މަސްދަޅު ބެހުން ކުރިއަށް ގެންދާނީ ކައުންސިލުން ކަމަށް ކުރިން ކަނޑައަޅާފައި އޮތަސް އެކަން ބަދަލުކޮށް ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 ފެބުރުއަރީ 2025 - 13:49
މި ރޯދަ އަށް ސަރުކާރުން ކޮންމެ ގެއަކަށް ދޭ މަސްދަޅު ކޭސް މާލޭގައި ސިޓީ ކައުންސިލް މެދުވެރިކޮށް ކުރިން ދޫކުރަން އޮތް ނަމަވެސް، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް މަސްދަޅު ބަހާ ތަންތަނާއި ވަގުތަށް ބަދަލު ގެނެސްފި އެވެ.
އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް ބަހާ މަސްދަޅު ކޭސްތައް ކުރިން ބަހަން ފަށަން އޮތީ މެންދުރު 2:30 ގަ އެވެ. އެކަމަކު އެ ވަގުތު މިހާރު ވަނީ ރޭގަނޑު 8:30 އަށް ބަދަލުކޮށްފަ އެވެ.
އެސްޓީއޯ އިން ބުނީ، މިރޭ 11:00 އާ ހަމައަށް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނެ ކަމަށެވެ.
ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.
- މިފްކޯގެ އޮފީސް ކޮމްޕައުންޑް
- ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލެ، ވެމްކޯ ސައިޓް
- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން
- ހިޔާ ޓަވަރު 10، ޔޫތު ސެންޓަރު
މިރޭ މަސް ދަޅު ބަހަން ފަށައި 11 ޖަހާއިރު ނިންމާލާނެ އެވެ. މާދަމާ ހުކުރު ދުވަހަށް ވާތީ، މަސް ދަޅު ބެހުން ކުރިއަށް ނުގެންދާނެ އެވެ.
ހޮނިހިރު: ހެނދުނު 10:00 އިން ހަވީރު 16:00 އަށް
ރޭގަނޑު: 20:30 އިން 23:00 އަށް
އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް: މެންދުރު ފަހު 14:30 އިން 18:00 އަށް
ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ދޫކުރާނެ
އެސްޓީއޯ އިން ބުނީ، އިތުރު ސަރަހައްދުތަކުން މަސްދަޅު ކޭސް ދޫކުރާ ނަމަ، އެކަންކަން އިއުލާނު ކުރަމުން ދާނެ ކަމަށެވެ.
ކުރިން މާލެ އާއި ހުޅުމާލޭގައި ވެސް މަސްދަޅު ބަހަން ނިންމާފައި އޮތީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އެތަނުގެ އިމާރާތްތަކުގަ އެވެ.
އެކަމަކު މާލޭ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ މަސްދަޅު، ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށުން ކަމަށް އެސްޓީއޯ އިން މިއަދު އަންގާފައިވާ ކަމަށެެވެ.
ރަށްރަށުގައި މިހާރު މަސް ދަޅު ކޭސް ބަހަން ފަށާފައިވާއިރު އެ މަސައްކަތް ކުރަމުންދަނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ. އެކަމަކު މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި އެ މަަސައްކަތް އެންމެ ފަހު ވަގުތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ ސަަބަބެއް ސާފެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހަނީބާ
22 February 2025
އެއްޗެއް ބެހުމަކީ ގޭގެ ދޮރުގައި ޓަކިޖަހާފައި ދިއްކޮށްލުން. ބަލާ ދިއުމަކީ ސަލާންޖެހުން. އެންމެންނެއް ބަލާ ނުދާނެ. އެކަން އެގެންވެސް އެނގޭނެ. ރަމަޟާންމަހަކަށް ކުރިމަތިލާއިރު ތިފަދަކަމެއް ތެދުވެރިކަމާއެކު ކުރެވިއްޖެނަމަ ކިތަންމެހާވެސް ރަނގަޅު
ހިތް މޮޅު ބައެއް
20 February 2025
އެކަމަކު ހިތް މޮޅު މާލޭގައި މީހުން ދިރިއުޅެނީ ކުދި ކުދި ހޮރުތަކުގައި އެތަން މިތަނުގަ އެޔެއް މިއެއް ނޭނގޭ އެވަރުންވެސް މި މީހުން ކައިރިއަށް ޢިއްޒަތުގައި ހިލޭ މަސްދަޅު ކޭސް ހިފައިގެން މި ދާން ޖަހެނީ މި ޙިދުމަތް ވެސް އޮންލައިންކޮށް ލިބޭނެ ގޮތް ހަދަން މި ޖެހުނީ
އާރީ
20 February 2025
ކިއުގަ ނުޖެހި މަސް ދަޅު ލިބޭނެ ގޮތެއް ނެތްދޯ މިއޮށް ތަރަށްގީ ޒަމާނުގަވެސް
އިބުރާހީމް ކަލޯ
20 February 2025
މިފެންނަނީ މިސަރުކާރުން ރައްޔެތުން ޙާލުގާ ޖައްސާފައިތިބި މިންވަރު.
