މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފުލް ބެންޗު: އިއުތިރާޒާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް ސުޕްރީމް ކޯޓުން ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
18 ފެބުރުއަރީ 2025 - 11:15
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެހެންވެ، އެ އިސްލާހު މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ. އެ އޮފީހުގެ ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަލީ ހުސެއިންގެ ވަކީލުންގެ ޓީމް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ --- ފޮޓޯ: ނިޝާން އަލީ / މިހާރު
ބަންޑާރަ ނައިބުގެ އޮފީހުން ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތައް ނުވަތަ ގާނޫނެއް ނުވަތަ އެ ނޫން ވެސް ނިންމުމެއް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީ އަށް ގެންނަ ބަދަލަކާ ގުޅޭ މައުޟޫއީ މައްސަލަތައް ނުބެލޭނެ ކަމަށް އެ އޮފީހުން ދެކެ އެވެ.
މި އިޖުރާއީ އިއުތިރާޒާ ގުޅިގެން، އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން މިއަދު ނިންމެވީ އެ ކަމާ ގުޅޭގޮތުން މައްސަލާގައި ހުކުމް ކުރާއިރު ގޮތް ކަނޑައެޅުމަށެވެ. އަދި މިވަގުތު އެ މައްސަލަ ކުރިއަށް ގެންދަން ފަނޑިޔާރުން ނިންމެވި އެވެ. އަދި އަލީ ހުސެއިން ހުށަހެޅުއްވި މައްސަަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް 10 ދުވަސް ދެއްވި އެވެ.
ފަނޑިޔާރުން އެގޮތަށް ނިންމުމުން ވެސް ދައުލަތުން ވަނީ އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން ފަނޑިޔާރުން ނިންމެވި ގޮތެއް ދުރާލާ ދައުލަތަށް ފޮނުވޭނެ ގޮތެއް އޮތްނަމަ، އެކަން ކޮށްދެއްވުމަށް އެދިފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމުން ބަދަލެއް ނުކުރައްވަ އެވެ.
މި އިޖުރާއީ އިއުތިރާޒާ ގުޅިގެން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ އެކަމަށްޓަކައި ފާސްކުރާ ގާނޫނަކުން ކަމަށާއި އެހެންކަމުން، "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ ސަބަބެއް އޮވެގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ގާނޫނުތަކާއި އެހެން ގާނޫނުތަކާ ތަފާތު ވާނެ ކަމެއް ނުވަތަ ފަރަގެއް އޮތް ކަމަކަށް ގާނޫނުއަސާސީގައި ނެތެވެ.
މަހުފޫޒު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަ މާއްދާއެއް އެހެން މާއްދާއަކާ ހިލާފުވާ ނަމަ، އެކަން އެގޮތަށް އެ މިންވަރަށް ސުޕްރީމް ކޯޓަށް ބުނެވޭނެ ކަމަށާއި އެފަދަ މައްސަލަތަކުގައި ގޮތް ކަނޑައެޅޭނެ ކަމަށެވެ. ސުޕްރީމް ކޯޓަށް ނުބުނެވޭނީ އެ މާއްދާ ދެން އޮންނަންވީ ގޮތް ކަމަށާއި އެއީ އެ ކޯޓުގެ އިމުން ބޭރުވުން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާ އެމްޑީޕީން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި މިއަދު ދެކޮޅު ހަދައިފަ އެވެ. އެ މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނުއަސާސީ މުގުރާލުން ނޫން ކަމަށެވެ.
މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖާމްބެ
18 February 2025
ނުބައި ނިޔަތެއްގަ ކުރާ އެއްވެސްކަމަކުން ރަގަޅު ނަތީޖާއެއް ނުނިކުންނާނެ، އެކި ޕާރޓީތަކުން ހޮވުނު މީހުންނާ އަމިއްލަގޮތުން ހޮވުމީހުން ގެނަސް ސަރުކާރު ނިސްބަތްވާ ޕާރޓީއަށް ވައްދާފަ ދެން އެމީހުންގެ ފައި ބަނދެލަން ގާނޫނު އަސާސީ އިސްލާހްކުރުމަކީ ރަގަޅު ނިޔަތެއްގަ ކުރިކަމެއްނޫން.
ހައްގުބަޒް
18 February 2025
މިއަދު މި ނިންމީ މި ހަތް ފަނޑިޔާރުންނަކީ ގާނޫނު އަސާސީގެ ބާރު ނުހިނގާނެ ބައެއްކަން
ކުރެވިދާނެބާ
18 February 2025
ގާނޫނާ ނޫނީ ގާނޫނު އަސާސީއާ ހިލާފުނުވާ ގާނޫނެއް ނޫނީ ގާނޫނު އަސަސީއަށް ގެނެވުނު އިސްލާހެއް ފާސްވުމަށް ފަހު ސުްޕްރީމް ކޯޓަށް ބަދަލު ނުކުރެވޭނެ. ޢެހެނެއްނޫން އެއީ ރައްޔިތުން ބޭނުން ނުވާ ބަދަލެއް ކަމަށް ބަޔަކަށް ފެނިއްޖެ ނަމަ ނުވަތަ ސުްޕްރީމްކޯޓަށް ފެންނަ ނަމަ ނުވަތަ ރާއްޖެއާ ނުގުޅޭ އެޗެއްކަމަށް ފެންނަނަމަ މަޖިލީހުން ފާސްކުރީ ހަމަ ރައްޔިތުން ބޭނުންވާ ގޮތްތޯ ބެލުމަށް ފެންނަ ނުފެްނަ ވޯޓެއް ނެގުމަށް އލެކްޝަން ކޮމިޝަންގެ މައްޗައް އަމުރު ކުރެވިދާނެބާ؟
ޑރ ވާންޗޯ
18 February 2025
ގޮނޑިޔަކާ ނުކުޅެވޭނެ، އެވަރިހަމަ އޭޖީ، އޯޖީ ނޫނީ ލޯޖީ ސުނޯޖީ އަށްވިޔަސް.
