އެސްޓީއޯގެ ހެންވޭރު ފާމަސީ: ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެސްޓީއޯ އާއި އާސަންދަ އާއި އެމްއެފްޑީއޭ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފައްދަން ވަނީ އެއްބަސްވެފައި.
10 ފެބުރުއަރީ 2025 - 20:40
ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ހުރި ކަމަށް އާންމުންގެ ފަރާތުން ޝަކުވާތައް ލިބެމުންދާތީ، އެކަން ހައްލު ކުރަން އެސްޓީއޯ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
އެހެންވެ، އެސްޓީއޯ އާއި ޑޮކްޓަރުންގެ ޔޫނިއަން އާއި މެޑިކަލް އެސޯސިއޭޝަންގެ ބޭފުޅުން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
އެސްޓީއޯ އިން ބުނީ، އެ މަޝްވަރާގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާ މެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާ އެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
އެ ބައްދަލުވުމުގައި ބައެއް ކަންކަން ވަނީ ނިންމައިފަ އެވެ. އެއީ:
1- ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެސްޓީއޯ އާއި އާސަންދަ އާއި އެމްއެފްޑީއޭ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުން.
2- އެސްޓީއޯ އިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުން.
އެސްޓީއޯ އިން ބުނީ، އެ ކުންފުންޏާއި އާސަންދަ އާއި އެމްއެފްޑީއޭ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް އެކުލަވައިލާ ކޮމިޓީގެ ސަބަބުން، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މައުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވާނެ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް ވިދާޅުވީ، ބޭސްތައް ލިބުމުގެ ދަތިކަން ހައްލު ކުރުމަށް އެމްއެފްޑީއޭއާ ގުޅިގެން އެސްޓީއޯ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، ވަކި ބްރޭންޑެއްގެ ބޭސް ލިޔެފައި ހުރުމުގެ ސަބަބުން ބޭސް ދޫކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑާދަނު
11 February 2025
"އެސްޓީއޯ އިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުން."...... މިޕްލެޓްފޯމް ގާއިމްކޮށްފަ ދެން ލިޔާނީ އެތަނުން ލިބެންހުރި ބޭސްކަން ޑޮކްޓަރުން ހަދާން ކުރުމަކީ އެންމެ މުހިއްމު ކަންތައްކަމުގ ބަލާށެވެ.
އައްޑާ
11 February 2025
ބޭހާ ގުޅޭ ވާހަކަ ކަން ނޭނގޭ އެސްއޯއީއެއްގެ އެމްޑީ ދައްކަންޖެހުނީމާ ވާނީ ތިޔަހެން - ކޮމިޓީއެއް ހެދިޔަސް ޓެކްނިކަލް މީހުންގެ ބަހަށް ގޮންޖަހާނަމަ ހައްލެއް ނުލިބޭނެ
އަސަރީ
11 February 2025
މިވާގޮތުން ކޮންމެ ބައްޔެތް ޖެހުނަސް ސަރުކާރުން ބުނާބޭހެށްނޫން އެހެން ބޭހެން ޑަކްޓަރަށް ދެން ނުލިޔެވޭނެއެވެ.ޖެހޭނީ ވަޒީފާ ދޫކޮށްލާށެވެ. ބޭސްވެރިކަން މާފިޔާ ކިޔަނީމިކަމަށް ނޫންތޯއެވެ.ސަރުކާރަށް ހަދަންޖެހޭނެ ގޮތަކީ ޑަކްޓަރީ ބޭސް އެތެރެކުރާ ފަރާތްތަށް ރެގިއުލޭޓްކޮށް ހޯލްސޭލް ޕްރައިސް ކަނޑައަޅައި ރީޓޭލް ޕްރައިސް ވިއްކޭނެ އެންމެ ބޮޑު އަގު އިއުލާން ކުރީމާ ނިމުނީއެވެ. އަދިވެސް ތާކުންމީހަކު ހުރިއްޔާ ހަވާލުކުރާތީ ހިންގަން ނޭގުނަކަސް ވާނެއެއްޗެއްވާނެތާއެވެ.
