މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
18 ފެބުރުއަރީ 2025 - 18:24
ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ގައިޑްލައިނެއް ހަދަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅިގެން، ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމާއި ސިއްހީ ދާއިރާ ހަރުދަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް ކަންކަން ނިންމަވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ފަރުވާގެ ގައިޑްލައިނެއް ހެދުން ހިމެނެ އެވެ.
ރާއްޖޭގައި ބަލިތަކަށް ފަރުވާ ދިނުމަށް ޑޮކްޓަރުން އަމަލުކުރަންޖެހޭ އުސޫލެއް ލިޔެފައެއް ނޯވެ އެވެ. ނަމަވެސް، ކުރިއަރާފައިވާ ގައުމުތަކުގައި ފަރުވާ ދޭންޖެހޭ ގޮތުގެ ގައިޑްލައިންތައް ލިޔެފައި ހުރެ އެވެ.
ސިއްހީ ދާއިރާއާ ގުޅިގެން އޭސީސީން މިދިޔަ އޮކްޓޯބަރު މަހު ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ޓްރީޓްމަންޓް އެންޑް ޕްރެކްޓިސް ގައިޑްލައިނެއް ހަދަން ލަފާދީފަ އެވެ.
ސިއްހީ ހިދުމަތް ފަދަ ރައްޔިތުންގެ ފުރާނައާ ސީދާ ގުޅިފައިވާ ކަމެއްގައި އަމަލުކުރުމަށް އިރުޝާދު ދޭނެ އެ ފަދަ ލިޔެކިޔުންތައް ނެތުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާން އޮންނަ ގޮތްނޫން އެހެން ގޮތްގޮތަށް ކަންކަން ނިންމުމަށް މެދުވެރިވާ ކަމެއްކަމަށް އެ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.
އޭގެ އިތުރުން މުހިއްމު ބައެއް ގަވައިދުތައް ނެތުމުގެ ސަބަބުން މެޑިކަލީ ހަދަނީ އެންމެ ބޭނުންތެރި ޓެސްޓުތަކެއްކަން ކަށަވަރުކުރަން ރިއާޔަތްކުރާނެ މިންގަނޑެއް ނެތް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު، ރިއާޔަތްކުރާނެ އުސޫލުތައް ހަދައިފިނަމަ ބޭސްކުރާ ބައްޔާ ގުޅޭގޮތަށް ޓެސްޓުތައް ހެދުމަށް މަގުފަހިވެ، ތަކުރާރުކޮށް އެއް ޓެސްޓުތަކެއް ހެދުމުގެ ފުރުސަތު މަދުކުރެވޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސަ
20 February 2025
މިރާއްޖޭގެ ސަރުކާރު ހޮސްޕިޓަލްތައް ވަނީ އަވަސް ސްޕީޑްގައި ޚިދުމަތް ނުދެވި ހައްދުން ނެއްޓިފައި! ވަކިން ޚާއްސަކޮށް އައިޖީއެމްއެޗް، ދަރުމަވަންތް އަދި ހުޅުމާލެ ހޮސޕިޓަލްއިން މިކަން ފާހަގަކުރެވޭ! ޑޮކްޓަރުންވެސް ކުރާ ކަމަކީ ކޮންމެ ޑޮކްޓަރަކަށް އަމިއްލަ ކްލިނިކް ހުޅުވައިގެން އެކަމަށް ވަގުތު ހުސްކުރުން! ހޮސްޕިޓަލަކަށް ގޮސް ޚިދުމަތް ހޯދަން އުޅޭ މީހާއަށް ފަރުވާކުޑަކުރޭ އަވަސް ޚިދުމަތް އެއްގޮތަކަށްވެސް ނުލިބޭ! މިކަންކަން ރަގަނޅުކުރަން ފުރަތަމަ ޖެހެނީ!
ސަލޯމޯ
19 February 2025
ގައިޑްލައިންހަދާ ނާރުގެޑޮޖްޓަރަކައްދައްކަން 3-4މަސް ތަންފުކެއްބޮޑުވަރު ހޮސްޕިޓާތަކުގެތިބޭޑޮކްޓަރުންއަންގަބަލަމާގިނައިންޓެސްޓްހަދަންނުލިއެބޭރައްދާންއާސަންދާއައްލިއުންދޫކުރަން
ޑޮކްޓާރ. ބަނާނާ
19 February 2025
ކަމެއް ދިމާވުމުން ޢަބަދުވެސް ތިޔާ ކިޔާ ރައިވަރަކީ ކޮންމެވެސް ފަރަންޖީ ބަހެއް! ގައިޑްލައިން! ކޮބާ ހިންގަން ތިބި މީހުންގެ ތައުލީމީ ފެންވަރު ނޫނީ ތަޖުރިބާ ؟ ކޮބާ ވަސީލައްތައް؟ ކޮބާ ދެވިފައިވާ ތަމްރީނު؟ ހަމަ އަހާލީ! ވ. ސަލާމް
ވަރަށްސަލާމް
19 February 2025
ޜެސްޓް ހަދަނީ ބަލި ދެނެގަންނާށެވެ. އެކަމަކު މި މީހުން މިކިޔަނީ ބައްޔާ ގުޅުންހުރި ޓެސްޓް ހަދާށެވެ. މީ ބޮޑު އަރަތެއްނު!!!!
