ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ނިންމުމުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން މިއަދު ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
21 ޖުލައި 2025 - 08:04
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ކޯޓު އިމާރާތުގެ ނަމަކީ "ޖަސްޓިސް ބިލްޑިންގް އެނެކްސް" ކަމަށާއި އެ ދެ ކޯޓުގައި ޝަރީއަތް ކުރުމަށް ހާއްސަ 15 ކޮޓަރި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގައި ގާއިމްކުރާ ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރުމަށް ހާއްސަ 10 ކޮޓަރި އަދި ޑްރަގް ކޯޓުގައި ފަސް ކޮޓަރި ހުންނާނެ ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރުންނަށް ހާއްސަކޮށް 17 ކޮޓަރި ވެސް ޖަސްޓިސް ބިލްޑިންގް އެނެކްސްގައި ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއީ ކްރިމިނަލް ކޯޓަށް 12 އަދި ޑްރަގް ކޯޓަށް ފަސް ކޮޓަރި އެވެ.
"މިއީ ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ. ކޯޓު ރޫމުތައް އިތުރުވުމުގެ އިތުރުން ޖާގަ ވެސް ވަރަށް ބޮޑަށް ތަނަވަސް ވާނެ. މިއީ ފަނޑިޔާރުންނަށާއި އެ ކޯޓުތަކުގެ މުވައްޒަފުންނަށް ވަރަށް ފަސޭހައެއް. ކްރިމިނަލް ކޯޓު ބާވެ، އެ ތަނުގައި މަސައްކަތް ކުރަން ޖެހުނީ ވަރަށް ދަތި ހާލުގައި. ޑްރަގް ކޯޓު ވެސް އެހާ ދަތި،" ޑީޖޭއޭގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އާ އިމާރާތުގެ ފަސޭހަތަކާ އެކު، ޝަރީއަތްތައް ވެސް އަވަސް ކޯޓު ރޫމް މަދުވުމުގެ ޝަކުވާ މިވަގުތަށް ހައްލު ވާނެ އެވެ.
ޑީޖޭއޭ އިން މަސައްކަތް ކުރަނީ ހުޅުމާލޭގެ "ޖަސްޓިސް ބިލްޑިންގް އެނެކްސް" މި މަހުގެ ފަހުކޮޅު ހުޅުވާށެވެ.
އެޗްޑީސީން މިހާރު އަންނަނީ އެ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.
އެންމެ ބާރު ބޮޑު އެއް ކޯޓު، ކްރިމިނަލް ކޯޓު ހުޅުމާލެ އަށް ބަދަލުކުރަނީ އެ ތަން މިހާރު ހިންގަމުން އަންނަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެ އިމާރާތުގެ ބައިތައް ވެއްޓޭތީ އެވެ. އެ މައްސަލަތަކާ ހެދި ކްރިމިނަލް ކޯޓުގެ މަސައްކަތް ބައެއް ފަހަރު ހުއްޓި މަސައްކަތްތަކަށް ބުރޫއަރަ އެވެ. އެ ދަތިތަކާ އެކު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ.
އެ ކޯޓު ހިންގުން ވަގުތީ ގޮތުން ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރަން ވެސް ކުރިން އުޅުނެވެ. އެގޮތަށް ނިންމީ އެ ތަނުގައި ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑުވުމުންނެވެ. އެކަމަކު، ފަހުން ސަރުކާރުން ނިންމީ ކޮވިޑް ހޮސްޕިޓަލް އެއްކޮށް މަރާމާތުކުރުމަށް ފަހު އެ ތަނަށް ކޯޓު ބަދަލުކުރުމަށެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނު
23 July 2025
ޔެސް، ދުވަހެއް ވެއްޖޭ މީ ކޮން އިމާރާތެއްކަމެއް ނޭނގިގެން އުޅޭތާ
މަންސޫރު ހަމްދީ
21 July 2025
އެންމެ ފުރަތަމަ ވީ ތި ކޯޓު ތަކުގަ އުޅޭ މުވައްޒިފުން އޮފީހުގަ މައިތިރި ކުރަން. އޭރުން މައްސަލަތައް އަވަހަށް ނިންމޭނީ. އޮފީހަށްދާ ގޮތަށް އެ ނިކުންނަނީ ކޮފީއަށް ސަޔަށް. ކައިރީގަ ހުންނަ ކެފޭތަކުގަޔާ ހޮޓާ ތަކުގައި އަބަދު ތިޔަތަންތާގެ ސްޓާފުން ތިބޭތަން ފެންނަނީ. ކޮފީ ބުޔުމަގަޔާ ދުފުމުގަ. މައްސަލަ އވަސްވާނެވަރު ވިސްނާ.
