއި ހައިބަތުބޮޑުކަން ހޯދަން އޮންނަ ދަހިވެތިކަން. ދެއްކުންތެރިކަން. މާލޭގެ ލޯކަލް މާރުކޭޓުގަ އިންނަ މީހާވެސް ތިޔަ މަހުޖަނުންނަށް ވުރެ ހިންހަމަޖެހިގެން ދިރިއުޅެނީ. އަނބިދަރިންގެ ލޯބި، އިހްތިރާމް، އަދި ދުނިޔެއާއި އާހިރަތަށް ވިސްނާލާ އަރާމްކޮށްލާނެ ވަގުތުވޭ. ހަގީގީ އާއިލީ ލޯބި، ރަހްމަތްތެރިން ގާތުގަ ތިބޭ. ހަކުރު އަދި ރާބޯމީހުން ދާކޮންމެތާކު ގާޑެއްހެން އެކުވެރިހެން ނުހުރޭ. ވިސްނާލާ
ދޫލަ
11 February 2025
ގާސިމަށް މަރުޙަބާ! ކިޔަވާ ކުދިންނަށާއި، މުޖުތަމައަށް ވެސް ފައިދާހުރި، ކޮންމެ މީހަކުވެސް ޢިބްރަތް ހާސިލްކުރެވޭނެ ފޮތެއް
މުއިއްޒުއެ
11 February 2025
އަމޭން ފޯ އޯލް ޖޭޕީ އެހެން ނޫންތޯ
މަތިމަސް ޗަންޕާ
11 February 2025
އަޅޭ މީ ކޮންނިޔަތެއްގަ ހިންގާލިކަމެއް
ދަލޭކަ ދައިތަ
11 February 2025
އަންނަން އޮތް ރިޔާސީ ކެމްޕޭނަށް ދުރާލާ ތައްޔާރުވުން.
ސެންޓަރޭ
11 February 2025
މައުރަޒު އޮތްވާހަކަ ލިޔެފަ އޮތް އިރު އޮތީ ކޮންތާކު ކަމެއްނެތް ލިޔެފައެތް
ރޮކީ
11 February 2025
ހޫ ކެއާރސް؟