މަޖިލީހުގައި
01 ޖުލައި 2025 - 16:32
ފާމަސީތަކުގައި ބޭސް ހުންނައިރު އާސަންދައިން ދޫނުކޮށް އެ ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ބޭހުގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މެމްބަރެއްގެ ސުވާލަކާ ގުޅިގެން، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، ބޭހުގެ އަގުތަކަށް ގެނައި ބަދަލަށް ފަހު، އާސަންދައިން ބޭސް ހޯދަން ދިއުމުން ބޭސް ނުހުންނަ ކަމަށް ފާމަސީތަކުން ބުނާ ކަމަށެވެ.
އެކަމަކު، އެ ފާމަސީއަށް ހަމަ އެ ބޭސް ގަންނަން ދިއުމުން ވިއްކާ މައްސަލަ ބޮޑު ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭސް ދޫކުރުމާ ގުޅޭގޮތުން ފާމަސީތަކުން އަމަލުކުރަންޖެހޭ އުސޫލެއް އެންސްޕާއިން ކަނޑައަޅާފައިވާ ކަމަށެވެ. އެ އުސޫލާ ފާމަސީތަކުން ހިލާފުވާތީ، އާސަންދައިން އަންނަނީ އެ އުސޫލު ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ބޭހުގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން.-- ފޮޓޯ: މަޖިލިސް
"ފާމަސީގެ އުސޫލެއް އޮވޭ އެންސްޕާއިން ކަނޑައަޅާފައި، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ނަގާ ފިޔަވަޅުތަކުގެ ތެރޭގައި ފާމަސީތަކަށް މަޖުބޫރުވާނެ އާސަންދައިގެ ދަށުގައި ހުރިއްޔާ އާސަންދައިގެ ތެރެއިން ހުރިހާ ބޭހެއް ދޭން. އެ ކަހަލަ ފިޔަވަޅުތަކެއް އަޅަން އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން ދަނީ އުސޫލު ބަދަލުކޮށްގެން،" ޒީނިޔާ ވިދާޅުވި އެވެ.
އެންސްޕާގެ އޮފިޝަލަކު ވިދާޅުވީ ފާހަގަކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އޭރުން ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައިވާ އަގު ކުޑަކުރުމުން، ފާމަސީތަކުން ބޭސް ލިބުމުގައި ވަރަށް ބޮޑު ގޮންޖެހުންތައް ދިމާވި އެވެ. އެއީ ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް ދައްކައި އާސަންދަ އިން ދޫކުރުން އަމިއްލަ ބޭސް ފިހާރަތަކުން ހުއްޓާލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
02 July 2025
" މެޑިކަލް މާފިޔާ" ފުޑާލަންކުރާ މަސައްކަތުގައި ފުނޑިގެން ދަނީ ނިކަމެތި ރައްޔިތުން
ކޮރަލް
02 July 2025
ދިވެހި ފާމަސިސްޓުންނަށް މާލީ އެހީވެގެން ދިވެހި ފާމަސީ ތަކެއް ހަދައިގެން ތިޔަކަން ވެދާނެ އެވެ. މިހާރު ފާމަސިސްޓް ކަން ކިޔެވިއަސް އެދާއިރާ އިން ކުރިއަށް ދިއުމުގެ ފުރުސަތު ކުޑަ އެވެ. މިހާރު ފާމަސީ ހިންގާ ވަޒީފާ ދެނީ ބިދޭސީންނެވެ.
އަސަރ
02 July 2025
އާސަމްދައިން އެޅޭނެ ހަމައެކަނި ފިޔަވަޅަކީ އާސަންދަ އެގްރީމަންޓުތަށް ބާޠިލްކުރުމެވެ. ފާމަސީތަކުން ބޭސް ގަންނަށްޖެހެނީ ބޭސް އެތެރެ ކުރާ ފަރާތްތަކުންނެވެ. ފަމަސީތަކުން ބޭސް ބޮޑުއަގުގައި މާލެން ގަނެފައި އެއަށް ވުރެން ކުަޑައަގެއްގައި އާސައްދައަށް ވިއްކޭނެ ތޯއެވެ. މިސާލަކަށް ތައިރޯޑް ބޭސް އެތެރެ ކުރާމީހުން ފާމަސީތަކަށް ވިއްކަނީ 0.28 ލާރިއަށް ގަނެފައި އެ ބޭސް ހަމަ އާސަދައަށް 0.18 ލާރިއަށް ވިއްކާނީ ކިހަނަކުންތޯ ؟ އާސަންދައަށ ބޭސް ދޫކުރަނީ ކިހެނަކުންތޯ ؟
ރައްޔިތުސޮރު
02 July 2025
މިވަރުކަމެއް ހައްލުކޮށްލާނެގޮތެއްވެސް ނޭންގިގެންއުޅޭ ސަރުކާރެއްމިއީ... ފުރަތަމަވެސް ބުނަންވީ އާސަންދައިގަ ބައިވެރިވާން ބޭނުންވާ ފާމަސީތަކާ ކުލިނިކުތައް އަދި ހޮސްޕިޓަލުތައް ރަޖިސްޓަރީކޮށް ސަރުކާރުން ކަނޑައަޅާ ޕުރޮފިޓު މާރޖިންއެއްގަ (ރީޒަނަބަލް އަގުތަކެއްގަ) ހުރިހާ ބޭހެއް ވިއްކަން އަދި ޚިދުމަތެއްދޭން އެއްބަސްވާ ފަރާތްތަކާއެކު ކޮންޓުރެކްޓްތައް ހަދާނީ އެއްބަސްނުވާ ފަރާތްތައް އާސަންދައިގަ ބައިވެރި ނުކުރީމަނިނުނީ.. މަޖުބޫރުކުރުވުމުގެ ބޭނުމެއްނެތް!!!
