ބޭސް ފިހާރަ: ވަކި ހާލަތެއްގައި ބޭހުގެ ވަކި ބްރޭންޑެއް އިސްކުރަންޖެހިއްޖެ ނަމަ، އެ ބޭހެއް ޑޮކްޓަރުން ދޭނެ ކަމަށް މެޑިކަލް އެސޯސިއޭޝަނުން ބުނޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ފެބުރުއަރީ 2025 - 12:07
ޑޮކްޓަރުން ވަކި ގޮތަކަށް ބޭސް ލިޔުމުގެ ސަބަބުން ބޭސް ނުލިބޭ ކަމަށް ދެއްކެވޭ ވާހަކަތަކަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ރައްދު ދީފި އެވެ.
އެ އެސޯސިއޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މަދު ހާލަތެއްގައި ފިޔަވައި ޑޮކްޓަރުން ބޭސް ސިޓީގައި ލިޔަނީ ބޭހުގެ އަސްލު ނަން ނުވަތަ ޖެނެރިކް ނަން ކަމަށެވެ. ވަކި ބްރޭންޑެއް އިސްކުރަންޖެހޭ ހާލަތެއްގައި އެކަން ކުރުމުގެ އިހްތިޔާރު ވެސް ޑޮކްޓަރުންނަށް ލިބޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
މިސާލެއްގެ ގޮތުގައި މެޑިކަލް އެސޯސިއޭޝަނުން ބުނީ ބޭނުންކުރަންޖެހޭ ބޭހެއްގެ އެއް ބްރޭންޑަށް ބަލި މީހާގެ އެލާޖިކެއް ހުންނަ ނަމަ އެ ބޭހުގެ އެހެން ބްރޭންޑެއް ދޭނެ ކަމަށެވެ.
"ވަކި ބްރޭންޑެއްގެ އަސަރު ދެން ހުންނަ ބްރޭންޑުތަކަށް ވުރެ ރަނގަޅު ކަމަށް ބެލެވޭ ނަމަ، އެ ބްރޭންޑެއްގެ އިސްކުރުމުގެ ފުރިހަމަ އިހްތިޔާރު ޑޮކްޓަރަށް ލިބިގެންވެ އެވެ. އަދި އެ ހައްގު މި ޖަމިއްޔާ އިން ދިފާއުކުރަމެވެ." މެޑިކަލް އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ސަރުކާރާއި އާސަންދައިން ގުޅިގެން ކުރާ މަސައްކަތަށް އެޖަމިއްޔާ އިން އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފަ އެވެ.
އެ އެސޯސިއޭޝަނުން އެގޮތަށް ބުނިއިރު ރާއްޖެއަށް ބޭސް ގެންނަ އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ބޭސް ސިޓީގައި ވަކި ބްރޭންޑެއްގެ ބޭސް ލިޔެފައި ހުރުމުގެ ސަބަބުން ބޭސް ދޫކުރަން އުނދަގޫތަކެއް ކުރިމަތިވެ އެވެ.
ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަދީފައިވާ ބޭހުގެ ލިސްޓުގައި ގާތްގަނޑަކަށް 4،000 ބާވަތެއްގެ ބޭސް ހިމެނެ އެވެ. އެކަމަކު އެ ލިސްޓުގައި ނެތް ބޭސްތައް ވެސް ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީގައި ލިޔާއިރު އޭގެ ސަބަބުން ބޭސް ހޯދަން އާންމުންނަށް ދަތިވާ ކަމަށް އެ އެސްޓީއޯ އިން ކުރިން ބުނެފައި ވެ އެވެ.
ބޭހެއް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނެތް ހާލަތެއްގައި އަދި އެކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިއްޖެ ނަމަ އެ ބޭސްތައް ރާއްޖޭގައި ރަޖިސްޓަރީކޮށް، އިމްޕޯޓުކުރަން މަސައްކަތް ކުރާނެކަމަށް ވެސް ބުނެ އެވެ.
ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ހުރި ކަމަށް އާންމުންގެ ފަރާތުން ޝަކުވާތައް ލިބެމުންދާތީ، އެކަން ހައްލު ކުރަން އެސްޓީއޯ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ ކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ވެސް އިއްޔެ ބޭއްވި އެވެ.
އެސްޓީއޯ އިން ބުނީ، އެ މަޝްވަރާގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާ މެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާ އެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ކ
12 February 2025
ހަޤީޤތަކީ އެސްޓިއޯ އާ ހެލްތު އަކަށް މިކަމެއް ނުވާކަން. ނިއުޓްލިންބީ ނުގެނެވޭތާވެސް ދެއަހަރު. ހުޅުމާލޭގެ 1އަދި 2ގެ އާބާދީ އެހާ ބޮޑު މީހާރު، ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީކުރީ ނަމުން އެކަނި ކޮވިޑް ފެސިލިޓީގެ ބެޑް ގުނައިގެން މުއިއްޒުގެ އޯޑަރަށް. ލިބޭ ހިދުމަތެއް ނެތް. އީ އާރު އެހާ ކުޑަ. ކަޑަ އެމްޑީ އެއް ހުރީ.
އަލިބެއްޔާގެ ކަލޯ
12 February 2025
ވަކި ބްރޭންޑޭ ބުނާއިރު މިއުޅެނީ ފާމަސީއިން އެއްވެސް ބްރޭންޑެއް ނުލިބިގެން.... ހުސް ވާހަކަ ވާ ކަމެއް ނެތް .. ހިންގުންތެރިކަމެއް ހުރި މީހަކު މި ސަރުކާރުގައި ތިބި ހެނެއް ހީއެއް ނުވޭ.
ޑރ ވާންޗޯ
11 February 2025
ގަނޑުކޮށް ޔޫރަޕުގެ މޮޅުބޭސް ގެންނަންއުޅެގެން މިފަހަރު ތިގެނެވުނީ ހީވާގޮތުން ޔޫރަޕުގެ ހަބޭސް.
ނާޑުވާ
11 February 2025
މުޅި ދުނިޔެ ކުރިޔަށް ދިވެހި ޤައުމު ވެއްޓެނީ ފަހަތަށް. އެންމެހާ ސިޔާސީވެރިންނަށް ޝުކުރިއްޔާ. އަމިއްލަ މައިންބަަފައިންގެ މުދާގަނޑުންވެސް ކާލެވޭތޯ ބަލާތި.
ތައިރޯއިޑް
11 February 2025
ތައިރޮއިޑް ތައިރޯނޯރމް ގެ އިތުރުން އެލްޓޮރކްސިން ގެނެސްދީބަލަ ޕްލީޒް. އިންޑިޔާ އިން މިގަންނަން ޖެހެނީ. ޕްލީޒް! ޕްލީޒް! ތައިރޯނޯރމް ވޯރކް ނުކުރާތީ އެމިކަނީ. އެވޯރކް ކުރޭ!
ޑރ ވާންޗޯ
11 February 2025
"ޕްރޮޕްރަނޮލޮލް" މިހާރުނުލިބޭ ކުރީގަ އާންމުކޮށްލިބޭ ގިނަބަޔަކަށް ކޮންމެހެން ބޭނުންވާބޭހެއް. ބޭސްސިޓީގެތިރީގަ ލިޔެފައިނދޭ ސިކާވަތިއަށް ނުލިބޭބޭސް އަންގާށޭ، ވާކަމެއް ހަރާން.
އަޅި އަޅީ
11 February 2025
ހައްދަވާ ގޮތަ ވަރަށް ސާފު! ތިބޭފުޅުން ފާމަސީ ތަކާއި ޑީލްއެއް ހައްދަވަނީ! ބައެއް ކަހަލަ ބޭސް ތަކަކުން ތިބޭފުޅުންނަށް ބައި އަޅާކަން އަޅުގަނޑުމެން ދެނަ ހުރިން!
