މިފްކޯ މަސް ފިހާރަ: މާލޭގައި މަސް ދަޅު ކޭސް ބަހަން ފަށާނީ އަންނަ ހަފްތާގެ ބުރާސްފަތީގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ފެބުރުއަރީ 2025 - 16:22
ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސް ދަޅު ކޭސް މާލެ ސަރަަހައްދުގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ބަހަން އެސްޓީއޯ އިން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މާލެ ފިޔަވައި އެހެން ރަށްރަށުގައި ރޯދަމަހަށް މަސްދަޅު ކޭސް ބަހަން އިއްޔެ ފަށާފައިވާއިރު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޭސްތައް ބަހާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. އެ ތާރީހަށް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން ދުރާލައި އެކަން އަންގާނެ ކަމަށް ވެސް ބުންޏެވެ.
މަސްދަޅު ކޭސް ދޫކުރަން އެސްޓީއޯ އިން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.
އެސްޓީއޯ އިން ބުނިގޮތުގައި، ކޮންމެ ގެއަކަށް ވެސް ދޫކުރާނީ 180 ގްރާމްގެ 48 ދަޅު ހިމެނޭ ތެޔޮ މަސް ކޭހެކެވެ.
މާލޭ ސަރަހައްދުގެ ގެތަކަށް މަސްދަޅު ކޭސް ދޫކުރާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.
އެސްޓީއޯ އިން ބުނިގޮތުގައި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހިންނަށެވެ. ގޭގެ ކަރަންޓު މީޓަރުގެ ނަމްބަރު ޗެކް ކުރުމަށް ފަހު، މަސްދަޅު ކޭހާ ހަވާލުވާން ދާ މީހާގެ އައިޑީކާޑާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑު ކުރާނެ އެވެ.
މި ހަދިޔާ ދޫކުރުމަށް މާލޭ ސަރަހައްދުގައި ފަސް މަރުކަޒެއް ގާއިމުކުރާނެ އެވެ.
- މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި.
- މިފްކޯ އޮފީސް ކޮމްޕައުންޑް.
- ވިލިމާލޭ ކައުންސިލް އޮފީސް.
- ހުޅުމާލެ 1 ގެ އުމަރު ޒާހިރު ބިލްޑިންގް.
- ހުޅުމާލެ 2 ހިޔާގެ 10 ވަނަ ޓަވަރުގައި ހުންނަ ޔޫތު ސެންޓަރު.
އެސްޓީއޯ އިން ވަނީ ރަށްރަށުގެ ގޭބިސީތަކަށް މަސް ދަޅު ކޭސް ފޮނުވުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އޭގެ ތެެރެއިން ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި މިހާރު ދަނީ މަސް ކޭސްތައް ބަހަމުންނެވެ.
މި ރޯދަމަހު މަސްދަޅު ކޭސް ގޭގެ އަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
13 February 2025
ވަރަށް ބޮޑު އިސްރާފެއް. ނިކަމެތިންނަށް ދޭން ރަނގަޅު އެގޮތުން އަމިއްލަޔަށް މަސްދަޅު ހޯދަން ރެގިސްޓަރ ވެގެން. މިޙާރު މާލެ ކުލި ލިބޭމީހުންވެސް ތިޔަ ނަގާނެ. އަދި މަހުޖަނުންވެސް ތިޔަ ނަގާނެ.
އަލް ދުއްތޫރު ބަކުރުބޭ
13 February 2025
ކަހީމަށް ހުޅުމާލޭން ބޮޑު ބޯޅަދަޑެއް ވަރުގެ ބިމެއް، އާންމު ރައްޔިތަކަށް ކެނޑިނެތް މަސް ދަޅު ކޭހެއް . ބެހުމަގައި އިންސާފު .
