ޕީސީބީ އިދާރާ: ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަން ވަނީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް އަންގާފައި. -- ފޮޓޯ: މިހާރު
12 ފެބުރުއަރީ 2025 - 16:17
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ކުންފުނިތަކަށް ޕީސީބީއިން މިއަދު ފޮނުވި ސާކިއުލާއެއްގައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ހާލަތުން އަރައިގަނެ، ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އެ ސާކިއުލާގައި އަންގާފައިވަނީ ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމަށެވެ. އަދި ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށް އަންގާފައިވެ އެވެ.
ބޭރު ގައުމުތަކަށް ކޮންމެހެން ދަތުރެއް ކުރަންޖެހިއްޖެ ހާލަތެއްގައި ވެސް ބިޒްނަސް ކްލާސް ނުވަތަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށާއި އަދި ދަތުރުގެ ހަރަދުތައް ބޭރުގެ ފަރާތްތަކުން ދިން ނަމަވެސް ކުންފުނިން އެކަމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް ވަނީ އަންގައިފަ އެވެ.
ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި ކެއުމުގެ ހަރަދުތައް ކުޑަކުރުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ. އަދި ކުންފުނިތަކަށް ސީދާ ގޮތުން ފައިދާނުވާ މަހާސިންތާތަކާއި ފެއާތަކުގައި ބައިވެރިނުވާ ވެސް އަންގާފައިވެ އެވެ.
- ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މީހުން ނުނެގުން.
- ޕީސީބީން އާންމުކޮށްފައިވާ މިންގަނޑާ އެއްގޮތަށް ނޫނީ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުން.
- އިތުރު ގަޑީގެ މަސައްކަތްތައް ކޮންމެހެން ކުރަން ޖެހިގެން ނޫނީ ނުކުރުން.
- ޑޮލަރުން މުސާރަ އާއި އިނާޔަތް ދިނުން ހުއްޓާލުން.
- ކޮންމެހެން ކުރަންޖެހޭ ޖެހިގެން ނޫނީ މަސައްކަތެއް އައުޓްސޯސް ނުކުރުން.
- މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ، ޕްރޮޖެކްޓްތަކުގައި އެ މުވައްޒަފުން ބޭނުންކުރުން.
ޕީސީބީން ވަނީ ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭނެ ނަމަ އެކަން ކުރުމާއި ކަރުދާސް ސްޓޭޝަނަރީސްއަށް ކުރާ ހަރަދު ކުޑަކޮށް މުއާމަލާތްތައް ޑިޖިޓަލް ކުރުމަށް ވެސް އަންގައިފަ އެވެ.
އިވެންޓުތަކަށް ކުރާ ހޭދަ ކުޑަ ކުރުމާ އެކު ސީއެސްއާރު އަދި ސްޕޮންސާޝިޕް ދިނުމުގައި ވެސް ޕީސީބީގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ސާކިއުލާގައި އަންގާފައިވެ އެވެ. އަދި ފާސްކޮށްފައިވާ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އިތުރު ހަރަދުތައް މިވަގުތު ނުކުރުމާއި އިސްރާފު ކުޑަކުރަން މަސައްކަތް ކުރުމަށް ވެސް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނަސްް
13 February 2025
ވަރަށް ބަރާބަރު ކަންކަން. އިތުރު ގަޑީގެ މަސައްކަތްތައް ކޮންމެހެން ކުރަން ޖެހިގެން ނޫނީ ނުކުރަން މަވެސް ގޮވާލަން. މުސާރަ އަކީ 15 ހާސްވިއްޔާ އޯޓީ ގޮތުގަ 20 ހާސް ލިބުނީމަ އެވަނީ ގޯސް. މިހުރިހާ ކަންކަން އެބަ ޖެހޭ އިސްލާހު ކުރަން. ސިޔާސީ މީހުން އެކަންޏެއް ނޫން. ކުންފުނިތަކުގެ އުޅޭ ސްޓާފުން ވަރަށް ޖަހާ ސަކަރާތެއް މީ.