މަޒީދު
11 February 2025
ދެން އަބަދު ތިފަދަ ހާލަތު އަންނަނީއޭ ކިޔައިގެން ބަކި ބްރޭންޑެއްގެ ބޭސް ލިޔާނީކީ ނޫން. މީހުން އެލާރޖިކް ވަންޏާ އެކަން އާސަންދަ ޕްރޮފައިލުންވެސް އެނގެން އޮންނާނެ. ޑޮކްޓަރުން މެޑިކަލް މާފިއާގެ ތެރޭގައި ތިބުމުގެ ޝައްކު އަބަދުވެސް އޮވޭ. މިރާއްޖެއަކު އެކަންޏެއް ނޫން. ބޮޑެތި އެހެން ގައުމުތަކުގައިވެސް...
އާސިއަންދޭ
11 February 2025
އާސަންދަ ޕްރޮފައިލޭ؟ ފަޅޮލޭ ތޮކިޔަނީ ވާނުވާ ނޭނގި. އާސަންދަ އަކީ ތިވަރުގެ މައުލޫމާތު ހުންނަ އެއްޗެއްނޫން. ބިލް ކުރަން ހަދާފައި ސޮފްޓްވެއަރ އެއް. ދެން ސަރުކާރުން ގެންނަ ފޭކް ބޭސް ކައިގެން ވާއެއްޗެއް ވާނެ.
ޖަބާލް
11 February 2025
އެސްޓީއޯއިން އާސަންދައިން ސަރުކާރުން ބުނާ ބޭސް އެތެރެ ކުރާނަމަ ރައްޔިތުންނަށް މަޖްބޫރުވާނީ އެގަންނަން..އާސަންދައިން އިންސިއުލިނގް ބަދަލު ކުރަން ނިންމުމުން އެސްޓީއޯއިން އެތެރެކުރާނީ އެބުނާ އެއްޗެއް.އިންސިއުލިން ކަންތަކާއި ޕޭސަންޓުންނާއި އާއިލާތަކުން ކަންބޮޑުވުން ހުރިއިރު އާސަންދައިން މައުލޫމާތު ދިންއިރު ޑީއެސްއެމްގެ ބޭފުޅުންވެސް ބައިތިއްބައގެންތިބީ އެފަރާތުގެ އެއްބާރުލުންއޮތްކަން ދައްކަން..
ސަލީމާ އޮދުރީސް
11 February 2025
ޑޮކްޑަރ ބޭސް ލިޔާއިރު ބުނާނެ، ރާއްޖެއިން ނުލިބޭ ބޭސްތައް. މިހާރު ބޭސް ނުލިބެނީ އެހެންވެގެން ނޫނޭ ރާއްޖެއަށް އެތެރެ ކުރާ ބޭސްތައް އެސްޓީއޯއިން ހުސްވެގެން. ޙަޤީޤށް ފޮރުވަން ނުއުޅުއްވާ
މައިކާލޯ
11 February 2025
ރާއްޖެއަށް ބޭސް އެތެރެކުރަނީ އެސްޓީއޯއިން އެކަންޏަކުނޫން. އަދި ގިނަ ބޭސް އެތެރެކުރަނީވެސް ޕްރައިވެޓް ޕާޓީތަކުން. އޭރު ބޭނުން އަގެއްގަ އެއްބޭހެއް ބޭނުންމިހަކަށް ވިއްކޭ. އެކަން އާސަންދައިން މިހާރު ނިމުމަކަށް ގެނައިމަ ލިބުނު ބޮޑު ފައިދާ ނުލިބޭތީ ރައްޔިތުންނަށް ޖެއްސުން ކުރަނީ. ދެން ރައްޔިތުންނަށް އޮޅުވާލަން ތިކަހަލަ ވާހަކަ ނުދައްކާ ސަލީމާވެސް