ޚަބަރު / ޕީއެސްއެމް

ވޮއިސް އޮފް މޯލްޑިވްސް އަލުން ފަށަނީ

ވޮއިސް އޮފް މޯލްޑިވްސް: ލަވަ ކިޔަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޝޯގެ ދެ ސީޒަން ގެނެސްދިނުމަށް ފަހު އޮތީ މެދުކެނޑިފައި. -- ފޮޓޯ | މިހާރު

ދިވެހިންގެ މެދުގައި މަގްބޫލުވި މިއުޒިކް ޝޯއެއް ކަމަށްވާ "ވޮއިސް އޮފް މޯލްޑިވްސް" އަނެއްކާ ވެސް ގެނެސްދޭން ދައުލަތުގެ މީޑިއާ އިން ނިންމައިފި އެވެ.

އެ ޕްރޮގްރާމް ގެނެސްދިނީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ ނަމުގައި ޕީއެސްއެމް ހިންގި ދުވަސްވަރެވެ.

ވޮއިސް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަވަކިޔުމުގައި ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާލައިގެން ކުރިއަށް ގެންދިޔަ ޝޯއެކެވެ. އެކަމަކު ދެތިން ސީޒަން ގެނެސްދިނުމަށް ފަހު ހުއްޓާލި ގޮތަށް ފަހުން މި ޕްރޮގްރާމު ގެނެސްދީފައެއް ނުވެ އެވެ.

އެ ޕްރޮގްރާމުން އުފެދުނު ބައެއް ލަވަކިޔުންތެރިން އަދިވެސް މިއުޒިކީ ދާއިރާއިން ފެނިގެންދެ އެވެ.

ޕީއެސްއެމުން ކުރިއަށް ގެނެސްދިނުމަށް ނިންމާފައިވާ ޕްރޮގްރާމުތަކާއި ހިދުމަތްތައް އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވޮއިސް އޮފް މޯލްޑިވްސް ޕްރޮގްރާމު ލޯންޗުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

އެ ޕްރޮގްރާމު އަލުން ލޯންޗްކުރަން ދެއްކި ވީޑިއޯގައި ބުނީ މިއީ، މުނިފޫހިފިލުވުމާއި ހުނަރުވެރިން އިތުރުކުރުމާއި ދިވެހިންގެ މެދުގައި އޮތް ފޯރި އަނބުރާ ގެނައުމުގެ އިތުރުން ފަންނުވެރިންނަށް އާ ޕްލެޓްފޯމެއް ގެނެސްދޭނެ ޕްރޮގްރާމެއް ކަމަށެވެ.

ޕީއެސްއެމް އިން ނިންމާފައި ވަނީ ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ބައެއް ޕްރޮގްރާމުތައް އަލުން ސްކްރީނަށް ގެނައުމަށެވެ. އޭގެ ތެރޭގައި ކުރިން ގެނެސްދިން "ބޮޑުބެރު ޗެލެންޖް" އާއި "މޯލްޑިވިއަން އައިޑަލް" ވެސް ހިމެނެ އެވެ.

ދައުލަތުގެ މީޑިއާ އިން ވަނީ އިޖުތިމާއީ ހިދުމަތްތެރިންނާއި ދަރުމަވެރިންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން "ޕީއެސްއެމް ލެންސް" ގެ ނަމުގައި އެވޯޑެއް ވެސް ތައާރަފުކޮށްފަ އެވެ.

18 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 35%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބްރޯޑްކޮމް

18 February 2025

ޚަބަރު ލިޔުނު ކުއްޖާވެސް، އެހެން ނޫސްވެރިންވެސް ޕީއެސްއެމް އަށް “ދަޢުލަތުގެ މީޑިޔާ” ކިޔާ ހިނދަކު، ސިޔާސީ ވެރިންގެ ކަަސްތޮޅުން ދިވެހި މީޑިޔާއެއް ނުނެއްޓޭނެ. ޤަބޫލުކުރަން ޕީއެސްއެމް އަބަދުވެސް ހިނގަނީ އެ އިރެއްގެ ސަރުކާރުގެ ފުރިހަމަ ނުފޫޒުންކަން. އެކަމަކު ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތްކުރުމަށް ޤާނުނަކުން އުފެދިފައިވާ ޝަހުސަކަށް “ސްޓޭޓް މީޑިއާ”އަކާއި އެއްފަދަކޮށް ނޯމަލައިޒްކުރާނަމަ އެކަން އިސްލާޙުކުރަން އެކަކުވެސް ހިތްވަރެއްނުލާނެ!!!

