އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުން މެދުކަނޑާލައި އާންމުން ޣައްޒާއަށް ވަނުމަށް ހުއްދަ ދިނުމާ އެކު އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ވަންނަނީ: ޣައްޒާގެ އާންމުން ބުނަނީ ކޮންމެ ހާލެއްގައި ވިޔަސް އެ މީހުން އެހެން ތަނަކަށް ނުދާނެ ކަމަށާއި އެ މީހުންގެ ވަޒަނުން ބޭރު ނުކުރެވޭނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
16 ފެބުރުއަރީ 2025 - 06:46
ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް އެތަނުން އާންމުން ބޭރުކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގެންގުޅޭ ޕްލޭނާ ގުޅޭ ގޮތުން އަރަބި ހަތަރު ގައުމެއް ބައިވެރިވިކޮށްގެން، އަންނަ މަހުގެ 20 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގައި ސަމިޓެއް ބާއްވަން ނިންމައިފި އެވެ.
މި ކަމުގެ މައުލޫމާތު އެނގޭ މީހުންނާ ހަވަލާދީ އޭއެފްޕީން ބުނީ މިސްރު، އުރުދުން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ލީޑަރުންނާ އެކު މި ސަމިޓް ބާއްވާނީ އޭގެ ހަފުތާއެއް ފަހުން ގާހިރާގައި ބާއްވާ އަރަބި ލީގުގެ ބައްދަލުވުމުގެ ކުރިން ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެހެން އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ޣައްޒާ އޮތީ ސުންނާފަތި ވެފައި ކަމަށާއި އެހެންވެ އެތަނުގައި މީހުންނަށް ނޫޅެވޭނެ ކަމަށާއި އެންމެން މިސްރާއި އުރުދުންއަށް ގެންދަންވީ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން ޣައްޒާ އަލުން ބިނާކޮށް ހިތްފަސޭހަ ތަނަކަށް ހަދާނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ވާހަކަތަކާ އެކު އަރަބި ގައުމުތަކުން ވަނީ އެއީ ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ވަޒަނުން ބޭރުކުރުން ކަމަށާއި އެކަމަށް އެއްބަސް ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުރާސްފަތި ދުވަހު ވިދާޅުވީ، ޣައްޒާއާ ގުޅޭ އާ ހުށަހެޅުންތަކެއް އަރަބި ސަރުކާރުތަކުން އަޑުއަހަން އެމެރިކާ ޝައުގުވެރިވާ ކަމަށާއި ނަމަވެސް "މިވަގުތު އޮތީ އެ ގައުމުތަކުން ނުރުހުނަސް އެންމެ ޕްލޭނެއް" ކަމަށާއި "އެއީ ޓްރަމްޕުގެ ޕްލޭން" ކަމަށެވެ.
އުރުދުންއަކީ މިހާރު ވެސް ފަލަސްތީނުގެ ދެ މިލިއަނަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅޭ ގައުމެކެވެ. އެ ގައުމުގެ 11 މިލިއަނުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ފަލަސްތީން ނަސްލުގެ މީހުންނެވެ.
ޣައްޒާ އަލުން އާރާސްތުކުރުމަށް މިސްރުން ހުށަހެޅީ ޣައްޒާގައި އާންމުން ތިބެގެން އެކަން ކުރެވޭނެ ގޮތަށެވެ.
ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރަން ކުރާ ކޮންމެ މަސައްކަތަކީ، 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި އިރު ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް ޔަހޫދީން އާބާދުކުރަން ހިންގި އަނިޔާވެރި "ނަކްބާ" ގެ އަނދިރި ހަނދާންތައް އާވެގެންދާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުމާ.
16 February 2025
ފަހެ އެބައިމީހުން ބުނެއެވެ. ލަޢުނަތްލެއްވުނު ޔަހޫދީން ވެސް ޝީޢީންނަށްވުރެ ރަނގަޅެވެ. މިގޮތަށް ވިދާޅުވާ ބޭކަލުންގެތެރޭގަ ޑޮނަލްޑު ޓުރަމްޕާއި އެރިއަލް ޝެރޯނާއި ނަތަންޔާހޫ އަދި ސައުދީގެ މުފުތީން ހިމެނެއެވެ. ތިއަ ސަމިޓުގަ އިރާނު ބައިވެރިނުކުރާނެ. ގެރެންޓީ.