ހާސަރު
20 February 2025
މަގުމަތީ ކިއުނުޖެހި އިލެކްޓްރޯނިކް ކިއުއަކުން ލިބޭ ގަޑިއަށް ގޮސްގެން ލިބޭގޮތް ހެދިނަމަ ސަޅިވީސް. ޢެކަމަކު މީހުން ނިކަމެތިކޮށްލައިގެން އެތައްގަޑިއަކުބައިތިއްބައިގެން ހިތްހަމަޖެހޭބަޔަކު އެކަހަލަ ކަމެއް ނުކުރާނެދޯ.
ެޮނަރަބަލް ކުރުސީ ބެެއްޔާގެ ބަކުރޭ
20 February 2025
ހުކުރު ވިލޭރޭގެ ބަދަލުގައި ހުކުރުން ފައިބައިގެން ތީމުގެ ގޭ ދޮށުގައި ކިއު ޖެހޭ ގޮތަށް ހަމަ ޖެއްސި ނަމަ މަސްދަޅު ކޭސް ބާލާދާ ރައްޔިތުންނަށް ތަން ކޮޅެއް ފަސޭހަވެ މާރުކޭޓު ތަޅުންގަޑުގައި އިށީދެ ތިބެން ތަންކޮޅެއް ފަރިތަވީސް . ކުރިން ވެސް އޮންަނަ ސަގާފަތެއް
މަހަދަޅަ
20 February 2025
ފްލެޓަށް ފޯމު ލާން އޭރުގެ ހައުސިންގ މިނިސްޓަރ ހެދުވީ ބޮޑެތި ކިއުތައް. މިއަދު ރައީސް އަނެއްކާވެސް މި ހަދުވަނީ ބޮޑެތި ކިއުތައް.
ޒަންޖަބީލު
20 February 2025
މަގާމު ބަދަލުވިޔަސް އެއީ ހަމަ އެއްބޮލެއްނޫންތޯ؟
އެކޮއި
20 February 2025
ހުޅުމާލެ ފޭސް 1 އަަދި ފޭސް 2 އިން ހމ. މީހުންނަށް ތިޔަ ބަހާފައި މާލޭގައި މާލޭގެ 4 އަވަށުގެ މީހުންނަށް އެ އަވަށަކުން އެ އަވަށެއްގެ ގެއަށް ތިޔަ މަސއކޭސްތައް ބަހާނަމަ ރައްޔިތުމީހާއަށްވެސް ތަންކޮޅެއް ފަސޭހަވީސް. ތިންހަތަރު ގަޑިއިރުކުރިން ލައިނަށް އަރައި ކިޔޫ ހަދައިގެންތިބެންޖެހުމަކީ ހާދަބޮޑު ތަކުލީފެކޭ. އެތަކުލީފު ނުއުފުލޭނެ ކިތަންމެބަޔަކުވެސް ތިބޭނެ. ރައްޔިތުންނާމެދު މިޤައުމުގެ ވެރީން ވިސްނާނީ ކޮންދުވަހަކުންބާއޭ ހިތަށްއަރާ.
އުދުހޭ
20 February 2025
ކުޑަކުޑަ ކަމެއްވެސް ޕްލޭންކުރި ގޮތަށް ނުގެންދެވެނީ ކީއްވެ؟ ވެރިކަންކުރާތާ އަހަރަކަށްވުރެ ގިނަދުވަސް ވީއިރުވެސް އެލްބޯޑުގަތަ އަދިވެސް މިއުޅެނީ؟
ގުނައިދު ޝަރީފް
21 February 2025
ބަލަ، ދަސްކުރާބަޔަކަށް އަހަރެއް އެއީ އެއްވެސް އެއްޗެއްނޫން، މިދައުރު ނިމޭއިރަށް ހުންނާނީދަސްވެފަ.
ސަރިއްޕޭ
20 February 2025
އަސްލު މަނަމަ ދޫކުރާނީ މުލީޔާގޭ ގޯތީން!