12 ފެބުރުއަރީ 2025 - 13:06
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ވޭޕްގެ އާލަތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު މިއަދު އާންމުކޮށްފި އެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ވޭޕް ގެންގުޅެ އޭގެ ވިޔަފާރިކުރާ މީހުން ޖޫރިމަނާ ކުރެވުނަސް، އޭގެކުރިން އެތެރެކޮށްފައިވާ ވޭޕްތައް އަތުލުމުގެ ބާރު އެ ގާނޫނުން ދީފައެއްނުވެ އެވެ.
ހެލްތް މިނިސްޓްރީން މިއަދު ގެޒެޓްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާއެކު ބޭނުން ކުރުމަށް އުފައްދާފައިވާ އެއްޗެއް ބޭނުންކޮށްފިނަމަ ނުވަތަ އަތުގައި އޮތްނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ނުވަތަ އެ ނޫން ގޮތަކަށް ވެސް ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ މިފަދަ ތަކެތި އަތުލެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. އަދި އެފަދަ ތަކެތި އަތުލުމަށް ފަހު އަނބުރާ ނުދެވޭނެ ކަމަށާއި އަދި އެ ތަކެތި ނައްތާލެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މިގޮތަށް ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ވޭޕް ބޭނުންކޮށްގެން މިހާތަނަށް 29 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފިނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ހިލޭ ވޭޕެއް ދީފިނަމަ 10،000ރ އަދި ވޭޕް ވިއްކައިފިނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަކީ
12 February 2025
ފުރަތަމަ ފުލުހުންގެ ޖީބުތައް ޗެކު ކުރަންވީ. ސިފައިންނާ ފުލުހުން ޑިއުޓީ ގަޑީގަވެސް ދަމާލަ ދަމާލަ ތިބެނީ. ޔުނިފޯމް އަޅައިގެން ތިބެ.
އާދަނު44
12 February 2025
ފުލުހުންނަށް ކަމެއް ނުކުރެވެނީ ބާރުނުލިބޭތީތޯ؟ ކެފޭ/ހޮޓާ ތަކުގައި ސިގިރޭޓް ބޯއިރު ނުހުއްޓުވަނީ ބާރުނެތީމަތޯ؟
ބްލެޑަރ
12 February 2025
މިހާރު ބޭނުން ނުކޮށް ހުރި ވޭޕް ބަލާ ފުލުހެއް މިގޭ ދޮށަށް ފޮނުވަ ދީފާނަންތޯ؟
ކަސިދފދިި
12 February 2025
ތިޔަ ބޭފުޅާ އަށް އެތަކެތި އަމިއްލަފުޅަށް ނައްތާލުމުގެ ފުރުޞަތު އަދި އެބައޮތް.
އަޅި އަލީ
12 February 2025
އަދި ވޭޕް ގަންނަން ގެންގުޅޭ ލާރިއޭ ކިޔާފަ ވޮލެޓްގަ ހުންނަ ލާރި ކޮޅު އަތުލާ ހިސާބައްވެސް ދާނެ! ކޮބާ މަމެންގެ މިނިވަންކަން!
ވޭޕުއަޅު
12 February 2025
ކޮން މިނިވަން ކަމެއް... ޗަކޮއި ތިހިރީ ވޭޕުގެ އަޅަކަށްވެފަ! އަނބިދަރިންނަށް ކާން ނުދެވުނަސް ވޭޕު ގަންނަން ފައިސާ ވޮލެޓުގެ ހުރޭ ވިއްޔަ.
ޑްރަގް
12 February 2025
ތިޔަށް ޑްރަގް އަޅާ ބޮއެ. ވިއްކާ އެންމެން މުއްސަނދި ވީ އިރު ވެސް ކަލޭމެންނަށް ނޭގޭ.
ގޭންގްސްޓާސް ޕެރަޑައިސް
12 February 2025
ޑުރަގާ ގޭންގުނޫން ހުރިހާކަމެއް މިޤަޢުމުގަ ހުއްޓުވޭނެ
ޒެން
12 February 2025
އަހަރެންގޭ ދޮށުގައި (ބައްޗުހޮޓާ ހިސާބު) ވަރަށް އުޅޭނެ ތީގެ މީހުން. ހާއްސް ކޮށް ބުރާސްފަތި ދުވަހުގެ ރޭ އެއީ، ޕާރޓީ ނައިޓް. މިހިސާބު ގަ ފޯރި މަރަންޖެހޭ.....
އޮަޓޯ
12 February 2025
ވަރަށް ސަޅިކަމެއް. ދެން ހުއްޓުވަންވީ މަގުމަތިންދާ މީހުންގެ ގަޔަށް ސިގިރޭޓުން ދުންއެރުވުން. މިހާރުވެސް މަގުމަތީ ހޮޓާ ހަދައިގެން ދުންއަރުވާވަރުން ކެތްވާވަރެއް ނޫން.
ހިޔާލް
12 February 2025
ގަޓެއް ހުރިއްޔާ ރާއްޖެއަށް ސިގިރޭޓް އެތެރެ ކުރުން ހުއްޓުވާބަލަ. އޭރުން ތިބުނާ ދުންތަކެއް އަރާ ތިޔަ ގެންގުޅޭ، ފުއްޕާ މޭ ހަލާކެއް ނުވާނެ ކަންނޭންގެ.
ނޯބަލް
12 February 2025
ތިކަން ހިއެއްނުވޭ ކުރަން ކެރޭނެހެން،
ދޮހޮއްތު
12 February 2025
ތީ ބޮޑު ވަރު...
ފޮނިފޮނިޓައްޕު ކުމާރު
12 February 2025
ތީ މޮހޮނަށް ދޯނިދިންހެންކުރި ކަމެއް. އަތުގާ އޮތިއްޔާ އޭނާ ގައިގާނުޖެހި ކިހިނެއް ފުލުސްމީހާ އެއަތުލާނީ. ޖެހިލުމާއެކު އޭނާ ދުއްވައިގަންނާނެ ހުރިއްޔާ ހުރި ކޮމިޝަނަކަށް. ގޯސްވާނީ ފުލުސްމީހާ.
ހިޔާލް
12 February 2025
މިހާރު ހުރި އެއްވެސް ކޮމިޝަނަކުން، އެއްވެސް މިނިސްޓްރީއަކުން ވާކަމެއް އެބަ އޮތްތަ؟ މުޅިންވެސް އެތާގެ ވެރިން އަމިއްލަ ޖީބު ބޮޑުކުރުމާ، ދެން ތިބި ބަޔަކަށް ފައިދާ ވާ ގޮތަށް ރައްޔިތުންގެ ލާރި ކެއުން ނޫންކަމެއް ވެތާ؟