ޔާމީން: ޔާމީން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައި
14 ފެބުރުއަރީ 2025 - 22:23
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީންގެ އެއްބަސްވުން އާނުކުރަން އެ ކުންފުނިން ނިންމުމުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހަޅުއްވައިފި އެވެ.
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރުގެ މާގަމަށް ޔާމީން އައްޔަން ކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 2023 ގަ އެވެ. އެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށެވެ.
ނަމަވެސް، ޔާމީންގެ އެއްބަސްވުން އާނުކުރާނެ ކަން އަންގާފައިވަނީ އޭގެ އެއް މަސް ފަހުން މިދިޔަ ޖެނުއަރީ މަހު އެވެ.
ޔާމީން "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބެއްލެވުމުގެ ދަށުން އޭނާ ވަނީ ދާއިމީ މުވައްޒަފަކަށް ވުމަށްޓަކައި އެޕްރައިސަލް ފުރިހަމަ ކުރައްވައިފަ އެވެ. އަދި ވަޒީފާ ދާއިމީ ކުރަން ވެސް އޭރުގެ އެމްޑީ ފަޒުލް ނިންމަވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ގަބޫލުކުރަނީ މިހާރު އަޅުގަނޑަކީ ދާއިމީ މުވައްޒަފެއް ކަމަށް،" ޔާމީން ވިދާޅުވި އެވެ.
އެހެންވެ، ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހުއްޓާ، އޭނާގެ އެއްބަސްވުން އާނުކުރަނީ ކަމަށް ވިދާޅުވެ، ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
މި އުޅޭ މައްސަލަ [ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން] އާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވެސް ތުހުމަތެއް ވެސް ކޮށްފައެއް ނުވޭ،"--- ޔާމީން
އެއް އަހަރުގެ އެއްބަސްވުން ހަމަވިތާ ވެސް އެއް މަސް ފަހުން އެއްބަސްވުން އާނުކުރަން ނިންމާފައިވާ ކަމަށް ކަމަށް އަންގައި ސިޓީ ފޮނުވާފައިވަނީ ކޮން އުސޫލަކުން ކަމެއް ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީންގެ އެއްބަސްވުން އާނުކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ނިންމި ސަބަބެއް ވެސް ސާފުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އުޅޭ މައްސަލަ [ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން] އާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވެސް ތުހުމަތެއް ވެސް ކޮށްފައެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ އެއްބަސްވުން އާނުކުރަން އެޗްޑީސީން ނިންމާފައިވަނީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ތަހުގީގާ ގުޅިގެން ޔާމީން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އަދި ފަހުން އެ ސަސްޕެންޝަން އުވައިލުމަށް ފަހު އެވެ.
ޔާމީންގެ އިތުރުން އެޗްޑީސީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދު ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކުރުމާ އެކު، އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އެކަމަކު، އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް ކަމާ ގުޅޭ އިދާރާތަކުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
16 February 2025
އެއްބަސްވުން އާނުކުތަން ނިންމީ އެއްބަސްވުން އެކުލަވާލި އިރު އެކައުންޓްގައި ހުރި ފައިސާއާއި މުއްދަތު ހަމަވިއިރު ހުރި ފައިސާގެ އަދަދު ބަލާލާފަ މުސާރައަށްވުރެ މާގިނަ ފައިސާ އެކައުންޓަށް ޖަމާވެފައި ހުރީމައާއި ތިޔަ އެއްބަސްވުމަކީ މަޤާމެއް އޮވެގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ މުސާރައެއްދީފައި ފަޒުލް ބެހެއްޓީ މީހަކަށްވާތީ ފަޒުލު ދިއުމުން ކޮންޓެކްޓްވެސް ދިޔައީކަމަށް ނިންމާފައި.
ސިވިލްސާރވަންޓް
15 February 2025
އަހަރުމެން ޙައްގު ހޯދަން ދާނެތަނެއްނެތް. 2009 ވަނަ އަހަރު މުސާރަ ބޮޑު ކުރިފަހުން އެ އަށް އެއްވެސް ބަދަލެއް ނުގެނޭ. ކޮންމެވެސް އެލަވަންސެއްދީފަ ނިންމާލަނީ. ރިޝްވަތުހިފާފާނެތީ ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްފި. ޢިއްޒަތުން ޢިއްޒަތް ލިބިގަތުމާއެކު މަޖިލިސް މެމްބަރުން ލައްކައެއް ނަގާ. ޑޮކްޓަރުންނާއިނަރުހުން ގެ މުސާރަ ބޮޑުވެއްޖެ. ޢާންމު ސިވިލްސާރވަންޓުން ހަމަ ތިބި ގޮތުގަ. ޔާމީނަށް ކާމިޔާބު ވެއްޖީޔާ ބުނެލައްޗޭ. މަވެސް މައްސަލައެއް ލާންކަމަށް.ޒާތިނުވައްޗޭ.
