ވޭމަންޑޫގައި އުޅޭ ފްރާންސްގެ އަންހެންމީހާ، އޭނާގެ ތިން ކުދިންނާ އެކު.
18 ފެބުރުއަރީ 2025 - 11:28
ތ. ވޭމަންޑޫގައި ދިރިއުޅޭ ފްރާންސްގެ އާއިލާ ފޮނުވާލަން ލިޔެކިޔުންތައް އަދިވެސް ނުލިބޭ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ވިސާ ނެތި ދިރިއުޅޭތާ 12 ވަރަކަށް އަހަރު ފަހުން، އެ މުސްލިމް އާއިލާގެ މައްސަލަ އިމިގްރޭޝަންގެ ސަމާލުކަމަށް އައީ މިދިޔަ ޖުލައި 12 ގަ އެވެ. އެއާއެކު، އެ މައްސަލަ ބަލަން ފަށައި ހަތް މީހުންގެ އެ އާއިލާ ރާއްޖެ އިން ފޮނުވާލަން ނިންމި އެވެ.
ޝަމްއާން "މިހާރު" އަށް ވިދާޅުވީ ފްރާންސްގެ އެ އާއިލާ މީހުންގެ ޕާސްޕޯޓު/ޓްރެވެލް ޑޮކިއުމަންޓް އަދި ވެސް ނުލިބޭ ކަމަށެވެ. އެ ރިކުއެސްޓް އަދި ވެސް އޮތީ ފްރާންސްގެ ކޮންސިއުލޭޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަންތައްތައް ހަމަޖެހުމުން އެ އާއިލާ ބޭނުންވާ ގައުމަކަށް ދިއުމަށް އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ.
އިމިގްރޭޝަނުން ކުރިން ބުނީ މިދިޔަ މަހުގެ ފަހުކޮޅު ހިސާބުގައި އެ މީހުން ފޮނުވާލެވޭނެ ކަމަށެވެ.
އެ އާއިލާގެ ކަންތައްތައް ބަލަހައްޓާ އިސް ފިރިހެން މީހާ އިމިގްރޭޝަނަށް ހާޒިރުކުރުމުން ރާއްޖޭގައި ދިރިއުޅޭ ސަބަބާއި ރަށްވެހިކަން ހޯދަން ބޭނުންވާ ވާހަކަ ބުނި ކަމަށް ޝަމްއާން ވިދާޅުވި އެވެ. ނަމަވެސް، އެކަން ކުރެވޭނީ ފޮރިން މިނިސްޓްރީއަށް ހުށަހަޅައިގެން ކަމަށް އެންގުމުން އެ މިނިސްޓްރީއަށް ވެސް އޭނާ ދިޔަ ކަމަށާއި އެކަމަކު އެކަން ކުރަން އޮތް މަރުހަލާ އުނދަގޫވުމުން އެ މީހުން ރާއްޖެއިން ދާން ބޭނުންވީ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
އިސްލާމްވެ، ސައީދުގެ ނަމުގައި އުޅޭ ފިރިހެން މީހާ ފުރަތަމަ ރާއްޖެ އައީ ޓޫރިސްޓު ވިސާގައި އޭނާ އެކަންޏެވެ. ނަމަވެސް، އަނބުރާ ގައުމަށް ގޮސް، 2013 ވަނަ އަހަރު އަލުން އައީ ފަޔަ ފައިޓަރެއްގެ ގޮތުގައި އުޅެން ވޯކް ވިސާ ނަގައިގެންނެވެ. އޭނާގެ އަންހެނުންނާއި އޭރު ތިބި ދެ ކުދިން ޓޫރިސްޓު ވިސާގައި ރާއްޖެ އައީ އޭގެ ފަހުންނެވެ. އެ ވިސާގެ މުއްދަތަކީ ތިން މަސް ދުވަހެވެ.
