ކެނެޑާގެ ޓޮރޮންޓޯގެ ރަންވޭއަކަށް ޖެއްސި ޑެލްޓާ އެއާ ލައިންސްގެ މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ
18 ފެބުރުއަރީ 2025 - 07:52
ކެނެޑާގެ ޓޮރޮންޓޯގެ ރަންވޭއަކަށް ޖެއްސި ޑެލްޓާ އެއާ ލައިންސްގެ މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ކެނެޑާއަށް ހޯމަ ދުވަހު މި ހާދިސާ ހިނގީ 80 މީހުންނާ އެކު ދަތުރުކުރި ބޯޓު ރަންވޭއަށް ޖެއްސުމުގެ ތެރޭގަ އެވެ. އެކަމަކު މި ހާދިސާގައި 17 މީހަކު އެކި ވަރަށް ޒަހަމްވެފައި ވިޔަސް އެންމެން ވަނީ ސަލާމަތްވެފަ އެވެ.
އެ އެއާލައިނުން ބުނީ 76 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިންނާ އެކު އެންޑޭވާ އެއާގެ ފްލައިޓް 4819 ކެނެޑާގެ އެންމެ ބޮޑު މެޓްރޮޕޮލިސްއަށް މެންދުރު ފަހު ޖައްސަން ދިޔައީ އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއާޕޮލިސްއިން ފުރައިގެން ކަމަށެވެ.
Delta Air Lines crash survivor posts harrowing upside-down photo inside plane – as passengers marvel at walking away from Toronto disaster https://t.co/lCuUd7lxAs pic.twitter.com/h4NNGmHXVA
— New York Post (@nypost) February 17, 2025
އެންޑޭވާ އެއާ އަކީ ޑެލްޓާގެ ސަބްސިޑަރީ އެއާލައިނެކެވެ. މިއީ ޑެލްޓާއިން ޓޮރޮންޓޯއަށް ބޭއްވި ކަނެކްޓިން ފްލައިޓެކެވެ.
ޕެރަމެޑިކް ސާވިސަސް އިން އޭއެފްޕީއަށް ބުނި ގޮތުގައި މި ހާދިސާގައި 17 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އޭގެ ތެރޭގައި ބޮޑެތި އަނިޔާތައް ތިން މީހަކަށް ވެފައިވެ އެވެ. އެއީ ކުޑަކުއްޖަކާއި 60 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެކެވެ. ޑެލްޓާ އިން ބުނީ މި ހާދިސާގައި 18 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
A Delta Air Lines plane crash-landed at Toronto Pearson International Airport, flipped upside down, and caught fire. At least eight people were injured, including one in critical condition. pic.twitter.com/Ku1cR1sNVV
— Al Jazeera English (@AJEnglish) February 17, 2025
ޑެލްޓާ އެއާގެ މަތިންދާބޯޓެއް ޓޮރޮންޓޯގެ ރަންވޭމައްޗަށް ފުށުންޖެހިފައި. -- ވީޑިއޯ/އަލްޖަޒީރާ
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި މަތިންދާބޯޓު އޭގެ ފިޔަގަނޑުތައް ރަންވޭގައި ޖެހޭ ގޮތަށް ފުށުންޖެހެން މެދުވެރިވި ސަބަބަކާ ގުޅޭ އެއްވެސް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޓީވީ އާއި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުށުންޖެހުނު ބޯޓުން މީހުން ސަލާމަތްވެ ދުވެފައި ދާއިރު ގަދަ ވަޔާއި ސްނޯއިން ސަލާމަތްވާން މޫނު ނިވާކުރެ އެވެ. ބޯޓުން މީހުން ނުކުންނަމުން ދިޔައިރު ވެސް ބޯޓު ތެރެއިން ދުން އަރަ އެވެ. އޭރު ދިޔައީ އަލިފާން ނިއްވާ މީހުން ގޮސް ބޯޓަށް ފެން ޖަހަމުންނެވެ.
ޓޮރޮންޓޯ އެއާޕޯޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޑެބޯރާ ފްލިންޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ހާދިސާގައި އިތުރު މަތިންދާބޯޓެއް ނުހިމެނޭ ކަމަށާއި އިމަޖެންސީ ސްޓާފުން މަދު މިނެޓްކޮޅެއްގެ ތެރޭގައި ވަރަށް ހުޝިޔާރުކަމާ އެކު އެންމެން ބޯޓުން ނެރެ ސަލާމަތްކޮށްފައިވާ ކަމަށެވެ.
މި ހާދިސާއަށް ފަހު އެއާޕޯޓު ދެ ގަޑިއިރަށް ބަންދުކޮށް މިހާރު ވަނީ އަލުން ދަތުރުތައް ފަށައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy