މާލެ-ހުޅުމާލެ ހައިވޭގައި ހުންނަ ސޯލާ ޕެނަލްތައް: ފްލޯޓިން ސޯލާ ޕްރޮޖެކްޓް 2027 ވަނަ އަހަރަށް ނިންމުމަކީ އަމާޒެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ފެބުރުއަރީ 2025 - 21:48
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓު ކަމަށްވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ ބިޔަ މަޝްރޫއަށް ހުއްދަ ދީފި އެވެ.
އަވިން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް މި ޕާމިޓް ދޫކޮށްފައިވަނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަން ކުންފުންޏަށެވެ.
މި ބޮޑު މަޝްރޫއު ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ ކެނެޑާ ކުންފުންޏަށް އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ދީފަ އެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރުގެ އޭޕްރިލް މަހުގެ ކުރިން މި ޕްރޮޖެކްޓް މޮބިލައިޒްކޮށް، 2027 އަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. އޭރުން ތެލަށް އަހަރަކު ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.
މި ޕްރޮޖެކްޓުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ސޯލާ ސިޓީ ތަރައްގީކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އިޔާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާ އެކު، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓަކީ 187 މިލިއަން ޑޮލަރު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
15 February 2025
ބޭރުގެ އިންވެސްޓަރުން އަމިއްލަ ޚަރަދުގަ 100 މެގަވޮޓުގެ ސޯލާރ ހަކަތަ އުފައްދާފަ ސަރުކާރަށް ކަރަންޓު ވިއްކަން މިއުޅޭ ޕްރޮޖެކްޓް ކާމިޔާބު ވެއްޖިއްޔާ ރަގަޅު. ބަލަން ޖެހެނީ ސަރުކާރަށް ކަރަންޓު ވިއްކަން ހުށަހަޅާ އަގަކީ ކޮބައިތޯ؟ އަދި މި ޕރޮޖެކްޓް ނިމުމުން 2027 އިން ފެށިގެން ރައްޔިތުންނަށް ކަރަންޓު އަގުހެޔޮވާނެ ކަމުގެ ޔަގީންކަން. ޔުނިޓެއްގެ އަގު ވަރަށް ހެޔޮވާންޖެހޭނެ. ކަރަންޓު އަގު ހެޔޮނުވާނަމަ ބޭކާރު ކަމެއް!!
ސާވަދާން
14 February 2025
ތިޔަ ފަޅު ކުއްޔައްދިނީމަ ލިބޭ ޑޮލަރު ތެޔޮގަންނަން ބޭނުންވާ ޑޮލަރައް ވުރެ ގިނައިއްޔާ ދަރުމަހުރި
ލުހާމް މުހައްމަދު
14 February 2025
ހަމަ ޔަގީނުންވެސް މިދިޔަ 5 އަހަރު މިކަހަލަ މެގަ ޕްރޮޖެކްޓް ނުވަތަ އިންވެސްޓްމެންޓް ގެނެވިފައެއް ނެތް
އަޖްމަލް ސިއްދީގް
14 February 2025
ތަރައްގީ ރައީސް މިދަނީ ހަމަ ބާރު ސްޕީޑުގައި ގެންނަމުން. އިދިކޮޅަށް ހަޖަމެއް ނުވާނެ
ސްޓެލްކޯ މުދީރު
14 February 2025
ތިޔައީ ނިމިދިޔަ ސަރުކާރުން ރާވާ ހަނަޖައްސާފަ އޮތް ޕްތޮހެކްޓެއް.
ޏާއްކޮ
14 February 2025
މާ ތާހިރުވާނެ ފްލޯޓިން ސިޓީއާއި އެޔާ އެއްކޮށް ދަވާލި ލާރިގަނޑުގެ ވާހަކަ ދެއްކިއްޔާ
އައްޑޫން އަޒާން
14 February 2025
މި ސަރުކާރުން ތިހެން ސޮއިކުރި އެއްވެސް މެގަ ޕްރޮޖެކްޓެއް މަސައްކަތެއް އަދިވެސް ނުފެށޭ.. ތިނަދޫ އަދި ވިލިގިލި އިންޓަނޭޝަނަލް އެއަރ ޕޯޓް. ހުޅުމީދޫ ބުރިޖް. 8 މަހުން ނިންމަން ބުނި ރަސްމާލެ... ޢުއްމީދަކީ މިފަހަރު ތި ޕްރޮޖެކްޓް ހަމަ އެކަނި އަޅާލި ސޮޔަކަަށް ނުވެ އަވަހަށް ނިމި ރަށްޔިތުންނަށް އަގުހެޔޮ ކަރަންޓް ލިބުން...
ދިވެހީން
14 February 2025
މިކަން ކޮށްލެވޭ ވަރުގެ ދިވެއްސެއް ހަމަ ނެތީ؟
އަލީރާޖާ
14 February 2025
ބޭރު ބަޔަކު ތިކަން ކުރީމާ، ނޫނީ ޑޮލަަރުން ލޯނުނަގައިގެން ކުރީމާ ފައިސާ ދައްކާނީ ދިވެހި ރުފިޔާއިން؟
ސިފަތުﷲ
14 February 2025
ޔާމީން ހީކުރީ އޭނައަށް އެކަނި ކަމަށް ގައުމު ހިންގޭނީ. އިންވެސްޓަރުން ގެނެވޭނީ. ހެހެ. ފެނޭތަ؟
ރުވޭދާ ރަމީޒް
14 February 2025
މުޅި އިގްތިސާދު ސިންދަފާތް ކުރަމުން އަދުގެ ރައީސް ދާތަން ފެނިގެން މިދަނީ. މިހެން ވާންޖެހޭނެ