ޝަމްއާން ވިދާޅުވީ ފިރިހެން މީހާއަށް 2019 ވަނަ އަހަރާ ހަމައަށް ވިސާ އޮތް ކަމަށެވެ. ނަމަވެސް، އޭރު ވެސް އޭނާ މަސައްކަތްކުރީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށެވެ. އެހެންވެ، ސްޕޮންސާކޮށްފައި އޮތް ކުންފުނި ބަދަލުކުރަން އޭނާއަށް އެންގި ކަމަށާއި އެކަމަކު އެ ކުންފުނިން އޭނާއަށް ފުރުސަތު ދިނުމުން ވެސް އެކަން ކޮށްފައިނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"އޭނާ ބުނީ ރާއްޖެ އައީ އިސްލާމް ވީމާ އާއިލާ ނުރުހޭތީއޭ، އަނެއްހެން ތްރެޓެއް ނެތޭ. މިހާ ދުވަހު މި ކޮޅުގައި މަޑުކުރީ ސިޓިޒެންޝިޕް ހޯދާށޭ...އެހެންވެ ބުނިން ފޮރިން މިނިސްޓްރީއަށް ހުށަހަޅައިގެންނޭ އެކަން ވާނީ. ފޮރިންއަށް ދިޔަ ފުރަތަމަ އިންޓަވިއުއަށް ފަހު ބުނީ އެކަން ކޮމްޕްލިކޭޓޭޑް ވީމާ އަނބުރާ ގައުމަށް ދާށޭ ބޭނުންވަނީ. އެކަމަކު ޕާސްޕޯޓާ އެއްޗެހި މުއްދަތު ހަމަވެފައި ހުރީމާ ޑޮކިއުމަންޓް ހޯދަން އެސިސްޓް ކޮށްދޭނެ ކަމަށް ބުނެފައިވާނީ،" ޝަމްއާން ވިދާޅުވި އެވެ.
އެ މީހުން ރާއްޖެ އައިސް ފުރަތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވި އެވެ. ނަމަވެސް އެ ރަށުގައި ހަރުކަށި ފިކުރުގެ ކަންތައް ބޮޑު ކަމަށް ބުނެ ވޭމަންޑު އަށް ބަދަލުވިތާ ވެސް މިހާރު ހަ އަހަރު ވެއްޖެ އެވެ. އެ ދެމަފިރިންގެ ހަގަށް ތިބި ތިން ކުދިން ލިބުނީ ރާއްޖެއަށް އައި ފަހުންނެވެ. އޭގެ ތެރެއިން ދެ ކުދިން ވިހެއީ ވޭމަންޑޫގަ އެވެ.
އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ އެ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ، އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ. އަދި ވަކި މުއްދަތެއް ވެއްޖެ ނަމަ، ލީގަލް އިން މައްސަލަ ބެލުމަށް ފަހު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލަ އެވެ.
އެ ޖޫރިމަނާ މައާފުކުރަން ނުވަތަ ކުޑަ ކޮށްދޭން ކޮންޓްރޯލާއަކަށް ގާނޫނުން ބާރެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެންސަލް
19 February 2025
ކުރިން ބުނި އެތި ކެންސަލް؟
ތުނިޔަ
18 February 2025
ތީ ރާއްޖޭގައި ކޮންމެ ކަމެއްވެސް އޮންނަގޮތެއްނު! ބޮޑު ސުރުޚީއެއް އެޅެނިކޮށް އެނިމުނީ. ކޮބާތޯ ޖާހު ކުންފުންޏަށްދިން 45 ދުވަސް. ހަނދާން ހުރި އެކަކުވެސް މިހާރު ނުހުންނާނެ.
raajje
18 February 2025
މިދެން އަރަތަކަށްވެއްޖެ، ގަވައިދާހިލާފަށްއުޅޭ އެއްބަޔަކު ރަށްރަށުގައި ދިރިއުޅެ ދަރިންހޯދައިގެން ބޮޑުކުރަންދޫކޮށްފަ، އަނެއްބަޔަކު ޖަލުގައި ބަންދު، މީކޮންކަހަލަ ހަމައެއް؟
ޑޮކްޓާރ. ބަނާނާ
18 February 2025
ޓެކްސް އިން ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހި ގައުމު ދަރަނިވެރިވެ ސަރުކާރަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތި ވެފައި ވާއިރު ހާއްސަގޮތެއްގައި ފްރާންސް ފަދަ ގައުމުމެއްގެ އާއިލާ އެއް ޓެކްސް ފައިސާ އިން ހަރަދު ކުރަން ގަވާއިދާއި ހިލާފަށް މިގައުމުގައި ދިރިއުޅުމަށް ފުރުސަތު ދޭނަމަ ފަލަސްތީނު ގެ ނިކަމެތި ކުޑަކުދިން ނާއި އާއިލާ ތަކަށް މިފުރުސަތު ހުޅުވާލުން މުހިއްމު ކަމުގައި ދަންނަވަން! ވ. ސަލާމް
ޕިރާޑް
18 February 2025
މިކަހަލަ ތާކުންތާކު ނުޖެހޭ ކޮމެންޓް މިކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން މި މީހުންނަށް ކުރި ޚަރަދެއްގެ ވާހަކަ އެބައޮތްތޯ މި އާޓިކަލްގަ
ޙަސަނު ބާއީ
19 February 2025
ފިރާޑް ތިޔަބުނާ ގަވާއިދާ ހިލާފަށް އުޅުއްވާ ބޭފުޅުން ގެ ދަރިން މިގައުމު ސްކޫލްތަކުން ކިޔަވާނަމަ ސްކޫލަށް ފައިސާ ދައްކާތޯ. ކޮންތަނަކުން ތޯ އެފައިސާ ދައްކަނީ . ފައިސާ ނެތިގެން ބޭސްފަރުވާ ފަރުވާ ނުލިބި މަރުވަންދެން ތިބެނީތޯ. ފަރުވާ ދޭނަމަ ކޮންތަނަކުން ތޯ އެފައިސާ ނެރެނީ.. ހަމަބޭނުން ކުރަނީ މިގައުމުގެ ރިސޯސަސް!!!! ނޭގޭނަމަ ސްކޫލަކަށް ވަޑައިގެން ކިޔަވާ ވިދާޅުވެ ބަލަ!!!