ވަތަންގެ ދަރި
01 July 2025
ފާމަސީ ތަކުން ބޭސްވިއްކާ ސަބަބު އާސަންދައަށް އެގޭނެ. ހޯލް ސޭލްކޮށް ލިބޭއަގަށްވުރެ އާސަންދައިގެ އަގު ކުޑަކުރީމަ ދެން ބޭސްދޫކުރާނެ ގޮތެޢް ބުނެބަލަ. މީ ވާގޮތަކީ . ތަކުރާރުކޮށް މިކަންވާނީ އާސަންދައަށް އަންގާފަ.
ރާއްޖެ
01 July 2025
އިންޑިއާ އެއަރޕޯޓަކުން ބޭސް ތަކެއް ބޭރު ކުރަން އުޅެނިކޮއް އެންމެ ފަހުން ހައްޔަރުކޮށް ހުއްޓުވި ދިވެއްސަކީ ރާއްޖޭގަ ފާމަސީ ހިންގާ މީހެއް.
ސގަފ
01 July 2025
ހަރުކަށި ކަމާ ޖައްބާރު ކަން ދެއްކުން ކޮންމެ ކަމެއްގައި ވެސް
ދައިގަންނަގުރާ
01 July 2025
އާސަންދައަށް ފިޔަވަޅު އަޅާނީ ކިހިނެއް؟ ރިޖެކްޓްކުރާ އިންވޮއިސްތަކަށް ވެސް %2 ކަނޑާފަ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތަށް ޕޭމަންޓު ހަމަނުޖައްސާ. އަދިވެސް ސަސްޓެއިނަބަލް މޮޑެލްއަކަށް ދިއުން މުހިންމު ނުވަނީ؟ އޯ! ރިޔާސީ ވައުދަކު ކޯ ޕޭމަންޓެއް ނުނަގާނަމޭ ބުނެވުނީމަ؟ އާސަންދަ ސްކީމުން ކެނޑިގެންވިޔަސް މީހުންނަށް ބޭސް ލިބުން މާ މުހިއްމު ބޭހެއްނުލިބުމަށްވުރެ. އެސްޓީއޯއިން ހިލޭ ބޭސް ބޭނުންވާ މީހުންނަށް ގެނެސް ދީފާނެތާ.
ޢަރުތަ
01 July 2025
އާސަންދަ އަކީ ބޮޑުވެގެންވާ ސްކޭމެއް އަބަދުވެސް، މޭޒުދަށުން އެޕްރޫވް ކޮށްގެން ރާއްޖޭން ބޭރުގަ ތިބެގެން ވަކި ބަޔަކު ބޭސްފަރުވާގެ ކަންކަން ކުރަމުން ދާތަން ވަރަށް ގާތުން ދެކެމުން މިދަނީ، ސްކޫލް ބަންދުގަ ޗުއްޓީއަށް ގޮސް ތިބެގެން "އެމަޖެންސީ" ޖަހާފަ ބޭސްފަރުވާގެ ކަންކަން ދަނީ ކުރަމުން.
ޑޮކްޓާރ. ބަނާނާ
01 July 2025
ޜާއްޖޭގެ ބޮޑެތި ބޭސް ވިއްކާ ކުންފުނި / ބޭސް ފިހާރަތަކުން އަގުބޮޑު ކޮންބިނޭޝަންސް ބޭސް ގަންނަން ގޮސްފިނަމަ ތިޔަބޭސް އާސަންދަ އިން ދޫކުރެވެން ނެތް ކަމަށް ބުނެ ހަމަ ވިއްކަނީ.. އަދި އެސްޓީއޯ މެދުވެރިކޮށް ބޭރުން ގެންނަނަމަ މިހާރު 6 މަސް ދުވަސް އެބަނަގާ. ޢާސަންދާ އެއީ މިހާރު ވަނީ ފެއިލް ވެފަ!