ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް.-- ފޮޓޯ: އެޗްޑީސީ
07 ޖުލައި 2025 - 12:34
ހުޅުމާލޭގައި ހަދަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހުގެ 26 ގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: އެޗްޑީސީ
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ހެދީ، ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގަ އެވެ. އެއީ ހަަތަރު ފުލޯގެ އިމާރާތެކެވެ. އެތަން އަލުން މަރާމާތުކޮށް ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ އިމާރާތް ހުޅުވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މި މަހު 26 ގަ އެވެ.
މި އިމާރާތް ހުޅުވުމާއެކު، މާލޭގައި ހިންގާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ، އެ ކޯޓު ހިންގުން ވަގުތީ ގޮތުން ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރަން ވެސް ކުރިން އުޅުނެވެ. އަދި އެގޮތަށް ނިންމީ އެތަނުގައި ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑުވުމުންނެވެ. އެކަމަކު، ފަހުން ސަރުކާރުން ނިންމީ ކޮވިޑް ހޮސްޕިޓަލް އެއްކޮށް މަރާމާތުކުރުމަށް ފަހު އެތަނަށް ކޯޓު ބަދަލުކުރުމަށެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
08 July 2025
އެއްވެސް ކަމެއް ވާބައެއްނޫން! ބޮޑެތި މުސާރަ ނަގައިގެން އަހަރަކު ފަސް ސަރިއްޔަތްވެސް ނިނިންމޭ!
ރިޔާޒު ރަސީދު
07 July 2025
ތިވަރުތަނެއް ހަދާލަން 2 އަހަރު ނެގި ސަރުކާރެއް. މަސައްކަތުގެ ތެރޭގާ އެތައްް ބަޔަކަށް ނާޖާއިޒް ފައިދާ. ކޮރަޕްޝަން
ކަކިރި
07 July 2025
އެހެރީ އިމާރާތް ހުރި ގޮތް. ގުދަނެއްގެ ސިފަ ބޮޑަށް ޖަހަނީ. ދެން ދުވަސްކޮޅަކުން އިމާރާތުގެ ތެރޭގަ ފޫ ޖަހާތީ މަސައްކަތް ހުއްޓާލަން ޖެހޭނީ.
ގަޅިހިޔާލުތައް
07 July 2025
ސްވިމިންގ ޕޫލަކާ ޖިމްއަކާ ވެސް މަދު ދޯ.
ޖަގޭ
07 July 2025
ކުރިން އެހެން ބޭނުމެއް ކުރަމުން އައި ތަނެއް މަރާމާތުކޮށް ކޯޓަކައް ބަދަލު ކުރަނީ ...
ޕިސް
07 July 2025
ދެން ކޮބަޔޯ މައްސަލަޔަކީ؟؟!! ކަލޭ މި އާރޓިކަލް ކުޑަކޮށް ނަމަވެސް ކިޔާލިންތަ އަޅެފަހެ؟؟ ކުރިން އެހެން ކަމަކު ބޭނުން ކުރި ތަނެއް މަރާމާތު ކޮށްގެން ހުޅުވާ ވާހަކައެއްނު އެއޮތީވެސް؟؟!! ކޮންމެ ކަމަކުން ގޭސް އެނބުރުމާއި ފިތުނަ އުފެއްދުން ދޯ އަބަދުވެސް؟؟!!
ކޮރަލް
07 July 2025
ޑްރަގް ކޯޓް އެއް ރާއްޖެ އަށް ބޭނުމެއް ނުވެ އެވެ. އެއީ ދިގު މުއްދަތަށް ޑްރަގް މައްސަލައިގަ ހުކުމް ކޮށްފަ ހުންނަ މީހުން ދުކޮށްލާ ކޯޓް އެކެވެ. ސްޕްރީމް ކޯޓް އާ ހައިކޯޓް އަށް ވުރެ ޑްރަގް ކޯޓް މުހިއްމު ވީ އެވެ. އެހެން ކަހަލަ ކުއްތައް ކުރާ މީހުންނަށް ވަކި ވަކި ކޯޓް ތަކެއް ނުހުރެ އެވެ.
ޖަން
07 July 2025
ތަންކޮޅެއް ރަނގަޅަށް މަސްތުވާތަކެއްޗާބެހޭ ގާނޫނު ކިޔާލައިގެން ވާހަކަ ދައްކަވާ!
މިސް
07 July 2025
26 ގައި ކްރިމިނަލް ކޯޓާއި އާ ޓާމިނަލް ހުޅުވުން އެހާ ރަގަޅެއްނޫން، އެއްދުވަހަކު ދެ ތަން ހުޅުވީމަ ހެޑްލައިންތައް މަދުވާނެ،
މިއައު
07 July 2025
ސުވާލަކީ އިންސާފު ލިބޭނެތޯ. އެއީ އިމާރާތަކުން ވާ ކަމެއް ނޫން. އަދުލު ގާއިމު ވާނީ އަދުލުވެރިންނަށް.
36254
07 July 2025
ރާއްޖެތެރެ ކޯޓުތަކަށް ލިއަން ކިޔަން ނޭގޭތީ ހުިރހާ މައްސަލައެއް މިތަނަށާ ސިވިލް ކޯޓަށް ހުށައެޅެނީ. އެގިއެްޖެ! އެކަމަކު ހުސް ރާއްޖެތެރެ ގާސީން.
މާލޭ މީހާ5
08 July 2025
ކަލޭމެންގެ މެމްބަރު ހުރީ ނިދާފަތަ ތިކަން ހިނގާއިރު