ކްރިމިނަލް ކޯޓް: ސާވާ މައްސަލަ ޖެހި، އެ ކޯޓުގެ އޮންލައިން ޝަރީއަތްތައް ވަނީ ހުއްޓިފައި --- ފޮޓޯ/މިހާރު
17 ފެބުރުއަރީ 2025 - 11:47
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ގެ ސާވާއަށް މައްސަލަ ދިމާވެ، ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް ހުއްޓިއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން، އޮންލައިންކޮށް ހިންގާ ހުރިހާ ޝަރީއަތްތަކެއް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހުއްޓިފައިވާ ކަމަށެވެ.
ޖާގައިގެ ދަތިކަމާ ހެދި ދަށު ކޯޓުގެ 80 ޕަސެންޓް މައްސަލަތައް މިހާރު ވެސް ހިންގަނީ އޮންލައިންކޮށެވެ. އޭގެ ތެރޭގައި ބަންދުގައި ތިބޭ މީހުންނާއި ރަށްރަށުގައި ހެކިވެރިން ތިބޭ މައްސަލަތައް ހިމެނެ އެވެ. ނަމަވެސް، ސާވާގެ މައްސަލައާ ހެދި އިންޓަނެޓާއި ނެޓްވޯކާއި ފޯނުލައިން ކެނޑިފައިވާތީ އެ މަސައްކަތަށް ވަނީ ބުރޫ އަރައިފަ އެވެ.
އެހެންވެ، އެ ކޯޓުގައި މިއަދު ކުރިއަށް ގެންދަނީ މީހުން ހާޒިރުކޮށްގެން ގެންދާ ޝަރީއަތްތައް އެކަންޏެވެ. އަދި ބަންދާ މެދު ގޮތެއް ނިންމަން ވެސް ގިނަ އަޑުއެހުންތައް އާންމުކޮށް ބާއްވަނީ އޮންލައިންކޮށް ކަމަށް ވިޔަސް، މިއަދު ބަންދު މަޖިލިސް ވެސް ކުރިއަށް ގެންދާނީ މީހުން ކޯޓަށް ހާޒިރު ކޮށްގެން ކަމަށް ކޯޓުން ބުންޏެވެ.
ކޮވިޑަށް ފަހު ގިނަ ކޯޓުތަކެއްގެ އަޑުއެހުންތައް ވަނީ އޮންލައިންކޮށް ބާއްވަން ފަށައިފަ އެވެ.
ނަމަވެސް ބައެއް މައްސަލަތަކުގެ އަޑުއެހުންތައް މީހުން ހާޒިރުކޮށްގެން ކުރިއަށް ގެންދަން ޖެހެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓު މިހާރު ހިންގާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ، އެ އިމާރާތުގެ ބައެއް ބޭނުންކުރުން ހުއްޓާލަން ޖެހުމުން އެ ކޯޓަށް ޖާގައިގެ ދަތިކަން ވަނީ ދިމާވެފަ އެވެ.
އެކަން ހައްލުކުރަން ހުޅުމާލޭގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީއަށް އެ ކޯޓުގެ މަސައްކަތްތައް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
18 February 2025
ތިޔަވާނީ ސާރވާ އަށް ކޮފީތަށި ބަންޑުން ދިޔައީ ކަމަށް.
މުޅިން ރަނގަޅެއް ނޫން އަދި.
17 February 2025
ސަރވަރ ހުއްޓުަނަސް، އިންޓަރނެޓް ލިބޭ ގޮތް ހަދައިގެން ޓީމްސް މެދުވެރިކޮށް ޝަރީޢަތް ހިންގާފައިވާނެ ސިވިލް ކޯޓުގައިވެސް. އޭގަ އޮންނަނީ ޤާޟީ އެކަމަށް ބޭނުންވުން. ޕެންޑަމިކުގައި، ބައެެއް ޤާޟީން ގޭގައި ތިއްބަވައިގެން ޓީމްސް މެދުވެރިކޮށްވަނީ ޝަރީޢަތް ހިންގާފައި. ސިވިލް ކޭސްތަކުގައި މީހާ ކަށަވަރުކުރަން އުނދަގޫނަމަވެސް، ކްރިމިނަލް ކޭސްތަކުގައި ގިނަފަހަރު ހައްޔަރުގައި މީހާ ހުންނަނީ ފުލުހުންނަށް އޭނާ ކަށަވަރު ކުރެވޭ. ވީމާ، ކީކޭ ބުނާނީ؟
ކޮރަލް
17 February 2025
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ގެ ސާވާއަށް މައްސަލަ ދިމާވެ، ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް ހުއްޓިއްޖެ އެވެ. އެންސީއައިޓީ އާ ތިޔަ ސާވާ ހަވާލު ކުރީމަ ނޫނީ ލިންކް އެއް ދިނީމަ ތިޔަ މައްސަލަ ދިމައެއް ނުވާނެ އެވެ.
ކެކެކެކެކެކެކެކެކެކެ
17 February 2025
އީ ދިވެހި ރާއްޖޭގެ އެއްބާރު ހުއްޓިފާ! އީ އެސްޓޯނިއާގަ ވެސް ވާގޮތް ކަންނޭގެ ދޯ؟
އައިދީން
17 February 2025
އަވަހަށް ސިވިލް ސާވިސްއިން ވަކިކުރި ޖާސޫސީ އިދާރާގެ ބޭފުޅުން ތިޔަތަނަށް ވައްދާށެވެ.
އޮނަރަބަލް ބަކުރޭ
17 February 2025
ކޯޓު ފުޜާޅުގައި ޓިނެއް ނެތް ޓެކްނޮލޮޖީން ހަބޭސް ކޯޓު ކުރިޔަށް. ސަރުކާރު އީ ގެ ޓެކްނޮލަޖީ ހަބޭސް ވާނެ.