ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
11 ފެބުރުއަރީ 2025 - 12:46
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް، ވަޒީރުންނާ ކުރައްވާ ސުވާލުތައް އިތުރަށް ދިގުކޮށް، އިތުރު ސުވާލު ކުރައްވަން މެންބަރުންނަށް ލިބިވަޑައިގަންނަވާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާ އަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެ އިސްލާހުގައި ވަނީ ވަޒީރުންނާ ކުރައްވާ ސުވާލަކީ 10 ފޮޅުވަތަށް ވުރެ ދިގު ނުވާނެ ގޮތަށް ކުރައްވާ ސުވާލަކަށް ހެދުމަށެވެ. މިހާރު ގަވައިދު އޮންނަ ގޮތުން ސުވާލެއްގެ ގޮތުގައި ބަލަނީ ފަސް ފޮޅުވަތަށް ވުރެ ދިގު ނުވާ ނަމަ އެވެ.
ކުޑޫ އިސްލާހު ހުށަހެޅުއްވީ ވަޒީރުންނާ ކުރައްވާ ސުވާލާ ގުޅިގެން، އިތުރު ސުވާލު ކުރެއްވުމަށް ލިބޭ ފުރުސަތު އެއް މިނެޓަށް ވުރެ ދިގު ނުވާނެ ގޮތަކަށް ކަނޑައެޅުމަށެވެ.
ގަވައިދުގައި މިހާރު އޮންނަނީ އިތުރު ސުވާލުގެ ދިގުމިނަކީ 45 ސިކުންތު ކަމަށެވެ.
ކުޑޫ ހުށަހެޅުއްވި މި އިސްލާހު ދިރާސާކުރަން އާންމު ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒުމޫނުބެ
11 February 2025
ސުވާލުގެ ނަމުގަ މަޒުމޫނު ހުށަހަޅަންތަ ތިއުޅެނީ؟ ޢޭރަށް އޮންނާނީ ކުރަން ބޭނުންވާ ސުވާލުވެސް އޮޅިފަ. ބޭކާރު ކަމެއް.
ހަސަންބޭބެ
11 February 2025
ހުށަހަޅާ ސުވާލުތަކުގައި ބޭނުން ކުރެވޭ ޖުމުލަތަޢް ކުރުވަނީ ދޮތަ. ސުވާލެއް މަދުވެގެން ދިހަ ބާރަ ޖުމުލައިން އަދި ޅެން ބައިތަކާއި އެކު ހުށަހަޅާ ގޮތަކަށް ބަދަލު ކުރަންވީ. އެމްޑިޕީއިން މިހާރު ކިޔާނެ ތަކެތިވެސް މަދުވަނީހެން ހީވަނީ
ބޮޑޭ އަހައްމަދު
11 February 2025
ކީއްކުރަންތަ އެންމެ 10 ފޮޅުވަތަށް ހަދަންތިއުޅެނީ! ޖާމާސްނާމާގެ ފޮތް އެއްކޮށް ހުށަހެޅޭނެ ގޮތް ހަދަންވީނު!
ދެބޯގެރި
11 February 2025
ސުޕަމެޖޯރިޓީގައި އެމްޑީޕީގެ އެބުނާ "ހެޔޮވެރިކަން" އޮތް އިރު ނުކެރުނޭދޯ ތިގޮތަށް ގަވާއިދު ހަދަން. މިހެންވެ އަހަރެމެން ބުނަނީ އެމްޑީޕީ އަކީ އަބަދުވެސް މާ ހެޔޮއެދޭ ބައެއްކަމަށް ދައްކަން މަކަރާވާލާ ވާހަކަދައްްކާ، އެކަހަލަ ކަންތައްކުރާ، އޮޅުވާލުން ބޮޑު ޕާޓީއެކޭ. ވެރިކަމުގައި ނެތިއްޔާ ދެން ހަމަ އެހެންމީހަކަށް ނޭވާވެސް ނުލެވޭނެ "ޑިމޮކްރަސީ" އާ އެއްގޮތަށް. އެކަމަކު ވެރިކަން ހަމަ ލިބޭއިރަށް ކީހާޅެން ވާނީ ފަރިއްސަށް.
ދިގު
11 February 2025
އަދިވެސް ވަގުތު ދިގުކޮށް، އިތުރު ސުވާލުކޮށް، މިނިސްޓަރުން ޖަވާބުދާރީ ކުރުވަންވީ. މިހާރު އަދިވެސް ހަފްތާ ނިމޭ ދުވަހެއް ނުވަތަ އަނެއް ހަފްތާ ފެށޭ ދުވަހެއް ނޭނގެ. ވާއެއް ނުވާއެއް، ކުރާ ނުކުރާ ކަމެއް ނޭނގެ. އޮފީސްތަކުގެ ޚަރަދުތައް ދަނީ މައްޗަށް.
ޑރ ވާންޗޯ
11 February 2025
ރަނގަޅުކަމެއް، ވަޒީރުންގެ ސުވާލުގަ ވަރުގަދަ ވަލެއްޖަހައިގެން ދަމަންވީނު.
ކިހިނެއް
11 February 2025
ކަލޭމެންނޭ ސުވާލު ކުރުކޮއް ކުރެވޭ ގޮތައް ހެދީވެސް. އަނެއްކާ ވެރިކަމައް އާދެވެއްޖެޔާ ސުވާލު ކުރެވޭގޮތް ކުރުކުރާނެ
މުލޭ
11 February 2025
ކުރުކޮށް ކުރެވެން އޮންނަ ސުވާލެއް ދިގުކުރަންޖެހެނީ ކީއްކުރަން. އެހެންނޫނަސް ތިކަން މަޖުލިހަަށަ ހުށަހަޅާކަށް ނުޖެހޭނެ. ވަގުތު އޮތްވަރަކުން ސުވާލުކުރޭވޭނެ ދިގުކޮށް ވެސް ކުރުކޮށް ވެސް. ވަގުތު އިތުރުކޮށް ވަގުތު ބޭކާރުކުރާނެ ކަމެއްނެތް.
އެއް ހަރަކުން ދެ ކަށި .
11 February 2025
ވިސްނެނީ މަޖިލިސް މެޖޯރިޓީ އާއި ވެރިކަން ގެއްލުނީމައި. އަމިއްލަ ޕާޓީ މެމްބަރުންގެ ސުވާލު ތަކަށް ޖަވާބު ނުދޭން ވިޕްލައިން ނެރުނު ޕާޓީ ގެ މިހާރުގެ ހާލަތު. ކަންދައްކަން އުޅޭނެކަމެއް ނެތް. މިހާރު ތިޔައީ އިތުބާރު ގެއްލިފައިވާ ޕާޓިއެއް .
އައަޔ
11 February 2025
ކިހިނެއް ވެގެތައް މިމީހުން މިއުޅެނީ. މަޑުންތިބެބަލަ. ކަލޭމެންވެސް ވެރިކަންކުރީ މާރީޗަކަށް ނޫނޭ. އެހެން ބަޔަކު ކުރަންޏާ ދެން ހަމަ ޖެއްސުންކުރުން މިއޮންނަނީ
ރައްޔި ތުން
11 February 2025
އެންމެ ވިޔާނުދާމީހުންގެ އަހުލާގު ކޮޕީކުރަންޖެހޭ..؟؟ބަޔަކު ބޮއިގެން އުޅުނިއްޔާ ކަލޭމެން ބޯންޖެހޭތަ..؟؟