އޭއި
19 February 2025
ތިޔަގައިޑްލައިނގަ ބާއްވައްޗޭ އާސަންދައިގެ ދަށުން ހުންނަ ބޭސް, ބޭސްފިހާރތަކުން ނުލިބޭ ބޭހެކޭ, ވިއް ކާބޭހެކޭ ކިޔާފަ ބޭނުން އަގެއްގައި އެމީހުންނަށް ވިއްކޭގޮތަށް. އޭރުން ރައްޔަތުން ހަނާހުލިކުރނ އައިސްތިބި މީހުންގެ ކާމިބުކަބަން ފެނިރައްޔަތުން ރޮކެޓް ސްޕީޑުގަ އިތުރަށް ހަނާހުލިވާނެ. މުޖައްރިބު
ޑރ ވާންޗޯ
19 February 2025
ޕެނަޑޯލް ނޫން ބޭހެއް ނުލިބޭވަރަށް ހާލަތު ބޮއްސުންލަމުންދާ ގައުމެއްގަ ކީއްކުރާ ގައިޑްލައިނެއްތޯ؟. ތީގެ ހުރިހާ ލައިނެއްގަ ހުރިހާވައްތަރެއްގެ ބައްޔަކަށްވެސް ލިބޭނީ ޕެނަޑޯލްތޯ؟.
ކިރުސައި
19 February 2025
ތިގައިޑްލައިންގަ އޮންނާނީ އޭރަކު އެސްޓީއޯ ބޭސްގުދަނުގެ ހުރި ބޭސް ބަލިމީހާއަށް ދޭށޭ ދެއްތޯ؟
ނަސްތާ
19 February 2025
ތި ގައިޑްލައިން ނަހަދީ ކީއްވެޔޯ. ބޮޑު މުސާރާ ދީފައި ހެލްތި މިނިސްޓްރީގެ ކޮލިޓީ ކޮމިޝަނަރ އެއް ނަގާފަ އެހެރީ ތިކަމަށް. ހެލެތު މިނިސްޓްރީގެ ޕާރމަނެންތް ސެކަރަޓަރީ ) ޒިންމާދާރުވެރިޔާ) އަބަދު ފުޓުބޯޅަ މުބާރާތްތައް ބޭއްވުމުގެ . އަންނަ ކޮންމެ މިނިސްޓަރަކަށް ތިއްތި ދެއްކުމުގައި އަވަދި ނެތި
މަކުޑި
19 February 2025
ތިޔަ ގައިޑްލައިން ހަދާބަޔަކު ސިއްހަތަށްވުރެ ބަޖެޓު އިސްނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅު. ތިޔަކީ ގައިޑްލައިނެއް ނެތިގެން ވާކަމެއްނޫން. އިޚްލާސްތެރިކަން ނެތުމުން ވާގޮތް. މިއަދު ޑޮކްޓަރަކަށް ދައްކަންވެއްޖެނަމަ ދާންޖެހެނީ ކުލިނިކަކަށް އެތަނުން ދެއްކުމަށް 550ރ. ޑޮކްޓަރުރޫމަށް ވަންނައިރަށް ޓެސްޓެއް ލިޔެ ފޮނުވާލަ. އެހެދެނީ ތިންހަތަރުދުވަސްފަހުން. ދެން ރިޕޯޓުދައްކަން މިޖެހެނި 550ރ ދައްކަން. ފަރުވާއެއް ނެތި 1100ރ. މިކުޅިވަރު ހުއްޓުވަން އެބަޖެހެ.
އލށފތ
19 February 2025
މިގައުމުގެ ފާޅުކަން ބޮޑު ގޮތެއްގައި ހިތުން ހިޔަނީގައޭ މިތިބެނީ ބުނާ މެޑިކަލް މާފިއާގެ ޗަރުކޭސް ލައްވާނުލަނީސް ބަސްމަދުކުރުން ރަނގަޅުވާނީ، މީ ވެރިން ގުޅިގެން ހިންގާ ޖަރީމާއެއް.
ސޫމު
18 February 2025
ސިއްހީ މައްަސަްލަވެސް މަދުވާނީ ބޯހިޔާވަހިކަމެއް ލިބިގެން ބޮޑުކުލީގަ ހަާނާވަނީ
ކުރަކި
19 February 2025
ތި ނޫން އެއްޗެއް ކިޔާބަލަ!
ަލަސް
19 February 2025
ކުރަކި، ތިނޫން އެއްޗެއް ކިޔޭކަށް އަދި ނެތޭ. ބޮޑު ކުލިން ސިއްހަތަށް އަސަރުކުރޭ. ލިބޭ މުސާރައިގެ 60-80 ޕަސެންޓް ކުއްޔަށް ޚަރަދުކޮށްފަ ދެން ނޯވޭ 3-2 ކުދިން ތިބޭ ދެމަފިރިއަކަށް ފައިދާހުރި ކާނާ ބޭނުންވާވަރަށް ގަންނާނެ ފައިސާއެއް، ދެން މެންޓަލް ދުޅަހެޔޮކަމަށްވެސް މީގެއަސަރުކުރަން ފަށާ ގިނަދުވަސްތަކެއް މިތަފާތުކުރުން ތަހައްމަލް ކުރަން ޖެހުނީމަ. އިލްމް ހޯދާ ވިސްނާފިކުރު ކުރަން ދަސްކޮށްބަލަ.