11 ފެބުރުއަރީ 2025 - 12:25
ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހިދުމަތުގެ ތަސައްވަރު ކިލަނބުވާ ދަރަޖައަށް ގދ. ކާޑެއްދޫ އެއާޕޯޓް ފެންވަރު ދަށްވެފައިވާ ކަމަށް ވިދާޅުވެ، ވިލާ އެއާ އަތުން އެއާޕޯޓު އަތުލަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފަ އެވެ.
ވިލާ އެއާއާ ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.
އެކަމަކު، އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރި އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އެއާ އެކު، އެ އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކޮށްފައިވަނީ މާޗު 2022 އިގަ އެވެ.
އެސެސްމަންޓެއް ހަދައިފިއްޔާ، އެތަން ހިންގަން ހުއްދަ ނުދޭ ހިސާބުގަ މިހާރު އެއާޕޯޓު އެ އޮތީ،"--- މެމްބަރު ސައުދުﷲ
ނަމަވެސް، އޭގެ ފަހުން އެއާޕޯޓުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، އެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅައި، އިގުތިސާދީ ކޮމިޓީން ބަލަން ފަށައިފަ އެވެ.
އެ މައްސަލައިގައި މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓުގެ ފެންވަރުގެ އެސެސްމަންޓެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހަދާފައި ނުވާ ކަމަށް ބުނުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"އެސެސްމަންޓެއް ހަދައިފިއްޔާ، އެތަން ހިންގަން ހުއްދަ ނުދޭ ހިސާބުގަ މިހާރު އެއާޕޯޓު އެ އޮތީ،" ރަންވޭ މައްޗަށް ވެސް ބޭނުން މީހަކަށް އެރޭ ގޮތަށް ސަލާމަތީ ކަންކަން ވެސް ނުބެލެހެއްޓޭ ކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ވިސްނުމެއް ވިލާ އެއާ އިން ގެންގުޅޭ ކަމަކަށް ގަބޫލު ނުކުރެއްވެ އެވެ.
އެހެންކަމުން، ދައުލަތުގެ އަގު ބޮޑު މުދަލެއް ބޭނުންހާ ގޮތަކަށް ހިންގަން ދޫކޮށް ނުލައި އެ ތަން ވިލާ އެއާގެ އަތުލުމަށް ކަމަށް ސައުދުﷲ ގޮވާލެއްވި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކޮމިޓީއަށް މިކަމާ މެދު ގޮތެއް ނިންމޭނީ ކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިގެން ކަމަށެވެ.
އެއާ އެކު، އޭނާ ވަނީ ސިވިލް އޭވިއޭޝަނާއި ވިލާ އެއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތަކުގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރަން އެ އެއާލައިނުން ގެންގުޅޭ ޕްލޭނެއް ހޯދަން ހުށަހަޅުއްވައިފަ އެވެ.
ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް ވަނީ، ވިލާ އެއާގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީ ވެސް ކޮމިޓީއަށް ހާޒިރުކޮށް، ކަމާ ގުޅޭ މައުލޫމާތުތައް ހޯދުމަށް ހުށަހަޅުއްވައިފަ އެވެ.
އެ ދެ ހުށަހެޅުން ވެސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.
އެއާ އެކު، ވިލާ އެއާ އާއި ސިވިލް އޭވިއޭޝަންގެ އިސް ބޭފުޅުން، އަންނަ އަންގާރަ ދުވަހު އޮންނަ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.
ވިލާ އެއާ އިން 2022 ގައި ކާޑެއްދޫ އެއާޕޯޓު ހިންގުމާ ހަވާލުވުމަށް ފަހު، ހަތް އަހަރު ދުވަހުގެ ތެރޭގައި އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރަން އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނާފާ
12 February 2025
ނޫނެކޭ މިސޯލާ ސިސްޓަމުގަވެސްނޯންނާނެ އެހާ ފެންވަރުގެ އެއާޕޯރޓެއް... ދޮގުނުހަދާ....
ޙަޒް
12 February 2025
ކާޑެއްދޫ ހާލަތު ވަރަށް ދެރަވަރު. ވަގުތުން އެބަޖެހޭ މަރާމާރު ކުރަން.
ބަބްސް
11 February 2025
ކަރުސަތުނާމާގެ 675 ސޮފްހާގަ އެބައޮތް އެބޭފުޅާ ކާޑެއްދޫއަށް ގެންގުޅުއްވާ ތަސައްވުރުކޮޅު ..