ބައްޕު
16 February 2025
އަނެއްކާ އަޑިއަޑިން މިމީހުން މިކަމުގާ ޓުރަންޕަށް ތާއީދުކުރަނީބާ؟
ގޮރުނުދޯރިމަނިކު
16 February 2025
އަރަބިން ހަލާކުކޮށްލަން އެމެރިކާ އިގިރޭސިން އަދި ޔަހޫދީން ރާވާ ކޮންމެ ރޭވުމެއް ރޭވި ނިމިގެން ދަނީ ހިޖާޒުގައި އުޅޭބަޔަކަށް ރިސްވަތު ދީގެން އެމީހުންނާއި އެކު ބައިއަތު ހިފައިގެން. ފަލަސްތީނަށް ޔަޙޫދީން ޖަމާކުރަން ފެށުނީވެސް މިގޮތަށް މިބަޔަކާއި އެކު ސައްލާކޮށްގެން. މިހާރު ފަލަސްތީނުން މުސްލިމުން ހުސްކޮށްލަން އެއުޅެނީވެސް އެމީހުނާއި ސައްލާކޮށްގެން. ފަލަސްތީނު މިނިވަން ކުރެވޭނީ ހިޖާޒު ސަލާމަތްކޮށްގެން.
ސޖުން
16 February 2025
ތީ އަރަބިން އަމިއްލައަށް ކުރާކަމެއް. އަރަބިންގެ ކަންނެއްކަމާ ދުރުނުވިސްނޭކަމާ ކިތަންމެވަރަކަށް ފައިސާލިބުނަސް އޭގެ ބޭނުން ހިނފަން ނޭންގޭކަން. ތީގަ އެމެރިކާ ވެސް އިނގިރޭސިވިލާތް ވެސް އިޒްރޭލުވެސް ވަކި އަރަބިން ނުކުރާވަރުގެ ގޯސްކަމެއް ނުކުރެ!
ޢަލްޓިކޯ
16 February 2025
ވެރިކަންލިބޭ ކޮންމެ ފަހަރަކު ކޮސްގޮވާމީހެއް މީ.ހަމަ ތިގޮއި އެބަ އޮތެއްނު އެމެރިކާ އަށްވެސް ލޮސްއެންޖޮލިސް އެއޮތީ ތިކިޔާ ސުންނާފަތިވެފަ އެމެރިކާ މީހުން އެތަނުން ބޭރު ކޮށްފަ ސައުދީ ގަތަރު ދުބާއީގެ މުއްސަދިންއަޅންވީ ނު އެތަނަށް ކީއްކުރަން އެމެރިކާ މީހުންތިބެންވީ އެތާ.
ޖުލައި
16 February 2025
ޑޮލަރަށް ވަރަށް ފަސޭހައިން ގުޑާބައެއް މިހާރުގެ އަރަބިންނަކީ. މޭޒް ދޮށުން ޑޮލަރު ކޮޅެއް ދެނިކޮށް ފަލަސްތީނުގެ ކީކުރަން އަމިއްލަ ގައުމުންވެސް ބައެއް ވިއްކާލަފާނެ.
ހިތި ހަގީގަތް
16 February 2025
ފަލަސްތީނާއި މުސްލިމު އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތި ހާލަތުގެ ޒިންމާ އެންމެ ބޮޑަށް ނަގަންޖެހޭ އެއް ބަޔަކީ ތިޔަ ސަމިޓްގައި ބައިވެރިވާ ގައުމުތަކުގެ ވެރިން. އެބައިމީހުންގެ ވެރިކަން ދެމެހެެއްޓުމަށް އެމެރިކާއާއި ހުޅަނގުގެ އުނގަށް ވެއްޓިގަނެ، އެމީހުންގެ އަޅުންނަށް ވެ، އިސްލާމީ އުއްމަތް ގުރުބާންކުރުވުގެ ހިތި ނަތީޖާ މިއަދު މި ފެންނަނީ. ތިޔަަ .. މައްޗަަސް އިހްލާސްތެރި ވެރިންތަކެއް ނާންނަހާ ހިނދު ދެންވެސް ވާނީ އިތުރަށް ނިކަމެތި.