ޔޫރަޕް ބޭސް
11 February 2025
ކޮބާ ޔޫރަޕުން ގެންނަން ބުނި ބޭސް ކަންތައް؟ އެވާހަކަވެސް ކެންސަލް؟
މަސްކު
11 February 2025
ތިޔަ އެސްޓީއޯ ސްޓޮކްބެލޭނެ ޕޯޓަލްގެ އެކްސެސް ޑޮކްޓަރުންނަށް ދިނުމަކީ ހައްލެއްނޫން. މެޑިކަލް މާފިޔާގައި ހިއްސާވާ ޑޮކްޓަރުންނަށް ތިއީ ރަނުގެ ފުރުޞަތެއް. އެއިރުން އެމީހުން ލިޔާނީ އެސްޓީއޯ ބޭސްފިހާރައިގައި ނުހުންނަ ބޭސް. ރައްޔިތުންޖެހޭނީ ޑޮކްޓަރުގެ ހިއްސާ އޮންނަ ފިހާރައިން ބޭސްގަންނަން.
ޒަހުމާާ
11 February 2025
ޒަރޫރީ ބޭސް ގެއްލިގެން އެއްވެސް މީހަކު ކަންބޮޑުވާން ނުޖެހޭނެ ގޮތަށް ސަރުކާރުން ދަނީ ރަނގަޅު ފިޔަވަޅުތައް އަޅަމުން. ބޭހުގެ އެކި ބްރޭންޑް ހުރެދާނެ. އެކަމަކު އެވެރެޖްކޮށް ބޭސް ލިބޭ. ވަކި ބްރޭންޑެއްގެ ބޭސް ހޯދަން އުޅޭތީ މައްސަލައަކީ. އެހެން ބްރޭންޑްވިޔަސް އެ ބޭސް ލިބޭ.
ކޮމެޓީ
11 February 2025
މާ މޮޅުބައަކަށް ހެދިގެން ނޫޅެ، ދިވެހިން ބޭސްފަރުވާކުރަން އިންޑިއާއަށް ދިއައިމަ ދޭހުރިހާބޭހެއް ރާއްޖެއިން ލިބެންހުންނަ ބޭހުގެ ލިސްޓުގައި ހިމަނާލީމަ އެނިމުނީނުން، އަދި ގަވާއިދުން ބޭސްލިސްޓް އަޕްޑޭޓް ކުރަމުން ދިއާއިމަ ހުރިހާބޭހެއްވެސް ލިބެން ހުންނާނެނުންތަ! ރާއްޖެއަށް އެތެރެކުރެވެނީ ހުއްދަކުރާ ބޭހެކޯ! އަދި ޑޮކްޓަރުން ލިއެދެންވަނީ ކޮމެޓީން ބުނާ ބޭހެކޯ. ފުރަތަމަ މިކޮމެޓީތަކުގެ މީހުނަށް ސިއްހީފަރުވާދޭން އެބަޖެހޭނުންތަ!
ޓިނު
11 February 2025
އަނެއްކާ ތިކޮމެޓީން ކުރާކަންތައްބަލަން ކޮމެޓީއެއްހަދަންވާނެ
އެންޑްރޫ
11 February 2025
ވެވަށް ވެއްޓުނު ގެރިއަށް މިއޮތީ މިކަން ވެފަ.
އަލީ ސ
11 February 2025
މި ގައުމުގެ ސަރުކާރެއް އެބައޮތްތަ؟ ސަރުކާރެއް ކުރަންޖެހޭ ކަންކަން
ބިސްބެ
11 February 2025
ކޮންމެ ކަމަކަށް ކޮމިޓީ ލޮލް، ޙަރަދު ކުޑަވެފަ ތިއޮތީ