މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވި (ސީއެޗްއެސްއީ) މާލޭގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު--
18 ފެބުރުއަރީ 2025 - 10:42
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) މާލޭގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ހަމަޖައްސައިފި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ރިޓަޔާ ކުރެއްވުމުން މަޖީދިއްޔާ އަށް ޕްރިންސިޕަލެއް ހޯދަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުޖާހިދު އެ މަގާމަށް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން ހޮވިގެންނެވެ. އޭނާ މިއަދު ވަނީ ސްކޫލަށް ނުކުންނަވަން ފައްޓަވައިފަ އެވެ.
މީގެ ކުރިން ޓީވީއެމްގައި ޕާޓް-ޓައިމް ޕްރެޒެންޓަރަކަށް ވެސް އުޅުއްވި މުޖާހިދު ފުރަތަމަ އުޅުއްވީ ދާންދޫ ސްކޫލުގެ ފިޒިކްސްއާއި ހިސާބު ޓީޗަރަކަށެވެ.
މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މުޖާހިދު ވަނީ އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި އެ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޕާޓް ޓައިމް ލެކްޗަރާކަން ވެސް ކުރައްވައިފަ އެވެ.
އޭގެ ފަހުން އެޑިޔުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮ ލީ
18 February 2025
މަޖިލީހުން ގުރެޖުއޭޓުވާ ކުއްޖަކު ތިތަނަލާން ފެންނަނީ
ޟފހ5
18 February 2025
ޕޮލިޓިކަލް މަގާމެއް ފުރުމަށްފަހު ދެން އަލުން ތައުލީމީ ދާއިރާއަށް ވައްދާކަށް ކަމަކު ނުދޭ މީތި.
އަލީގެއަލީ
18 February 2025
ސިޔާސީ ނުވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅު. އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގައި ހުރެގެން އޭރުގެ އިދިކޮޅު މީހުންނަށް ވަރަށް އަހުވަ ދެއްކި.
ސޯފީ
18 February 2025
ތީ ވަރަށް ބޮޑާ މީހެއް ސިޔާސީމީހުން ޕްރިންސިޕަލުންނަށް ލާތޯ އެޑިޔުކޭޝަން ފެލިވެއްޖެ
ބެއްޔާގެ ދަރި
18 February 2025
މިދިޔަ ސަރުކާރުގައި ސިޔާސީ މަގާމެއްގައި ހުރި ވާހަކައެއް ނެތް
ރާއްޖެ
18 February 2025
ސަރުކާރު ބަދަލުވީ ކޮޅު ބަދަލު ކޮއްލީ މަގާމް ލިބުނީ. އުޅެން ދަސްކޮއްފަ އެބަ ހުރި. މަރުހަބާ
މާހިދް
19 February 2025
އޭނައެއްނޫން ކޮޅުބަދަލުކުރީ. އޭނަގެ ޚިދުމަތް ކޮންމެ ސަރުކާރަކުން ބޭނުންވަނީ ގާބިލްވީމަ. މާ ސިޔާސީ ވެގެން ޕޯޑިއަމްތަކަށް އަރާ މީހެއްވެސްނޫން. ކޮންމެ ސަރުކާރަކުންވެސް ކިޔަވައިގެންތިބޭ ނިއުޓްރަލްބަޔަކުވެސް ގެންގުޅޭނެ. މިއީ ނުކިޔަވާތިބި ބައެއްނޫން. ދާއިރާގަ އުޅެވޭނެ ކޮންމެ ސަރުކާރެއްގަވެސް. ކިޔަވަނީ އެބޭނުމުގަ.
ށަވިޔަނި
18 February 2025
އައިޝަތު މުޙައްމަދު ޞާލިޙު ނޫންތޯ؟
ޢަލީބެ
18 February 2025
މުޖާހިދަކީ ވަރަށް ގާބިލް މީހެއް. ޢިސްކަންދަރުގެ އެއް ތަނބު. ޢިމާދުއްދީން ޕްރިމްސިޕަލްއަކަށް ހުރި އިރުވެސް ވަރަށް ރަނގަޅު. ކާމިޔާބަށް އެދެން
ފާފު
18 February 2025
އިސްކަންދަރުގައި، ތަނބަކަށް ވާކަށް މާގިނަ ދުވަހު އިސްމަޤާމެއް ނުފުރާ، އަނެއްކާ މިނިސްޓްރީގައި ނާއިބުކަން
ކިނާރީ .
18 February 2025
މަޖިދިއްޔާއޭ ކިޔާ އަޑު ވެސް ނީވޭ . މިއޮތް ޒަމާންވީ ސުކޫލު ގެ އަޑު ތައުލީމީ ގޮތުން ކުރިއެރުމެއް ދަރިވަރަކަށް ލިބިގެން . ކިޔަވައިދޭން މިއަދު ތިބި ރަށުން ކިޔެވި ގުރޭޑް 7 ނިއްމާ ޓީޗަރަކަށް ވީ ޓީޗަރުން . ރަށްފުށުގަ ކިޔަވައިދޭން ތިބި ، ޑިގްރީ ކުލާސްތަކަށް ފުންމާލި ޓީޗަރުން . އުމުރުން 50 އަހަރަށް ވުރެ މައްޗަށް ދިޔަފަހުން ޕްރައިވެޓް ތަންތަނުން ކިޔެވި ދުވަހަކު ގުރޭޑް ލެވެލް ވެސް ފުރިހަމަ ނުކުރާ ޓީޗަރުން . ދަރިންގެ ތައުލީމަށް އަސަރު ކުރާނެ ވަރު ވިސްނާ
..މުހައްމަދު..
18 February 2025
އިސްކަންދަރު ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލްކަން، އަދި އިމާދުއްދީން ސުކޫލުގެ ޕްރިންސިޕަލްކަން، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަން، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަން އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން.
..އަހުމަދު..
18 February 2025
އޮޕޮޗުނިސްޓުންނާއި ބޯވައިން ފެނޭތަ
ހަސަންދި
18 February 2025
ދާޏްދޫ ސްކޫލް ވެސް އެޑް ކޮއްލި ނަމަ،.،.،.،!!
ބޮޑުބެގެ ބެއްޔާ
18 February 2025
ސިޔާސީ މީހެއް ދޯ
ބުނެލަން
18 February 2025
މަޖީދިއްޔާއަށް ބޭނުންވަނީ މަޖީދިޔަން އެއް