ގޫރޭ
21 July 2025
މީ އެއުޅޭ ސަލީމް ގެ ވާހަކަ ދޯ
ޜަދުން
21 July 2025
މާލޭގަ ޖަސްޓިސް ބިލްޑިންގ ހުޅުވާދެމުން މައުމޫނު ބުނި މި އިމާރާތް އެޅުމުން ރާއްޖޭގެ އިންސާފު ގާއިމް ވެ ފުރިހަމަ ވީ އޭ
އެޗް އެމް
21 July 2025
ސުޕަރ ކޯޓު ހައި ކޯޓު ފެމިލީ ކޯޓު، ޖިނާއީ ކޯޓު، ފުލުސް ކޯޓު، އާމީކޯޓާއި، ޖުޑިޝަލް ކޯޓު، ޑްރަގުކޯޓު ކްރުމިނަލް ކޯޓު ފަދަ ކޯޓުގެ އިތުރުން ރަށުކޯޓުތަށް ވެސް އެބަތިބޭ. ނެރެވޭ ނަތީޖާގެ ނިސްބަތަށް ބަލާ ނަމަ އަދިވެސް ބޮޑުތަނުން އިތުރު ކުރަން ފެނޭ.
ޜަދުން
21 July 2025
މާލޭ ގަ އިމާރާތް
ގަރުބަޗޯފު
21 July 2025
މަބުނީ ކ.ހުޅުމާލޭގަ ކޯޓު އިމާރާތެއް ހަދަންޏާ ބިންކޮޅު ގަންނަ ނަމުގަ އެރަށު ރަށުއޮފީހަށް އެތައް ސަތޭކަ މިލިއަނެއް ދައްކަންޖެހޭގޮތަށްތަ މިހާރުވެސް އޮންނަނީ.
ގައުމީ ދޫ
21 July 2025
އިމާރާތްތައް ހެދިދާނެ. އެކަމުގެ މާތްﷲ އަށް ބިރުވެތިވުމެއް ތަގްވާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ނެތް ބަޔަކު އަހަރެމެން މައްޗަށް އަދުލު އިންސާފް ގާއިމްކުރަން ލީމާ ހުކުމް ނެރެވެނީ ބާރުވެރި ފަރާތްތަކުން ބޭނުންވާ ގޮތަކަށް؛
ޑރ ވާންޗޯ
21 July 2025
ތިޔަވިދާޅުވީ ކޯޓުރޫމްގަ ދެފައިދަމާފަ ނިދަން ޖާގަލިބޭނެވާހަކަތޯ؟. އަޅުގަނޑަކަށް ހިޔެއްނުވޭ 40 ފަހަރަށް ހައްޔަރުކުރެވި އެތަނުން އެންމެ ސަރީއަތެއްވެސް ނުނިމުމުގެ ސަބަބުން ދޫވެފަ ބޮޑެތިކުއްވެރިން އެތިބެނީކީ ކޯޓުރޫމްގަ ޖާގަނެތިގެންހެނެއް.
ޖައުފަރްް
21 July 2025
ރައީސް މުއިއްޒަކީ އެމަނިކުފާނުގެ ބަހުގެ އިތުބާރު ހިފަހައްޓަވާ ބޭފުޅެއް.
ފިޔާޒް
21 July 2025
އިބޫ އަޅާ ނުލާ ދޫކޮށްލި ކަންކަން ރައީސް މުއިއްޒު ހާއްސަ ސަމާލުކަމަކާއެކު ކޮށްމިނިންމާލަނީ. މިއީ ވެރިންނަކީ