ފަރަންޖީ
12 February 2025
މީދެން ހާދަ ބޮޑު ވޭސްޓެކޭ! މަސްދަޅު ބޭނުންނުވާ މީހާއަށްވެސް މަސްދަޅު ދިނީމައި އޭގެން ފައިދާއެއްވާނެބާ؟ ނޫނީ ކޮންމެވެސްބަޔަކު އެބިއުސްބާކުރާނީބާ؟އާސަންދައާ ފިއުލް ސަބަސިޑީއާ ކާޑު ސަބްސިޑީވެސް މީމިގޮތަށް ހިނގާކަމެއް. މިކަމުންހަގިގީ ފައިދާކުރަން ބޭނުމިއްޔާ މަސްދަޅުބޭނުން ގެތަކުން ރެޖިސްޓަރ ކުރާގޮތަށް ހެދީމައި މިއެންމެ ބޭނުން މީހުންނަށް ދެވޭނީ. ކޮންމެ ސަރުކާރަކުން އެކަކަށް ވުރެ އަނެކަކު މޮޅުވާން ރޯދައަށް މިކަހަލަ ސަކަރާތެއް ޖަހަން ނުފެށިއްޔާ ރަނގަޅު!
ދިވެހިދަރި
13 February 2025
ލޮލް. ކަދުރުބެހި އިރު ހެދިހެން ހަދަންތަ ތި ފައިވިއްދަނީ. ހަމަ ގައިމުވެސް ހުރިހާ ގެއަކަށް ނުލިބުނު. ކަލޭ ބޭނުން ނެތިއްޔާ ހުރެބަލަ.
ޙހހޖޖޖޖޖ
12 February 2025
މި ބަހަން މިހާ ކުޑަ ދުވަސް ކޮޅެއް، މިއޮއް ބޮޑު މާލޭގެ އެންމެ 2 ތަނުން. ހީވަނީ ބަޔަކު ބަލާ ގޮސްދާނެތީ އުޅޭހެން
ބެއްޔާގެ ދަރި
12 February 2025
މަސްދަޅު ދެނީ ދިމްޔާތު ކުއްޔަށް ދީގެން ލިބޭ ފައިސާއަކުން ނޫން. އެއީ ހަމަ އަހަރެމެން ދިވެހިންގެ ޖީމުން ދައްކާ ޓެކްސް ފައިސާ އިން ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން އަހަރެމެންނަށް ދޭ އެއްޗެއް. ރަނގަޅު އެކަން ނިންމެވީ ޑރ. މުއިއްޒު. އެކަމަށްޓަކައި ޝުކުރު
ވެނުމަސް ވެނަށް
12 February 2025
ހަހަރެމެން މިއުޅެނީ 3 ކޮޓަރީގެ އެޕާޓް މަންޓަކުން 1 ކޮޓަރި ހިފައިގެން ކަރަންޓާއި ފެނަށް ލާރިމިދައްކަނީ އެޕާޓްމަންޓް އެއްކޮން ހިފާފައިވާ މީހާއަށް ވީމާ އޭނާ އެކަރަންޓް ބިލަށް މަސްދަޅުކޭސް ނެގިޔަސް ހަމަ އެބިލް ހިފައިގެން އަޅުގަނޑު ގޮސްފިނަމަ މަސްދަޅު ކޭހެއް ލިބޭނެތޯ
1231545
13 February 2025
ނުލިބޭނެ.
އައްސަދުު
12 February 2025
ރައްޔިތުންނަށް ވިސްނޭބާ މިއީ ހަމަ ވެންމަސް ވެނަށް ކާން ދިނުންކަން.
ޝީނާ އަސަލްް
12 February 2025
ބަޔަކު ބުނި މިކަންވެސް އަހަރެމެންގެ ރައީސްއަށް ނުވާނޭ. ކޮބާ ނުވޭތަ؟
ނިއުމާާ
12 February 2025
ވަރަށް ކެތްމަދުވެފަ މިހިރީ ރައީސްގެ ހަދިޔާއަށް.
ދަފްތަރު
12 February 2025
ރާއްޖޭގައި އާއިލާތަކުގެ ދަފްތަރެއް ބަލަހައްޓަން އެބަޖެހޭ. އޭރުން މިގޮތަށް ދޭ ކޮންމެ އެއްޗެއް އެއާއިލާއަކަށް ފަސޭހައިން ހަވާލުކޮށްލެވޭނެ. މިތަނުގެ ހާލަތު ހުރިގޮތުން އެއްގެއެއްގައި އެތައް އާއިލާއެއް ދިރިއުޅެމުންދޭ