ދޫލަ
18 February 2025
ގާނޫނު އަސާސީއަށް ނުވަތަ ގާނޫނަކަށް ގެންނަ ބަދަލަކުން، ރައްޔިތުން ހޮވާފައިވާ މެންބަރުކު ޕާޓީންވަކިވުމުން، ނުވަތަ ވަކިކުރުމުން އެމެންބަރަކު މެންބަރުކަމުން އެވަކިކުރެވެނީ އެޕާޓީއަކަށް. އެއީ ވެގެންވާނެ ގޮތެއް ކަމަކަށް ނުފެނޭ. އެމީހަކު ބައިވެރިވެފައިވާ ޕާޓީއަކަށް އެމެންވަރު މެންބަރު ކަމުން ވަކިކުރެވޭ އުސޫލަކީ ދެކޮޅު ޖެހޭ ހަމައެއް ނޫން
ޑރ ވާންޗޯ
18 February 2025
އޭނަގޮނޑިއަށް ގެނައީ ޕާޓީގެ ޓިކެޓުގަނިކުތީމަ ޕާޓީގެ މެންބަރުން، އާންމު ރައިއްޔަތުންނެއްނޫން. ގޮނޑިލިބުނީމަ މިލިއަނުން ރިސްވަތުނަގަން މަހަކު ޕާޓީއަކަށް. އެގޮތަށް އެކަންކުރެވިގެންނުވާނެ. ގޮނޑިގެއްލެންޖެހޭނީ.
ކަނު
18 February 2025
ސާބަހޭ!!! ވައްޓާލާ! ނިމުމަކަށްގެނޭ! ދޮގުސަރުކާރު
ރާވެރިބެ
18 February 2025
ސުޕްރީމް ކޯޓުން މިމައްސަލަ ރަގަޅަށް ބައްލަވާ އިންސާފުވެރި ހުކުމެއް ކުރައްވާނެ. މަޖަލިސް އިން ބޭނުން ގޮތަކަށް ގާނޫނު އަސާސީ ބަދަލު ކުރެވޭނަމަ މިމަޖިލިސް ނުން އެހެން މަޖިލިސްއެއްގެ ސުޕަރ މެޖޯރިޓީ ބޭނުން ކޮށްގެން މިގައުމުގަ އެހެން ދީންތަށް ހުއްދަ ކުރުމަކީ ހަމަވެދާނެ ކަމެއް. ރައްޔިތުންގެ މަންދޫބުންނޭ ކިޔާފަ ހިތުހުރި ގޮތަކަށް ގާނޫނު އަސާސީ ބަދަލު ނުކުރެވޭނެ. މިހާރުގެ މަޖިލިސް އަކަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ.
ދުންސާރި
18 February 2025
ސްޕްރީމް ކޯޓުން ދިން ބަދަލުކޮށްފި ކަމަށްވަންޏާ ދޭންވާނީ ކިހިނެއް؟
ާބާބު
18 February 2025
އަހަރެމެން ލިވޯޓް އާ ނުކުޅޭތި ސްޕރިމް ކޯޓް ބެހޭކަމެއް ނޫން ގޮނޑި ގެއްލުމަކީ ގޮޑި ބަދަލު ކުރެވިގެން ނުވާނެ އެއި ވަކި ފިކުރަކަށް ނުވަތަ އިތުބާރަކަށް ދީފަވާ ވޯޓެއް އެވޯޓް މެންބަރު ގެ އަމިއްލަ މަންފާއަކަށް ޕާޓީ ބަދަލުކުރުމަކީ ވެގެން ވާނެ ގޮތެއް ނޫން ތި ކުޅެވެނީ ކޯޓަށްވެސް ސިއްރުކަމަކާ ހޯހޯ
ބުރުނަ
18 February 2025
މެންބަރެއްގެ ގޮނޑި ގެއްލުމާއި ނުގެއްލުމުގެ އެންމެ ފަހު ބަސް އޮތީ ސުޕްރީމް ކޯޓުގައި.
ޕާޓީތަކަށް ނޯ
18 February 2025
ދެން ބުނޭ ބެންޗް އޮތީ ވިކިފައޭ ބޯ ހަލާކު!
ޖެއްސު
18 February 2025
ތިޔަކަމުގެ އަސްލު އަޑީގަ އޮތް މައްސަލައަކީ ރިޝްވަތުގެ ވިޔަފާރި ރުފިޔާދީގެން ސަރުކާރު ބަދަލުކުރުން އެއީ މާބޮޑައް ވެސް ގައުމުގެ ހަމަ ޖެހުމައް އަސަރުކުރާނެ ކަމެއް. ކޮންމެ ބަޔަކު އިދިކޮޅު އޮންނައިރު ބޭނުންކުރާ ޓޫލެއް