ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: މަޖިލިސް
11 ފެބުރުއަރީ 2025 - 10:56
ކުރީގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްގެން ހިންގަމުން ދިޔަ ހުރިހާ އައިސްޕްލާންޓުތަކެއް މި މަހު 15 ވަނަ ދުވަހުގެ ކުރިން މިފްކޯގެ ދަށަށް ބަދަލު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، އައިސްޕްލާންޓްތައް ފެނަކައާ ހަވާލު ކުރުމަކީ ވަރަށް ދެރަކޮށް ނިންމި ނިންމުމެއް ކަމަށެވެ.
ފެނަކައާ އެ ތަންތަން ހަވާލު ކުރިއިރު، އައިސްޕްލާންތައް ހިންގުމުގެ ގާބިލްކަން އެ ކުންފުނީގައި ނެތް ކަމަށާއި އަދި ގިނަ އައިސްޕްލާންޓްތަކަށް މައްސަލަ ޖެހުނީ އެ ސަބަބާ ހެދި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"[ފެނަކައިގެ] އައިސްޕްލާންޓްތަކާ ގުޅޭ އިންޖިނިއަރުން ނެތުން، ރެފްރިޖެރޭޝަންއާ ގުޅޭ ދާއިރާގެ ބޭފުޅުން ނެތުން. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ އައިސްޕްލާންޓްތަކަށް މައްސަލަ ޖެހުނު،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް އައިސްޕްލާންޓައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގަ އެވެ.
ނަމަވެސް، މިހާރު ގިނަ އައިސްޕްލާންޓްތަކެއް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފެނަކައިގެ ދަށުގައި ހުރި ހުރިހާ އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ބަދަލު ކުރަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މި މަހުގެ 15 އެއީ އެންމެ ފަހު ތާރީހު، 15 ގައި [ހުރިހާ އައިސްޕްލާންޓެއް] ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގައި،" ޝިޔާމް ވިދާޅުވި އެވެ.
ފެނަކައަށް ގެއްލުން ވާތީ އައިސްޕްލާންޓްތައް ހިންގުން އެ ކުންފުނިން ވަނީ މިދިޔަ އަހަރު ތެރޭގައި އޮތީ ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނު އަތޮޅުން
11 February 2025
ފަހަރަކަށް ވުރެ ފަހަރެއް ނުބައިވަމުން ދާތަން ފެންނަނީ! ކުންފުނިތަކަށް ލައްވާ އެމްޑީން ފަހަރަކަށް ވުރެ ފަހަރެއް އެމްޑީންގެ ފެންވަރުދަށް ކަމަށް ފެންނަނީ! މިހާލަތުގައި ހުރި ކުންފުނިތަކުން ދެމެހެއްޓެނިވި ސިޔާސަތެއް ނުގެން ގުޅެވޭނެއެވެ. ސަރުކާރުން ދޭން ވަޢުދުވާ ޚިދުމަތް ފޯރުކޮށްދެވޭނެ ވިސްނުމެއް ފިކުރެއް އަދި ވެގެން އުޅެނީ ކިހެނެތްކަމެއް ވާންއުޅެނީ ކިހިނެތް ކަމެއް އަދި މިކުރެވެނީ ކީއްކަމެއްވެސް ނޭގޭ މީހުން އެމްޑީންނަށް ލީމައި ވާނެގޮތްވަނީއެވެ.
ސަމްސާ
11 February 2025
އަދިވެސް ހިންގަނީ ފެނަކައިން! ދައްކަވާ ވާހަކައާއި ކުރާ ކަމަކާއި ދިމާވާ ތަނެއް ދުވަހަކުވެސް ނާދެއެވެ. މި ރޯދަމަހަށް ރަށްތަކުގެ ކަރަންޓްގެ މައްސަލަ ހައްލުކުރާނެ ކަމަށްވެސް ތިޔަހެން ވިދާޅުވިއެވެ. އަހަރެންނަކީ ހއ. ގިނަ ރަށްތަކަށް ކޮންމެ ދުވަހަކު ދަތުރުކުރާ މީހެއްގެ ހައްސިއްޔަތުން ބުނެލަން އޮތީ މިރޯދަމަހު ހއ. ގިނަ ރަށްތަކެއްގައި ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވޭނެ ވާހަކައެވެ. ރޯދަމަހަށް ދެހަފްތާވީއިރު ފެނަކަ ސްޓާފުން ތިބީ މާޔޫސްކަމުގައެވެ.
ބައިބަލާ ސިޔާސަތު ސަރުކާރު
11 February 2025
ދުވަސްކޮޅެއް ވާނީ ޚަރަދު ބޮޑުވެގެން ހުއްޓާލަން. ކުރަން ހަވާލުކޮށްފަ ހުންނަ ކަންކަން ރަނގަޅަށް ނުކުރެވޭ ބަޔެއް. މަސްކިރެނީއެއް ނޫން. ތެޔޮ ދެވެނީއެއް ނޫން. ދެން ތިކޮންޓްރޯލް ކުރަނީ އައިސް. ސުވާލަކީ މަސްވެރި ސިނާއަތަށް ކީއްކުރާންހޭ ތިއުޅެނީ؟ ކުންފުނީގެ ބިޒްނަސް މޮޑެލް އަހަރަކު ހަތަރު ފަހަރު ބަދަލުކުރޭ! މީގެން އުނދަގޫ ފޯރާނީ ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް. ޑައިވާރސިފައި ކުރުމަކީ ކަންކަން ކޮންޓްރޯލް ކުރުންތަ؟
9
11 February 2025
ތިކަން ވެއްޖެނަމަ ތިކަން ވާނީ ހަމަގައިމުވެސް ބޮޑު ޕުރޮޖެކްޓަކަށް. އެކަމަކު މެގަޕުރޮޖެކްތެކޭ ކިޔޭވަރެއްނުވާނެކަންނޭންގެ.