ސުއްކި
13 February 2025
އެންމެ ފަހުން ހަގީގީ ފިޔަވަޅު އަޅަމުން މިދަނީ! މި ސިޔާސަތުތަކުގެ ސަބަބުން ބޮޑުތަނުން ރަނގަޅު ނަތިޖާއެއް ފެނިގެންދާނެ ކަމަށް މި ބަލަނީ
އައި.އެމް.އެފް
13 February 2025
ކުދިންނޭ. މީކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެއް ނޫން، ނުވަތަ ކުރާނެ ކަންކަމެއްވެސް ނޫން. މީ ހަމައެކަނި ބައިނަލް އަޤްވަމީ އެހީ ދޭ ފަރާތްތަކަށް ތިމަންނާމެން ޚަދަރު ކުޑަކުރަން ކަންތައް ކުރަމޭ ބުނަންވެގެން ތިލަ ކޮށްލައިގެން އުޅޭ ބަހަނާތަކެއް. އެއްއަތުން ބުނާނީ ހޯހޯ އޭ، އަނެއް އަތުން ނެގުނު ވަރަކަށް ނަގާނީ.
ނަސީހާ
13 February 2025
ކޮން ޚަރަދެއްތޯ ކުޑަވާނީ ބައެއް ރަށްރަށުގަ ފެނަކައިން އެބަތިބޭ ހަމައެކަނި ގަޖެއްދޮށް ކުނިކަހާލަން ބޮޑު 4 ފިރިހެނުން ބައިތިއްބާފަ. ކުނިކަހާލީމަ އެނިމުނީ.
ފާރިޝްް
13 February 2025
ސަރުކާރުން ހަރުކަށި ނިންމުންތައް ނިންމަނީ ގައުމުގެ ކުރޮިމަގަށް ބަލާފަ. އަޅުގަނޑުމެން މި މަސައްކަތްތަކަށް ތާއީދު ކުރަން ޖެހޭނެ
މޫޝަން
13 February 2025
ސަޅި ކަންކަން ހައްތަހާވެސް ކަންކަން ހަރަދު ކުޑަ ކުރުމުގެ.
ދިވެހިންގެރާއްޖެ
13 February 2025
ނިމިދިޔަވެރިކަމުގަވެސް ވެރިން ބޮޑެތި މުސާރަތަކާއިއެކު ހަމަމިގޮތައް ޙަރަދުކުޑަކުރަަން ގޮވި! ރައްޔިތުމީހާ ހަނާކުރާ ވެރިކަމެއް މިދިވެހިރާއްޖޭގައި ނުއުފެދޭނެ ގޮތެއްބަލަންވެއްޖެ!
ލިއްބެ
13 February 2025
ގޮވީނު ހަމަ އެކަނި. އަހަރުންނަށް އޭރުވެސް އިނގޭ ހުސް ވާހަކަކަން އެއީ. އެހެންނު ވާނީ އެވަރަށް ލާރި ޗާޕު ކުރި. ނުވިތާކަށް ވައްކަންތައް އުޅުނީ އަތަކުފަތަކު ނުޖެހި. އަދި ވައްކަން ކުރާ މީހުން އިނގޭއިރުވެސް ފިޔަވަޅެއްވެސް އަޅަނީކީ ނޫން. ތަފާތަކީ މިއަދުގެ ސަރުކާރުން ކުރީގެ ސަރުކާރާ ހާސްބައި ތަފާތު. މި ސަރުކާރުގަ ރައްޔިތު މީހާ ހަނާވިޔަކަ ނުދޭނެ
ިސުސހ
13 February 2025
މަސައްކަތްކުރާ އިދާރާއެއް ނޭނގޭ ސިޔާސީ ވެރިންވެސް އެބައުޅޭ އެންމެ މީހަކު ދިހަ ބާރަ ސިވިލްސާވަންޓުންގެ މުސާރަ ކާލަކާލާ. މި ބައިގަނޑު މަދުކުރާކަށް ނުވޭ؟
ާއަހުމިއްޓޭ
12 February 2025
ބަލަގަ އިހަށްދުވަހު ނޫންތަބުނީ ރިސޯޓްތަކުން ޑޮލަރުމާރުކުރަން ފެށީމަ ދައުލަތަށް އިނގުންވިވާހަކަ. ދެން އަހަރެމެން އާދައިގެ މުއައްޒަފުންނަށް ކޮންދުއްޕާނެއް ކުރާކަށްތަ.
ކޮރަލް
12 February 2025
ކުރީގެ އަދި މިހާރުގެ ، ރައީސުންނަ ށާއި މަޖްލިސް މެމްބަރުންނަށާއި މިނިވަން މުއައްސަސާ ތަކާއި ގާޒީން އާއި ކުންފުނި ތަކުގެ ވެރީންނަށް އެކި ނަން ނަމުގަ ދޭ ފައިސާ ތައް މަދު ކުރަން ވީ އެވެ.