ޑޮކްޓާރ. ބަނާނާ
19 February 2025
ބަލަ ޓެކްސް ފައިސާ އިން ހަމައެކަނި މުސާރަ ދިނީމަ ނޫނޭ މިމީހުން ގެ މައްޗަށް ޓެކުސް ފައިސާ ހަރަދު ކުރާ ކަމަށް މިބުނަނީ. ކޮބާ ސަރުކާރުން ސަބްސިޑައިސް ކޮށްގެން ދޭ އަސާސީ ހިދުމަތް ތައް. ސިއްހީ ފަރުވާ ދަރިންގެ ތައުލީމް އަދި އެހެނިހެން ރިސޯސަސް! ކޮންތަނަކުން ތޯ މިފައިސާ ނެރެނީ؟؟ ތިޔަ ވިސްނުން ހުރުމުން މިގައުމުގައި ގަވާއިދާއި ހިލާފު އެތަކެއް ހާސް ބަންގާޅު ރައްޔިތުން އެތިބީ!! ވ ސަލާމް!!!
ރޭސިސްޓްބަންގޯ
18 February 2025
ޑިޓެންޝަނަށް ގެންދޭ ބިޑިއަޅުވައިން. ބަންގްލަދޭޝް މީހެއްނަމަ މިހާރު އުލުބާންދާނެ.
ދިވެހިން މީ
18 February 2025
ކޮބާހޭ ބަންގާލީންތަށް އެންމެ މީހަކުވެސް މަދުވާހެން ހީނުވޭ މީހުންނާ އިންނަވަރަށް އިންނަނީ އަންހެނުން ދުވަނީ ބަންގާލީން ފަހަތުން ފިރިހެނުންނަށް ހެޔޮ ދޮންވިއްޔާ ދުނބުރި އެއްވެސް
ޖޫސްޕެޓީ
18 February 2025
އޮޅައޮޅައިގެން އެވާހަކައެ
ބަންގޯ
18 February 2025
ލައްކައެއްހައި ބަންގާޅުން ވެސް އެބައުޅޭ، އެއްވެސް ވިސާ އެއް ނެތި. އެމީހުން ޑިޕޯޓް ނުކުރެވިގެން އުޅެނީ ކީއްވެ ؟
ބެންޑް
18 February 2025
ހަމަ 3 މަސް ވާއިރަށް އެބަޔަކު ހޯދައިބަލަ، މިހާރުވެސް މަދެއްނުވޭ ޓޫރިސްޓް ވިސާގައި އައިސް ރާއްޖޭގައި މަސައްކަތްކރާ ބިދޭސީންއެއް
ޢަލްޓިކޯ
18 February 2025
ސިޓިޒަން ދޭވަރެއްނޫން އެއަށްވުރެ މަކަރު ވެރި ގޮތެއް އެބަހުރި...ތީ މިބުނާ ވާހަކަ ސަރުކާރަށް ދެއަހަރު ވާއިރުނޭގުނީ ކީއްވެހޭ ޕޮލިހުން ގޮވާގެން އިހްސާން ކީއްހޭކުރީ.ޕޭވްމަންޓް މަތީ ނެރެފަހުރި 4ކިލޯކުނި ފިޔަޔާ ރަޖިށްޓަރ ނުވާ ކާރަކާ ބަދަރުމަތިން ބޮންދެއް އެކަނި އަތުލާގަނެވުނީ