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

18 February 2025

ސަލަފު މީހުން ރަތައް އަރާނެ! އެމީހުން ބުނަނީ 24 ގަޑިއިރު ޒިކުރު ކިޔަކިޔަޔޯ ތިބެންޖެހޭނީ!ކަކުކުން ތިރި ތަނބިކައްޓާހަމަޔަށް ހުންނަ ފަޓުލޫނޯ ލާންޖެހޭނީ!ތުނބުޅި ބޭލުން ހަރާމޯ! ބޮލުގަ ކަޅުކުލަ ޖެއްސުންވެސް އެއީ ކޮއްގެންވާނެ ކަމެއްނޫނޯ!

The name is already taken The name is available. Register?

ސީޑީ ޝެއިޚް

18 February 2025

ރޯދައަށް ސަޅިކަމެއްތިއީ...

The name is already taken The name is available. Register?

ކުޑަ ސައިހު

18 February 2025

މިސަރުކާރުގެ ރަނގަޅު ތަންކޮޅަކީ މިއުޒިކުވެސް ކުޅޭނީ ދީނީއިޅޫމުވެރިންގެ ލަފަޔާއެކު ކަމައްވާތި

The name is already taken The name is available. Register?

އއއ މޫސަ

18 February 2025

އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ ހުއްދައާއި ސަލަފް ޖަމްޢިއްޔާގެ އެއްބާރު ލުމާއި އެކު މީ ކުރިޔަށް ގެންދަން ރަގަޅު ކަމެއް! ފަތުވާ ކޮމެޓީއިންވެސް ހުއްދަ ކަމެއް ކަމަށް ފަތުވާ ވެސް ނެރެދޭނެ މިހާރު

The name is already taken The name is available. Register?

ސަރީފުއަލީ

18 February 2025

ދީނީ ކާޑު ކުޅޭމީހުން މިކަމާދެކޮޅަށް ނުކުންނާނެ! މީހަމަ ހުރިހާ ކަމަކުން ހައްދުފަހަނައަޅާފައިވާ ގައިމެއް ދީނީގޮތުންވެސް ޑްރަގުގެ ގޮތުން ވެސް!

The name is already taken The name is available. Register?

ގަތިލު

18 February 2025

މިއުޒިކް ހުއްދަ ވެއްޖެ

The name is already taken The name is available. Register?

ގަތުލު

18 February 2025

ސިންގިރޭޓު ހުއްދަވެގެންތަ ކަލޭމެން ދުވާލަކު ފޮއްޓެއް ހުސަކުރަނީ؟ އެގަންނަން ރޫޓުންފެށިގެން ވެލާނާގެޔާހަމަޔައް ކިއުހަދާފަ ތިބެނީ

The name is already taken The name is available. Register?

އަހްމަދް

18 February 2025

ކޮބާ އަލީ ރަމީޒު. އެމްޑީޕީ ސަރުކާރު ނަމަ ބަޔާން ފުލު ބަޔާން ނެރޭނެ.

The name is already taken The name is available. Register?

މަ ބުނީ

18 February 2025

މަ ކުރީމަ ލާދީނީ ނުވެފަ އެހެން ބަޔަކު ކުރީމަ ލާދީނީވާތީ މައްސަލައަކީ

The name is already taken The name is available. Register?

ކޮސް

18 February 2025

އެހެންވެގެން މިމުބާރާތުގައި ބައިވެރިވާން ވެގެންތާ , އރ އެހެން ޖަމްއިއްޔާއެއް މިއުފެއްދީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454