އެޑްމުންޑޯ
15 February 2025
ދާއިމީ މީހަކު ދެން ކޮން އެއްބަސްވުމެއް
ހޭޒަލް 98
15 February 2025
ލަދު ހަޔާތުގެ ކަންފުޅެއް ހުރިނަމަ ވެސް ނުކެރޭނެ ޓްރިބިއުނަލް އަށް ދާން ، މީހާުރުވެސް އެތަށް ކޮރަޕްސަނެއް ހިންގާފަ ކޮން ވައްތަރަކަށް ތަ ތި އުޅޭނީ
ސައްތާރޫރޫ
15 February 2025
މީނައަކީ އެމް ޑަބުލިއު އެސްއީގަ އުޅުނު އިރުވެސް ފަޒުލްގެ ބޯއިއެއް... އޭރުވެސް ވަރަށް ގިނަކަންތައް ސިސްޓަމް ބޭރުން ކުރާވާހަކަ އަޑުއަހަން.... ފަޒުލްބޭބެއަށް ގޯތިދިނުމުގައި ވެސް މީނަގެ އަތެއްވުން ވަރަށް ހީވޭ.... އަދި ވިނަރެސް ފުލެޓްވިއްކުމުގައިވެސް މީނަގެ އަތެއްވުން ވަރަށްގާތް.
ޙިޔާލުތައް
15 February 2025
ހުޅުމާލޭގެ އިއުލާން ކުރި ކިއޮސްކްތައް ގުރުއަތުން ލިބުނީމަވެސް ބަހާލީ މިހަމަ މިޔާމީން، ޕާކިން ބިލްޑިންތައްވެސް ބަހާލީ ހަމަ ތިޔާމީން، ވަކި ބަޔަކަށް ސްޕޮންސާސްވެސް ދިނީ ހަމަ ތި ޔާމީން، ވަކި ސްޓާފުންތަކެއް ކައިރި ކޮށްގެން އެހެން ސްޓާފުންނަށް ބިރު ދައްކާ ޑީއެމްޑީ ގެ މަގާމަށް ދަހި ވެތި ވެގެން ކުރި ވައްކަން ތަކުގެ ބައިވެރިވީވެސް ތި ޔާމީން.
މުސްތަފާބެ
15 February 2025
މި ހާދަ މޮޔަ ސޮރެކޭ .
އޮނަރަބްލް އަފީފު ދީދީ
15 February 2025
އިބްރާހިމްގެ މައްޗަށް އަމުރުމަޢުރޫފް ހިންގި އެބޭޅާގެ ވަޒީރުންގެ ގޮތުގައިތިބި ކ.އަތޮޅު މާލޭމީހުނާއި އަދި މަޖިލިސް މެންބަރުންގެ ގޮތުގައިތިބި އެރަށު މެންބަރުން އިބްރާހިމްގެމައްޗަށް ބާރުހިންގައިގެން އެމީހުންގެ އާއިލީ މީހުނަށާއި އެރަށު ބޮޑުންނަށް "ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ބޭނުމަށްޓަކާ" އެއްވެސް ހަމައެއް އުސޫލެއްނެތި "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތުގެ ދަށުން ބަހާލި ގޯތިތައް" ކެންސަލްނުކޮށް މިމީހުންވެސް ބެލީ އޭގެތެރެއިން ނާޖާއިޒު ފައިދާ ނަގަން.
މަޖިން
15 February 2025
ތިބުނީސުވާލެއްނުކުރާވާހަކަ އެކަމާބެހޭސުވާލެއްނުކުރާނެ އެއީމެންބަރުންނަ މުސާރަދިނުމަށްކުރިކަމެއް އެކަމާބެހޭސުވާލެއް ފަޒުލްއާވެސްނުކުރޭ
ބަގުޅިބައްދައިގެން ހުރޭ
15 February 2025
ލިއުމުން އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައި. އައު ނުކުރާނެކަމަށް ލިއުމުން އެ އޮތީ އަންގާފަ. ކޮންޓްރެކްޓް ގެ މުއްދަތު ހަމަވުމަށްފަހު ވެސް އެތާނގައި މަސައްކަތް ކުރީ މީހަކު އަނގަބަހުން ބުނެގެން ނުވަތަ ދާއިމީކުރާނެކަމުގެ އިޝާރާތަކަށް ވިއަސް، ކޮންޓްރެކްޓް އަލެއް ނުކުރޭ، ދާއިމީ ވަޒީފާގެ އެއްބަސްވުމެއްގައި ސޮއެއް ނުކުރޭ. ބުންޏޭ ބުންޏޭ ކިޔައިގެން އަލުން ވަޒީފާ ހޯދެންޏާ ނުވަތަ ބަދަލެއް ލިބިއްޖެއްޔާ ދެން ތީ ވަރަށް ހެއްވާ ކަމަކަށްވާނީ. އިނގިދާނެތާ