ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ޕުޓިންއާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
13 ފެބުރުއަރީ 2025 - 05:44
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އަލުން ވަޑައިގެން ފަހުން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ފުރަތަމަ ފަހަރަށް ފޯނުން ވާހަކަ ދައްކަވައިފިކަން ހާމަކުރެއްވުމާ އެކު ސައޫދީގައި އެ ދެ ބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ޔުކްރެއިން ހިފުމަށް 2022 ވަނަ އަހަރު އަމުރުކުރެއްވި ޕުޓިންއާ އެކު ފޯނުން ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި ކަމަށެވެ.
ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ޓްރަމްޕު ވަނީ މިކަމުގައި ޔުކްރެއިންއާ އެއްވެސް މަޝްވަރާއެއް އެމެރިކާއިން ނުކުރާ ކަމަށް ބުނާ ވާހަކަ ދޮގު ވެސް ކުރައްވައިފަ އެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ އޭނާ [ޕުޓިން] މިތަނަށް ވަޑައިގަންނަވާނެ ކަމަށް، އަދި އަޅުގަނޑު އެތަނަށް ދާނެ ކަމަށް - އަދި ފުރަތަމަ ފަހަރަށް ސައޫދީ އަރަބިއްޔާގައި ވެސް ބައްދަލުވާނެ ކަމަށް ބެލެވޭ،" ޕުޓިންއާ ބައްދަލު ކުރައްވަން ނިންމަވާފައިވާ ގޮތާ ބެހޭ ގޮތުން އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ދުރު ނޫން މުސްތަގުބަލެއްގައި އެކަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ހަފުތާގައި ރަޝިއާ އާއި އެމެރިކާ ގައިދީން ބަދަލުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް މި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރަޝިޔާއިން އިން ބުނީ ޕުޓިން އާއި ޓްރަމްޕުގެ ފޯން ކޯލް ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ ކަމަށެވެ. އެ ބޭފުޅުން "އެކުގައި މަސައްކަތް ކުރަންވީ ވަގުތު ޖެހިއްޖެ" ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަތް ކަމަށާއި ޕުޓިން ވަނީ ޓްރަމްޕް ރަޝިޔާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައި ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕު ކުރިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަގާމާ ހަވާލުވެ ވަޑައިގަތުމުގެ 24 ގަޑިއިރު ކުރިން ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައުނިޒާމު
15 February 2025
ދުނިޔޭގެ އައުނިޒާމެއްގެ ފެށުމުގެ ކޮޅުމަތި. ދެންފެންނަނީ ބާރުގަދަ ގައުމުތައް އެއްބައިވެ ދެރަވަރުގައުމުތައް ފެލަން ފަށާތަން. ދުނިޔޭގަކުރިންއޮތް އިސްތިއުމާރީ ދުވަސްވަރު އަނެއްކާވެސް އިޔާދަވަނީ. ކަލޭމެންޔުކްރޭނުން ހިފިބިންތައް ކަލޭމެންނަށޭ އަހަރެމެންނައް ގާޒާ ދޫކޮއްލާށޭ ބުނާނެ. ބޮޑެތިގައުމުތައް ފަހަރަކު ގައުމެއް މިނިޒާމާގުޅޭނެ އެއީ އެހުރިހާގައުމެއްވެސް ތިބީ ބޮޑެތި ދަރަނިތަކުގަ އެދައްކަން އެންމެފަސޭހަ ގޮތަކައްވާނީ ނިކަމެތން އިތުރައް ނިކަމެތިކޮއްގެން.
އަފްރާސިޔާބު
13 February 2025
ޓްރަމްޕާ ބައްދަލުކުރަން ސައުދީ އަށް ރަޝިޔާގެ ރައީސް ދަތުރުކުރުން ރައްކާތެރިއެއްނޫން. އެމް.ބީ.އެސް އަކީ ޓްރަމްޕްގެ އަޅެއް. ސައޫދީގައި އެމެރިކާގެ ސިފައިން އެބަތިބި. ހަމަ ޕުޓިން ވަޑައިގަންނަވާއިރަށް ހަމަލާދީ އަވަހާރަ ކޮށްލާފައި އީރާނުގެ ބޮލުގައި އެކަން އަޅުވާފައި އީރާނަށް ޙަމަލާދީ ފުޑުފުޑް ކޮށްލާނެ. އެމެރިކާގައި ޓްރަމްޕަށް ހަމަލާދިނީ އިރާނުންނޭ ބުނާ ބަޔަކު މިކަންކުރުމަކީ އަދި މާ ފަސޭހަ ކަމަކަށްވާނެ.
އަސަރު68
13 February 2025
އަހަރެން ހިތަށްއަރަނީ އެމެރިކާގެ ރައީސަކަށް މިހާރު އެހުރީ ބޯހަމަޖެހޭ މީހެއްބާއޭ. މުޅިދުނިޔެ ބަނޑުދަށަށް ނުލެވިގެން. މިމީސްމީހުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. މަހަމަ ހައްޕު. ދެންނެތިން ތިޔަ ޓައްޕުގަނޑު ތަޅުވާކަށް.
ސާންޑު
13 February 2025
ދެމީހުން އެކަކުއަނެކަކުގެ ބޮލަށްނާރާތި.
އެކޮއި
13 February 2025
އެމެރިކާ އަދި ސަޢުދީންވެސް ޔޫކުރެން ހަނގުރާމައާމެދު އެހާ ކަންބޮޑުވާ ސަބަބުތަކެއް ހުންނާންކަން ކަށަވަރު. ސަޢުދީއަކަށް ނުފެނުނު ފަލަސްތީނޭކިޔާ ޤައުމެއް އޮންނަކަމެއްވެސް. އިސްލާމީ އުންމަތުގެ ހަލާކުކަމުގައި ސައުދީ ވެއްޖެ