ޒަވިޔަނި
11 February 2025
އެފެންވަރުގެ އެއާޕޯޓެއް ނޯންނާނެ މިރާއްޖޭގަ. ސަޅިއޭ ބުނާކަން ސަޅި. މަށައް ފެންނަނީ ފަސިންޖަރުންގެ ލަގޭޖް ތައްވެސް ރަންވޭ މައްޗައް ބޭލީމާ، އެމީހެއްގެ ލަގޭޖް ހިފައިގެން އެމީހަކު ދާން. ގާޑިޔާ ގަޑެއްގަ ގެނެސް އަށިމައްޗައް ފޮށިތައްނުލިޔަސް އޯކޭނޫން. މުސާރަދީފަ ކޮންމެހެން މީހުންބައިތިއްބާކަންވެސް ނުޖެހޭނެ. ހަރަދުވެސްކުޑަވާނެނޫން. ހެހެހެހެހެ
މިކަލެ އަތުލަންނަން ވެންނެއި
11 February 2025
މިދާވަރުން ދަންޏާ މިހިސާބަށް ދާނެ. އެއަރޕޯޓް އަތުލައިން މިހާރަށް އައިއިރު އެތަނަށް ކުރީ ކޮންކަމެއް. މިހާރުން މިހާރަށް ވެސް އަތުލަންޖެހޭ
ދިއްދޫމީހާ
11 February 2025
ފާހަގަ ކުރެވެނީ ކޮމެޓީއަ ސައްހަ މައުލޫމާތު ނުލިބެނީކަމަށް އެއީ މިފަހުންވެސް ވަނީ އެއާޕޯޓުގެ ތަރައްގީގެ މެގަ ޕްރެޖެކްޓެއް ހިންްގާފަ އެއީ ރައީސް ހުވަދޫ ދަތުރާ ދިމާކޮއް ލަގެޖް ބަހައްޓާ އަށީގައި ކުލަލާފަ
ނަންނުވާ
11 February 2025
ކާޑެއްދޫ އެއާޕޯޓަކީ ޒަމާނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށްފައި ރާއްޖޭގައި އޮތް ހަމައެކަނި އެއާޕޯޓް. ފުލީ އޮޓޮމޭޓެޑް އެއާޕޯޓެއް. ރައީސުން އެތަނަށް ވަޑައިގެން ފާހަނަކުރައްވާ ހަދާނަމަ އަދި ފާހަނަ ތަކުގެ ކޮލިޓީވެސް އެނގޭނެ. ގެސްޓުންވެސް ފާހަނައަށް ވަދެފަ ނުނިކުމޭ. ހީވަނީ ރައްޓެހިންނަށް ދައްކާލަން ފޮޓޯ ނަގަނީހެން. ފޮށި ބަހައްޓާ ގޮނޑި ކޮޅު ދާރުލްއާސާރަށް ގެންދަން އުޅޭތީ ކޮންވޭ ބެލްޓް އިންސްޓޯލް ނުކުރެވިފަ ހުރީ. މާބޮޑު ކަމެއް ކުރާކަށް ނެތް. އެޢާޕޯޓް 100
raajje
11 February 2025
ކޮންމެވެސް ހަގީގަތެއް ތިޔަކަމުގައި ނެތްކަމެއްވެސްނޭންގެ، ނަމަވެސްބޮޑަށްހީވަނީ ސިޔާސީބޭނުމަށް މާބޮޑުވަރުކޮށްލައިގެން ވާހަކަދަށްކަނީހެން، މެންބަރުންނަކަށް މިގައުމުގައި އިތުބާރުކުރަންހެޔޮނުވާނެ، އެމީހުންގެ ވާހަކަތަކަކީ ހަގީގަތާދުރު ނަމަވެސް ތިމާއަށްނުވަތަ އުޅޭޕާޓީއަށް ފައިދާވާގޮތަށްދަށްކާވާހަކަ
ގުއްދޫސް
11 February 2025
ރަނގަޅު ކަމެއް ތީ ކުރަން، ރައްޔިތުންނަށް ދަތިވާ ގޮތަށް ހުންނަ ތިފަދަ ކަންކަން ހައްލު ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހަށްވެސް ކުރެވޭނެ ކަން ކަން
ހޮސްޕިޓަލްބެ
11 February 2025
އެއާޕޯޓަށް ވުރެ މާ މުހިންމު ހޮސްޕިޓަލް ތަރައްގީކުރުން. މައިގަނޑު ގޮތެއްގައި ތި އެއަރޕޯޓު ބޭނުން ކުރަނީ ސިއްހީ ކަންކަމުގައި ދަތުރު ކުރާމީހުން. ހޮސްޕިޓަލްގެ އެމްއާރުއައި ހިދުމަތް އަވަސްކުރުން ވަރަށް މުހިންމު. އެދު އިތުރުކޮށް ސިއްހީ ހިދުމަތް ފުޅާކުރަން އެބަޖެހޭ. ( އަވަސްކުރަން ) ހުސް ވާހަކަ ދައްކާތަން ފެންނަނީ. ކަމެއް ކުރާތަން ނުފެނޭ.